އިދިކޮޅު ފަރާތް ތަކަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި އިދިކޮޅު ފަރާތް ތަކުން ބާއްވަން އުޅޭ ބޮޑު މުޒާހަރާ މިފަހަރުވެސް ފެއިލް ވާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.

އިދިކޮޅު ފަރާތް ތަކުން " މިދިޔަ މަހު 16 ވަނަ ދުވަހު " ހުއްޓުވާ " ނަމުގައި ސަރުކާރު ވައްޓާލަން ރޭއްވި މުޒާހަރާ ފެއިލް ވެފައިވާ އިރު އަނެއްކާވެސް ބޮޑު މުޒާހަރާ އަކަށް ނިކުންނަން އިދިކޮޅުން ތައްޔާރުވަމުންދާއިރު މިކަމާއި ގުޅޭ ގޮތުން " ވަގުތު " އަށް ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ް ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އިދިކޮޅު ފަރާތް ތަކުގެ އަމާޒަކީ އަބަދުވެސް ސަރުކާރު ވައްޓާލުން ކަމަށާއި އެބޭފުޅުން އެކުރައްވާ މައްސަކަތް ކާމިޔާބު ނުވާނެ ކަށެވެ.

" އިދިކޮޅު ފަރާތް ތަކަކީ އަބަދުވެސް ގައުމުގައި ހަމަނުޖެހުން އުފައްދަން މައްސަކަތް ކުރާ ބައެއް, ހަފްތާއެއް ދެ ހަފްތާއެއް ވަރު މިވީ ވަރަށް ހަމަޖެހިގެން ދިވެހި ރައްޔިތުން ދިރިއުޅެމުންދާތާ އެކަމާ ކަންބޮޑުވެ ވަޑައިގެން އެ އުޅުވަނީ ގައުމު އަނެއްކާވެސް ހަލަބޮލި ކުރައްވަން " ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އިދިކޮޅު ފަރާތް ތަކުން ކިތަންމެ ވަރަކަށް މުޒަަހަރާ ކުރިޔަސް މަގުމަތިން ސަރުކާރު ނުވެއްޓޭނެ ކަމަށާއި ސަރުކާރު އޮތީ އެއަށްވުރެ މާވަރުގަދަ ކޮށް ކަމަށާއި ވެރިކަން ވައްޓާލަން ސިފައިންނާއި ފުލުހުން ފުރުސަތު ނުދެއްވާނެކަމަށެވެ.

ދިގު މެދުކެޑުމަކަށް ފަހު ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވީ ބޮޑު މުޒާހަރާ އަކަށް ތައްޔާރު ވުމަށާއި އެދުވަހު ރައީސް ޔާމީން ކުޑަ ކަކޫ ޖައްސުވާނެ ކަމަށެވެ.
އިދިކޮޅުން ފަރާތް ތަކުން މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ އަށް ފަހު ޖެހިގެން އައި ދެރޭ ވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއުލާން ކުރި ނަމަވެސް އެރޭ އެއްވެސް ވަރަކަށް މުޒާހަރާ ކުރިއަކަށް ނުދެއެވެ. އެރޭގެ މުޒާހަރާ އަށް އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް ވަޑައެއް ނުގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢަލީ

    ޝިފާޒުމެން އެ އުޅެނީ ސަޕޯޓަރުން ގެއްލިދާނެތީ، ކޮންމެވެސް އެއްޗެއް ކިޔަންޖެހޭނެއެއްނު. އެމީހުންނަކަށް ނޭނގޭ އެހެން ކަމެއްކުރާކަށް. މިހާރު ދެން ކެނޑިޑޭޓަކު ދައްކާ ކެމްޕެއިންކުރަންވިއެއްނު.

    • އަހަންމާބެ

      ގައްޔޫމް ސީދީގެ ހުރިހާ ދަރިންނަށްވެސްް ހީވަނީތަ ވެރިކަމަކީ އެމީހުންނަށް ލިބިފަ އޮތް ތަރިކަ ގަނޑެކޭ، މައުމޫނުވެސް ވެރިކަން ލިބުނީމަ ވައްޓާލަން ދެން ވެރިކަމުގަ، ޔާމީނުވެސް ވެރިކަން ލިބުނީމަ އުޅެގަތީ އުމުރުގަ އެކަމުގައި ހުންނަން. އިންތިހާބާ ހަމަޔަށް ވެރިކަމުގަ ހުރި ލައްޒަތެއް ވިއްޔާ ހޯދާށޭ ޔާމިނު ގާތުގަ ވަގުތު ކުދިންކޮޅު ބުނެލާތި.

      • އަޒާ

        ދިވެހި ރއްޔިތުން ރައީސް ޔާމީނަށް ވޯޓުދިނީ 5 އަހަރަށްކަން ހަނދާން ނެތުނީތަ؟؟؟ އަދި ބާކީވެސް 5 އަހަރު އެބަ އޮތް. އެއީ ޤާނޫނު ބުނާގޮތް. ކެތްތެރިވޭ..

  2. އަސްލުހާލަތު

    ތާއީދު ބަލާނީ ވޯޓުން.. އެންމެ ފަހުން ބޭއްވި އިންތިހާބުން ތާއީދު އޮތް މީހުންނާ ނެތް މީހުން ވަރަށް ސާފު..އިންތިހާބަށް ދާން ބިރުން އުޅޭނީ ތާއީދު ނެތް މީހުން.. ރިޔާސީ އިނއތިހާބުވެސް ތާރީޙަށް ބާއްވައިފިއްޔާ ރަނގަޅު. ތަނަކަށް އެއްވާ މީހުން ބަލައިގެންނެއް ނޫން ތާެއީދު ބަލާނި..އަނިޔާވެރިކަން ބޮޑުވީމަވެސް އެއްނުވެދާނެ މީހުން...

  3. އަބްދުއްލާ

    މަގުމަތިން ވެރިކަމެއް ނުވެއްޓޭނެ .ސިފައިންނާ ފުލުހުންނަށް ވާޖިބު ވެގެންވަނީ ވެރިކަމާ ގައުމާ ދީން ދެމެހެއްޓުން .ޕެޕަ ސްޕްރޭ އިން ނުވާނަމަ ކަރުނަގޭސް އެއަށް ނުގުޑާނަމަ ބަޑިޖެހުން މީހުއްދަ ކަންކަން . ދީނީގޮތުން ބަލާއިރު މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގަ ނުނާފަދަ ބަޔކާމެދު ބޭނުންކުރެވޭ އެއްވެސް ބާރަކުން ފުރާނައެއް ގެއްލުނަސް އެޒިންމާ އުފުލަންޖެހޭނީ މުޒާހަރާ އިންތިޒާމް ކުރާމީހުން އެމީހުންގެ މައްޗަށްވެސް ގުރްއާން ގާ އޮތީ ހުކުމް އައިސްފަ. ދާދި ފަހުން ސައޫދީގަ މުޒާހަރާކުރިމީހުނަށް ދިން އުގޫބާތަކީ ހައްގު އަދަބު.

  4. ފެނޭތޭ

    އެއޮތީ ރަށުތެރޭ ފިހާރަ ތަކަށް ވެސް މުދާ ގެންދެވޭނެ ގަޑި ތަކެއް ކަނޑައަޅާ ދުވާލު ނުގެންދެވޭނެ ގޮތް ހަދާފައި. ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ.

  5. އަބްދުއްލާ

    މިއަދު ހަވީރު 3 އަށް ކާން މާފަންނު ރަސްފަންނަށް ދާން ބަންގާޅީންގާތު މިމީހުންކިޔަނީ އަނެއްކާ ކޮންކަމެއް ލައްވާލަނީތަ ؟

  6. ނަންރީތި ސަލީމު

    ޝިޕާޒުމެން ބޮޑުމުޒާހިރާއެއް ކުރާކަމަށްވަންޏާ އެހާވަރަަށް މާލެއާއި ވިލިމާލެ އަދި ހުޅުމާލެގައި މީހުން އެބަތިއްބެވެ. މިއެންމެން އެއްވަގުތަކު މާލޭގެ މަގުތަކަށް ނިކުމެއްޖެނަމަ މާލޭގެ މަގުތަކުގައި އަތުރާފައިވާ ގަލަށްވުރެ ގިނަވާނެއެވެ. އެހެންކަމުން މާލެއަށް ރާއްޖޭގެ ރަށްރަށުން މީހުން ގެންނަން ކިޔާނަމަ މާނައަކީ އެބަޔަކަށް ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި މަދަދުނެތުމެވެ. އެމްޑީޕީގެ ވެރިކަމުގައި އިދިކޮޅުން މިހާތަނަށް ބޭއްވިވަރުގެ ބޮޑު މުޒާހަރާއެއް އަދި އެއްވެސް ބަޔަކަށް ބޭއްވިފަކާނެތެވެ. އޭރު އެމުޒާހަރާ ބޭއްވީ އިސްލާމްދީނާއި އެއްކޮޅަށާއި ދެކޮޅަށެވެ. ދިވެހި ލޮބުވެތި ރައްޔިތުންގެ މެޖޯރިޓީ އޮތީ އިސްލާމްދީނާއި އެެއްކޮޅަށެވެ. އެމުޒާހަރާ އަށް ފާޅުގައި ކެރިގެން މީހުން ޖަމާވަމުން ދިޔައިރު ހުދު ނަޝީދުވެސް ހުރީ ބިރުން ދެން ވާނެގޮތް ނޭގި ގޮތްހުސްވެފައެވެ.

  7. އާނީ

    ޕީއްޕީސް.. އާ ފޯލީން..

  8. މމ

    މިދެން ކިހާބޮޑު....ކަމެއް

  9. ކަލޯ

    ހުރިހާ އިދިކޮޅު މީހުން ޖަލައް ލައިގެން ތި ކުރަނީ ވެރިކަންތަ؟ ހަޖަމު ނުވެގެން އެންމެން ޖަލަށް ލަނީ... ތަޅާ އަނިޔާ ކުރަނީ... އެއްވާން ވާއިރަށް ރޫޅާލަނީ... މި ގޮތަށް ވެރިކަން ކުރަން ޖެހެނީ ރައްޔިތުންގެ ތާއިދު ނޯންނަ ވެރިން... ޔާމިނަކީ އެކަހަލަ ތާއިދު ނެތް ވެރިއެއް...

    • ޝުހާމް

      އެއީ ހައީލުވެރީކަން..

  10. ތާންބެ

    ނަމުގަ ވެރިކަން ވައްޓާ ލަން
    ކަމުގަ ރައްޔިތު މީހާ ކުރިޔަށް ނެރެ ހައްޔަރު ކުރު ވުން
    މައްސަލަޔަކީ އެވަރު ގެޓު ވާ ބަޔަކު މަދުން ނަމަ ވެސް ހުރުން

  11. އަޒްމާން

    ޕީއްޕީސް އަކައް އެއްވެސް އީންީޚާބެއް ކާމީޔާބެއް ނުކުރެވުނު.. މީހާރު ކީރީޔާ ވެރީކަމުގަ ތީބެވެނީ ފުލުހުންނާއީ ސީފައީން ހަލާކުކޮއްލައީގެން އެއީ އަސާގަނޑަކައްހަދައީގެން.. ރީޔާސީ އީންތީޚާބުގަ ޖެހޭނީ ބާރައް ހުސް އަތްޖަހަން.. ވޯޓެއް ނުލީބޭނެ..

  12. ޓިނު

    އެކަންވެސް ވާނީ ކޮންމެވެސް އެއްދުވަހަކުން . މުޒާހަރާކުރާ ކޮންމެ ފަހަރަކު ވެރިކަމެއް ނުވެއްޓޭނެ؟ އެދުވަހުން ކީކޭ ބުނާނީ؟

  13. އާދަނު / އެމްޑީޕީ

    އެބުނާހެން ތާއީދު އެގޭނީ ވޯޓުން! ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ވޯޓްދިންމީހުން މަދު! ބެލެވޭގޮތުގައި އެހެންވީ ހަވީރު 4ން ރޭގަނޑު 8 ށް ގަޑި ބަދަލުކޮށް އެ 4 ގަޑީތެރޭގަ! ސަރުކާރުގެ މީހުން ޣާފިލްވެފަ ތިބީ ! އެކަން އެނގޭތީ އަހުރެމެން އިދިކޮޅުން އެ ވަގުތު ހެސްކިޔާފަ މަސައްކަތްކުރީ! ހަވީރު 4 ޖެހިރު 30 ޕަސެންޓްވެސް ވޯޓުނުލައި! ދެން ތިބި ބަޔަކު ވޯޓްލީ އެގަޑީގަ! އެކަމަކު ރިޔާސީ އިންތިޚާބު ތަފާތުވާނެ! ހަމަ ހީވަނީ ފުރަތަމަބުރުން ރައީސް ޔާމީން ހޮވޭނޭހެން! ރަށްރަށުން ފެންނަ ތަރައްޤިގެ ކުލަވަރު ބަލާފަ މަވެސް ހަމަ ހައިރާންވެއްޖައިން!