ފަލަސްތީނު ރައްޔިތުންގެ ސުލްހަވެރި މުޒާހަރާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ހާރިޖީއްޔާ އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ހައްގު ހޯދުމަށް ފަލަސްތީނު ރައްޔިތުންގެ ސުލްހަވެރި މުޒާހަރާއަށް ދެމުންދާ ހަމަލާ ދިވެހި ސަރުކާރުން ކުއްވެރި ކުރާ ކަމަށާއި މުޒާހަރާގައި ޝަހީދުވި ފަލަސްތީނުގެ އަހުންނާއި އާއިލާތަކަށް ތައުޒިޔާ ރައްދު ކުރާ ކަމަށެވެ.

ފަލަސްތީނު ރައްޔިތުން ޣައްޒާގައި އިއްޔެ ފެށި ބިޔަ މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 17 އަށް އަރައިފައިވާއިރު 1,400 މީހުން ވަނީ ޒަހަމްވެފައެވެ.

ގިނަމީހުން ޒަޚަމްވެފައިވަނީ ވަޒަން އެރުމުގެ ސަބަބުން ކަމަށާއި، ކަރުނަ ގޭހުގެ ސަބަބުންވެސް އެތައްބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ޣައްޒާ-އިސްރާއީލު ވަކިކުރާ ސަރަހައްދީ އިމުގެ ސަރަހައްދުގައި ފޭލިގެ ޖަހައި، ފަލަސްތީނު އެތައްހާސް ރައްޔިތުން އިއްޔެ ހެނދުނުން ފެށިގެން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ. މިކަމުގައި ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ބައިވެރިވަމުން ގެންދެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރާމްބޯ

    ކޮބާ ދިވެހި ރައްޔިތުން ބާއްވާ ސުލްހަވެރި މުޒާހަރާތަކަށް މިތާ ސަރުކާރުންދޭ ޢުދުވާނީ ހަމަލާތައް! ނުހައްޤުންދޭ އަނިޔާތައަ!

    • ކެންޑީޑެޓު

      އިޒްރޭލުގައި ނޫސް ތަކުން ސިފަކުރަނީ ނަޝީދަކީ އެމީހުންގެ ކެންޑީޑޭޓެއް ކަމަށް

  2. ޙުސައިން މ. މުލި

    ރާމްބޯ ކައޭ ތިހުރީ މިޔަވެފާތަ
    މިތަނުާ އެއުޅެނީ ވެރިކަމާ ބައްދާ ބައިގަނދެއް

    • ÷

      ވާނުވާ.

  3. ވިލާތުފަތަފޮޅިހަރުގެ

    އެކުރަނީ މުޒާހަރާ އަދި އެމުޒާހަރާގަ 17 މީހަކު މަރުވެ 1400 މީހުން ގަޔަށް ވަޒަަން އަރާ ޒަޚަމުވީމަ ފުލުހުން އެކުރަނީ އަނިޔާ. މާލޭގަ 100 އެއްހާމީހުން ނިކުމެ އަންހެން ވެރިން ލަވައަކަށް ނަށާ ހެލޭ ގުނަވަންތައް ހަލުވާ ހެދީމަ އެކުޅެވެނީ ނާޗަރަންގީ. އެއީ މުޒާހަރާއެއް ނޫން. ދެން އަންހެން ކުދިން އަތްދަބަހުގަ ގެންގުޅޭޒާތު ހަތަރު އައުންސުގެ ޕެޕާސްޕުރޭ ފުޅިހިފައިގެން ފުލުހުން ނިކުމެ ނާޗަރަންގީން މޫނަށް ބުރުވާލީމަ އެކުރެވުނީ އދ އާއި އީޔޫ އުފުރިގެން އައިސް މިގަުމަށް ދަތިކުރަން ޖެހޭވަރުގެ އަނިޔާއެއްނޫން. އެހަދަނީ ގޭސް.

  4. ނޫލަނޑާ

    ކީވެތޯއޭ ރާއްޖެއިން ބޭރުގައުމުތަކުގެ ދާހިލީ ކަންކަމާ ބެހެނީ އެމީހުން އެމީހުން ވާހަކަ ދައްކައިގެން އެކަން ހައްލުކޮޑްފާނެ! އަދި ރާއްޖޭގެ ސަރުކާރަކީ ތިޔަޒާތުގެ ވާހަކަ ދެއްކޭނެ ސަރުކާރެއްނޫން!، ރާއްޖޭގަ ސުލްހަވެރިކަމާއެކު ކުރާމުޒާހަރާތަކުގައި މީހުންނަށް އަނިޔާކޮށް ތަޅާރޯނާގަންނަވަނީ ކީއްވެ؟ ބޭރުދުނިޔޭ ކަމެއްހިނގާއިރު އަނގަބޭނެން؟

  5. ފަލަސްތީނ

    ޢެކުރަނީ މުޒާހަރާ، ނުބައިކަމާ އިސްލާމީ ވަންތަކަމާ ދެކުޅަށް މަސައްކަތްކުރާ އަނިޔާވެރި އަދުއްވުން ނާއި ދެކޮޅަށް ކުރާ ޖިހާދެއް މުސްކުޅި ޒުންބާ އަކުން ނުފެނޭ މުޒާހަރާގެ ސިފަތަކެއް. ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

  6. ފައިޒް

    މިތާ ކުރަނީ ސުލްހަވެރި މުޒާހަރާ އެއްތަ ކެެރީގޭ ގަންޖާ މަނިކްފާނަށް ވެރިކަން ހޯދާދީ މިޤައުމުގައި އޮތް އިސްލާމް ދީން ފޮހެލަން ކުރާ މަސައްކަތެއް...