ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވާ ގޮތަށް އޮންނަ އޮތުމަކީ އެއްގޮތަކަށްވެސް ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ހޮވާ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑިއެއް އިތުރުކޮށް، ގާނޫނުގެ ދަށުން އިންތިހާބީ ދާއިރާތަކަށް ގެންނަން ޖެހޭ ބަދަލު ވަނީ ގެނެސްފައެވެ.

އެކަމާއި ގުޅިގެން ނާޒިމް ވިދާޅުވީ، އެކަމަކީ އެއްގޮތަަކަށްވެސް ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށާއި، މިކަމަށް ނިމުމެއް ގެނައުމަށްޓަކާ މަޖިލީހުގެ ދެންފެށޭ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް އެ ޕާޓީން ހުށަހަޅާނެ ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ކުރުމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ގާނޫނު ބަޔާންކުރާގޮތުގެ މަތިން، 2024 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.

މިގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ތެރެއިން ‏މާލޭ ސިޓީ އަށް ދެ ގޮނޑި އިތުުރު ކުރެވޭއިރު، ‏އައްޑޫ ސިޓީ، މާޅޮސްމަޑުލު ދެކުނުބުރި، ‏މާލެއަތޮޅުގެ އިތުރުން، ހުވަދުއަތޮޅު އުތުރުބުރިއަށް އެއް ގޮނޑި އިތުރު ކުރެވެއެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރާ މެންބަރުންގެ އަދަދު ވަނީ 93 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔަތުމީހާ

    މަޖިލީހަކީ އޮންނަންޖެހޭތަނެއް ކަމައް ރައްޔަތުމީހާ ގަބޫލެެއްނުކުރޭ

    5
    1
  2. ހިކި ކިރު

    ނޫނޭ ބޯމަދުކުރާނެ ކަމެއްނެތް! ރައްޔިތު މީހާ ކައި ނުބޮއި ތައްބަސް މަޖުލިހުގެ މެމަބަރުންނަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ޙަރަދު ނުކުރެވޭ ގޮތަކަށް އޮވެގެނެއް އެއްގޮތަކަށްވެސް ނުވާނެ. ޅަދެއްވެސް މިވެރިން ނުގަނެއޭ ދޮތަ!

  3. ޖަމްސީދު

    ނާޒިމް އަށް ތާއިދު...ތީ އުވާލަން ޖެހޭ ތަނެއް