ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ބ.ފެހެންދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ފެހެންދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ފެހެންދޫގެ ކައުންސިލަރުންނާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގައި ދެމުން އަންނަ ޞިއްޙީ ޚިދުމަތައް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް މި ކުރައްވާ ދަތުރުފުޅުގައި މިއަދު ވަޑައިގެންނެވި ފެހެންދޫގެ އިތުރުން ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އަދި އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެނާ

    ބޮޑު ވަގު ކޮންމެހެން ދަޅަދައްކަން ބ އަތޮޅަށް ނާރާތި ތިޔައީ ފޭކު ރައީސެއް އަހަރުމެންބޭނުންވަނީ ރައީސްޔާމީން ބ އަތޮޅަށް ވަޑައިގަތުން އެނޫނީ ބ އަތޮޅަށް ކަމެއްކޮށްދިން ވެރިއެއްނެތް.

    13
    2
  2. ކެޔޮޅު

    ސޯލިހު ބ އަތޮޅަށް ދަނީ ކޮންބޭނުމެއްގަތޯ؟ ބ އަތޮޅުގެ ރަށްތަކަށް ކޮށްދޭންބުނިއެއްވެސް ކަމެއް ފެށިފައިނުވާއިރު ބ އަތޮޅުގެ ތަރަށްގީވަނީ ހުއްޓިފަ ކެނދޫގެ ބޯފެންޕުލާންޓުން ފެން އުފެއްދުން ސޯލިހުގެ ސަރުކާރަށްވަނީ ނުކުޅެދިފަ.

    1
    1
  3. އ. ޖ. އ

    ? ? ?