ވަގަށް ނަގާފައިވާ 13 ފޯނާއި ފަސް ޓެބްލެޓާއި އެކު ވަގަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިރޭ ވިދާޅުވީ ގއ.ކޮލަމާފުށިން ވަގަށް ނަގާފައިވާ 13 ފޯނާއި ފަސް ޓެބްލެޓް ފުލުހުން ހޯދާފައިވާ ކަމަށެވެ. ވަގަށް ނަގާާފައިވާ ބައެއްް ތަކެތި ފުުލުހުން ހޯދީ މައްސަލަ ހުުށަހެޅިތާ ބައިގަޑިއިރު ތެރޭގައި ކަމަަށް ވެސް ފުުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ އާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފޯނު ތަކާއި ޓެބްލެޓްތައް ވަގަށް ނެގި ތަނުގެ ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.