ތިން ރަށެއްގައި ނަރުދަމާގެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް:އަމީން ފަހްމީ
ތިން ރަށެއްގައި ނަރުދަމާގެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް:އަމީން ފަހްމީ

ތިން ރަށެއްގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރުމަށް  ކުރުމަށް 42 މިލިއަން ރުފިޔާއަށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފ.ބިލެތްދޫ، ރ.އިންނަމާދޫ އަދި ށ.ފީވަކުގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓަރަކްޝަނާއި އެ މިނިސްޓްރީއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމްއެވެ.

ތިން ރަށެއްގައި ނަރުދަމާގެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް:އަމީން ފަހްމީ
ތިން ރަށެއްގައި ނަރުދަމާގެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް:އަމީން ފަހްމީ

ވަކި ވަކިން ހަވާލުކުރި މި ތިންރަށުގެ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދިނުމަށް އެސްޓީއޯ އާއި ހަވާލުކޮށްފައިވާއިރު، ބިލެތްދޫގައި ޤާއިމުކުރާ ނަރުދަމާގެ ނިޒާމަށް 19.34 މިލިއަން ރުފިޔާ، އިންނަމާދޫގައި ޤާއިމުކުރާ ނަރުދަމާގެ ނިޒާމަށް 11.48 އަދި ފީވަކުގެ ނަރުދަމާގެ ނިޒާމަށް 11.96 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

މި ރަށްތަށް ނިސްބަތްވާ ދާއިރާތަކުގެ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ، މި ރަށްތަކުގެ އިތުރުންވެސް ގިނަ ރަށްތަކެއްގެ ނަރުދަމާގެ މަސައްކަތް ކައިރި މުސްތަޤްބަލެއްގައި ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިގެންދާނެކަމަށެވެ.

"މީގެ ކުރިން އެއްވެސް ސަރުކާރެއްގައި އަހަންމިއްޔަތުކަމެއް ދީގެން މަސައްކަތް ނުކުރާ ވަރަށް މި ހާއްޞަ އަސާސީ ޚިދުމަތް ދިނުމަށް މި ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން" ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

ތިން ރަށެއްގެ ނަރުދަމާގެ އަމަލީ މަސައްކަތް މިއަދު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރިއިރު މި މަޝްރޫއުތަކަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާބަހޭ އަދުގެ ސަރުކާރު! އަޅުގަނޑުމެން ރައްޔިތުން މިތިބީ ފިސާރި ޖޯޝުގައި ސަރުކާރައެކު!

  2. ޙުސައިންފުޅު

    އިނގުރައިދޫ ދާއިރާގެ މައި ރަށް އިނގުރައިދޫ އޮތީ ފުލުގައި. ހުރިހާ ކަމެއް މެމްބަރުގެ އުފަން ރަށަށް. ދެން އަތްޖަހާ.