ރޭ މާލޭ ޗާންދަނީ މަގުގައި ހުންނަ ވެސްޓާން ޔޫނިއަން އިން ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ނިކުތް މީހެއްގެ ލޮލަށް ލޮނުމިރުސް ޖަހާފައި ފޭރިގަންނަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން މައުލޫމާތު ދޭ ގޮތުން ވަގުންނަށް ފޭރި ގަނެވުނީ ހުސް ފޮއްޓެކެވެ.

20،000އާއި 30،000 އެމެރިކާ ޑޮލަރު ހިފައިގެން މީހަކު ނިކުތް ތަނައި އެ މީހާގެ ލޮލަށް ލޮނު މިރުސް ޖަހައި ފައިސާ ހުރި ފޮށި ފޭރިގަތްފައި ވާކަމަށް ބުނެ ރޭ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފަހު މިރޭ ފުލުހުން ބުނެފައި ވަނީ އެމީހުންނަށް ގެންދެވުނީ ފައިސާ ހުރި ފޮށީގެ ބަދަލުގައި ހުސް ފޮއްޓެއް ކަމަށެވެ.

ރޭ ހިނގި މި ހާދިޘާގެ ތުހުމަތުގައި އެއްވެސް މީހަކު މިހައިތަނަށް ހައްޔަރު ކޮށްފައި ނުވި ނަމަވެސް، އެކަން ހިނގި ވަގުތު އެތަނުގައި ހުރި މީހެއް ފޭރުނު ކަމަށް ބުނެ ހަމަނުޖެހުން ގަނޑެއް ވަނީ ހިނގައިފައެވެ. ފުލުހުން މިހާރު އަންނަނީ އެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެ ތެރޭގައި ވައްކަން ކުރުން އާއްމު ވެފައިވާ މި ދަނޑި ވަޅުގައި ފޭރުމުގެ ކަންކަން ވެސް އިތުރުވަމުން ދާތީ ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާއިރާ

    ކޮން އިރަކުތޯ އެމްސީ ހަމީދާއި ޝެއިޙް އިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަނީ. ފޭރުމާއި ޓެކުމާއި ވައްކަން އޮބިނޯންނަ ވަރަށް މަތިވެއްޖެ.

    • ފަހުލާ

      ކީއްތޯ ކުރާނީ މުނާޒް ހުރީ ކަރެކްޝަންސް ހިނގެވުމާއި ޙަވާލްވެ ހުރި މޮޔަ މަހެއްގެ މައްޗަށް އެތައް ކުއްވެރިންނެއް ޝޭޚް އިމްރާން ބުނެގެންނޭ ކިޔައިފަ ދަނީ ގޭބަންދަށް ބަދަލު ކުރަމުން. މީ ވަރަށް ވާހަކަ.