ބަނގުރާ ބުއި ދިވެއްސަކު ހަތާވީސް ދުވަހަށް ޖަލަށް ލައި، ސާޅީސް އެތިފަހަރުން ޖަލްދުކުރަން (ދުއްރައިން ތަޅަން) ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ސ.ހިތަދޫ، ގުލްބަކާގެ، މުޙައްމަދު ނާޒިޝްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ބަނގުރާ ބުއިމުގެ ކުށުން ކުއްވެރިވެފައިވާތީ، 27 (ހަތާވީސް) ދުވަހުގެ މުއްދަތައް ޖަލަށް ލުމާއެކު، 40 (ސާޅީސް) އެތިފަހަރުން ޖަލްދުކުރުމަށެވެ.

ނާޒިޝްގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ، 2017 ޖަނަވަރީ 29 ވަނަ ދުވަހުގެ ރޭ، މ. މާކޯނި ނަމަކަށް ކިޔާ ގޭގެ ސިޑިމަތީގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން އޭނާ ފުހުލުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރުމުން އޭނާ މަސްތު ވުމަށްޓަކައި ބަނގުރާ ބޯކަމަށް އަމިއްލައަށް އިއުތިރާފު ވެފައިވާތީއެވެ. ނާޒިޝް ވަނީ އޭނާ ތަހްޤީގުގައި ވެފައިވާ އިއުތިރާފަކީ ޞައްޙަ އިއުތިރާފެއް ކަމަށް ޝަރީއަތުގައިވެސް ބުނެ ކުށަށް އިއުތިރާފުވެފައެވެ.

މަސްތުވުމަށްޓަކައި ރަލާއި އެހެނިހެން ތަކެތި ބޭނުންކުރުން ދިވެހިންގެ ތެރޭގައި ޢާންމު ވަމުންދަނީ ކަންބޮޑުވާނެޖެހޭ މިންވަރަށް ކަމަށްވާއިރު، އެކަންކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ. އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ނަސޭހަތްތެރިވެ ކުށުގެ ވެށިން އެފަދަ ފަރާތްތައް ދުރުކުރުމުގައި ކޮންމެ ދިވެއްސެއްގެވެސް ފަރުދީ ޒިންމާއެއް ވާކަމަށް ދެކި، ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަ

    "އެކަންކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ." ކުރާ އެއްމެ ކަމެއް ފާހަގަ ކޮށްލި ނަމަ . . .

    • ރާއްޖެ

      ކޮން ޚަބަރެއް ތިކިޔާ ނިންމާލީ؟

  2. އިބްރާހިމު

    ރާބުއިމަ ޖަހާނީ 40 އެތިފަހަރުން ޙައްދު

  3. އަމީނާ

    ކޮބައި ޢަބްދުﷲޖާބިރާ ، އިބްރާހީމްޙުސެންޒަކީ؟ ގައިމު ބަގުރާ ބޯންތިއްބާ އަތުލިމީހުން މިއީ! އަތުލީއިރުވެސް ތިބީ ކިޔޭނުކިޔޭ ހިސާބުގަ!

    • އެދުރުބެ

      ބުއިނަމަ ތިބޭނީ ޖަލުގަ

  4. ފިރުޓޭ

    މަގުމަީގައި މަސްތުވެގެން ބިއްޖެހިފަ ތިބޭ ޤައުމުގެ ނޯ ޖަވާނުން ގޮންގޮސް ޖަލަން ލާން ހުކުމް ކުރާއިރު ދުއްރައިން ތަޅާ ވާހަކަ އެއް އަޑެއް ނީވޭ! ބަނގުރަލާ މި ޒުވާނުން ބޭނުން ކުރާ މަސްތުވާ ތަަކެއްޗާ ތަފާތީ ކަންނޭނގެ ދެއްތޮ!

  5. އަހްމަދް

    الحمدالله ވަރަށް ރަނގަޅު.

  6. ޖޮއްބެ

    މަސްތުވާތަކެތި ބޮއިގެން ދުވަހަކުވެސް މީހެއްގެ ގައިގައި ދުއްރައިންތެޅިބާ......؟؟؟

  7. ކެނެޑީ

    ރަގަޅުތާ ތިސޮރު ތެދުވިއްޔާ ހަދަނީ ހުރިހާ ތަނެއްގައިވެސް އެހެން މީހުންނަމަ ހުވާކޮށްގެންވެސް ދޮގު ހަދާނީ ތިސޮރަށް ހިދާޔަތް މިންވަރުކުރައްވާ ރަޙްމަތްލައްވާށި

  8. ނައިބޮލި

    ފުލުންނަށް ރާބުއި މީހަކާ ދިމާވިކަން ނަސީބެއްނު.