އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ކެނޑިނޭޅި ދެމުން ދިޔަ އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ހުކުރު ދުވަހުގެ ފަތިހު ތުލްކަރީމްގައި ހުންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ވަދެ އިޒްރޭލު ސިފައިން ޕޮއިންޓް ބްލޭންކް ރޭންޖުގައި ބޮލަށް ބަޑިޖަހާ ޝަހީދު ކޮށްލާފައި ވަނީ މަހްމޫދު އަބޫ ސާން، 18، އެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިންގެ މީހަކު އަސްކަރީ ވެހިކަލަކުން ފައިބައިގެން އަބޫ ސާން ބިންމަތީގައި އޮށޯވެލައިގެން އޮއްވާ ވަނީ އޭނާގެ ބޮލަށް ބަޑި ޖަހާފައެވެ.

ފަލަސްޠީނުގެ އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ޖަމާޢަތުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޙަމަލާގެ ސަބަބުން ކޭމްޕުގެ ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. އިސްރާއީލު ސިފައިން ކަރުނަ ގޭހާއި ސްޓަން ގްރެނޭޑާއި ލައިވް ފަޔަރ އަދި ފަލަސްޠީނުން ވަނީ ހިލަ އުކައި ސިފައިންނާ ދިމާލަށް ބަޑިޖަހާފައެވެ.

ފަލަސްތީނުގައި ހިންގި މި އޮޕަރޭޝަންގައި ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

ރޭގެ ވަގުތެއްގައި ތުލްކަރޭމް ގެ ރެއިޑަކީ އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެކެވެ. އަސްކަރިއްޔާއިން ބުނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ އެހެން އަވަށްތަކުން ފަލަސްތީނުގެ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރާމަالله ސިޓީ ކައިރީގައި އޮންނަ ބިއްޑޫ އަވަށުގައި އަންނަނީ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

ތުލްކަރީމްގެ ހަތިޔާރު އެޅި އަލް އަޤްޞާ ޝަހީދުންގެ ބްރިގޭޑުން ވަނީ އަބޫ ސާން ޝަހީދުކޮށްލުމަކީ މަރުގެ އަދަބެއްގެ ގޮތުގައި ސިފަކޮށްފައެވެ.