ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި ރަސްފަންނު މިސަރުކާރުން ނުބަލަހައްޓާ ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޕްލާސްޓިކްތަކެއް ޖަމާވެ ރަސްފަންނުގެ ގޮނޑުދޮށާއި އަތިރިމަތި ހަޑިވެފައި ވަނިކޮށް ނަގާފައިވާ ދެފޮޓޯއެއް ޓްވީޓް ކުރައްވަމުން މުއިއްޒު ވިދާޅުވީ މިއީ ރަސްފަނުގެ ހާލަތު ކަމަށެވެ.

"ޖަޒީރާ ވެރިކަން" ފެށުނު ފަހުން ޖަޒީރާ ވަންތަ ތަންތަން ބެލެހެއްޓުން އޮތީ ބޮއްސުންލާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރަސްފަންނާއި މާލޭގައި ހަދާފައި ހުރި 12 ޕާކް ރަނގަޅަށް ނުބަލަހައްޓާތާ އަށް މަސް ވެފައިވާތީ އެތަންތަން ދަނީ ވީރާނާ ވަމުން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ މުއިއްޒުގެ ވާހަކަތަކަށް ތާއިދުކޮށް ޓްވީޓް ކޮށްފައެވެ. ބައެއް މީހުން ބުނެފައި ވަނީ "މިއީ ފަނާ ކުރާ ސަރުކާރެއް" ކަމަށާއި ޕާކްތަކުގެ ނަން ބަދަލު ކުރުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ.

ރަސްފަންނުގެ މޫދުގައި ނަޖިސް ހުންނާތީ މީގެ މަހެއްހާ ދުވަސް ކުރިން އެތަން ބަންދުކުރިއެވެ. ނަމަވެސް އަލުން އެތަން ހުޅުވިއިރު ވެސް ރަސްފަނު މޫދަށް ނަޖިސް އެޅުނު ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެމައްސަލަ ހައްލު ކުރަން ކުރި މަސައްކަތުގެ ތަފްސީލެއް ވެސް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ރަސްފަންނުގެ މޫދަކީ އެކި އުމުރުގެ ގިނަ ބަޔަކު އެރި އުޅޭ ސަރަހައްދެކެވެ. މޫދު ކަސްރަތު ކުރުމަށް ވެސް ގިނަ ބަޔަކު އެ ސަރަހައްދު ބޭނުންކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޕާޓީ

  މިއީ ދެން އެއް ޕާޓީއިން އަނެއް ޕާޓީން ތަޅާފޮޅާ ކުޅިވަރު އަބަދުވެސް ހިނގާ

  3
  11
 2. ބޯކިބާ

  ކުނިގިނަނުވާ ގޮނޑުދޮށެއް ދިވެހިރާއްޖެއަކުނެތް. ގޮނޑުދޮށާއި މަގުމަތީގައި ކުނިހުރީމަ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަދާގޮތަކީ ހިސާބުގަނޑު ގޭގޭ އަންހެންވެރިން ކުނިކަހަނީ. ކޮންމެހެން މާލެވީމަ ޓުވީޓުކޮށްކޮށްތިބޭނެކަމެއްނެތް މާބޮޑާވެފަ.

  7
  20
  • ބޯކިބާ1

   ދެރަވީދޯ، މަގޭ ސަރުކާރުގެ ފެންވަރު ސާފުކޮށްދިނީމަ. ދެރަވިޔަސް ރުޔަސް ތަނެއް ދޮރެއް ނެގޭ ބަޔަކަށް ވެރިކަންދީ ގައުމުގެ މުހިއްމު މުއައްސަސާތައް ހިންގަން ދިނީމަ ތިކަހަލަ ލަދުގަންނަން ޖެހޭ ކިތައްމެ ކަމެއް ފެންނާނެ.

 3. ހިކަނދި

  ތިތާ އުޅޭ މިދާ ތަކުގެ ވާހަކަ ދައްކާނެ މީހަކު ނެތްތަ؟ ރޭނގަޑު ތިތަނުން މީހުންނަށް ވުރެ ގިނައިން ފެންނާނީ މީދާ. ހާއްސަކޮށް އައިޖީއެމްއެޗް ސައިޑުން.

 4. މާތަ

  މުއިއްޒުގެ ކައްގަޑަށް ބާރުކުރަނީ މިހާރު އެއްވެސް ޕްރޮޖެކްޓަކުން ކަޓު ނުލިބޭތީ! މިކަލޭގެ ތިމާގެ މީހުންނާ ޅިޔަންފަހަރިންގެ ނަމުގަ ކޮރަޕްޝަންހިންގަންހެދި ކުންފުނިތަކުގެ މައްސަލަބަލާނީ ކޮންއިރަކުންބާ؟ ؟

  3
  5
 5. އަލީ

  ތިއުޅޭ ސިފާ ތިތަނުގަ އުޅޭހާ ދުވަހަކު ތިތަން ނުވާނެ ރަނގަޅެއް