ތ.އަތޮޅު ވިލުފުށީގައި ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 ގެއާ ބެހޭގޮތުން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެޖެންޑާ ކޮށްފިއެވެ.

މާދަމާގެ ޖަލްސާގައި މިނިސްޓަރ އާއި ސުވާލުކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މަޖިލީހުގައި ކުރިއަށް އޮތް އެހެން ޖަލްސާތަކުގައި އެހެނިހެން މިނިސްޓަރުންނާއި ވެސް ސުވާލު ކުރަން ހަމަޖެހިފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސުވާލު ކުރެއްވުމަށް މަޖިލީހުގެ މެމްބަރުން ހުށަހަޅާފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް ޖަލްސާތަކުގައި ނޯޓިސް ދެއްވުމަށްފަހު މިނިސްޓަރުން ހާޒިރު ކުރުމަށް އެޖްނޑާ ކުރެވިގެންދާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލިއާ

    މީ ޔަގިނުންވެސް މި ސަރުކާރުގެ ފެއިލް ވެފައިވާ މިނިސްޓަރެއް. ހިޔާ ފުލެޓް ތަކުގެ ލިސްޓް އާއްމު ކުރަން ބުނި ތާވެސް މިހާރު 3 ވަަނަ ހަފްތާ މި ފެށުނީ..