ޓަގް ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވާއިރު، ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި އަދީބު ހުންނެވި ފޮޓޯ، އެގައުމުގެ މީޑިއާއިން އާންމުކޮށްފިއެވެ.
ފަޅުވެރިއެއްގެ ގޮތުގައި ހެދުން އަޅުއްވައިގެން އަދީބު ހުންނެވި ފޮޓޯ، އެގައުމުގެ ޓީވީ ޗެނަލްތަކުން ދައްކަމުންދާއިރު، އަދީބު ހައްޔަރު ކޮށްފައިވަނީ އާންމުކޮށް ދިވެހި ވިޔަފާރިވެރިން މުދާ ބޭރުކުރާ ޕޯޓެއް ކަމަށްވާ ތޫތުކުޑީގެ ޕޯޓުންނެވެ."ވާގޯ 9" ނަމަކަށް ކިޔާ ޓަގް ބޯޓުންގެ ފަޅުވެރިއެއް ގޮތުގައި އަދީބް އިންޑިއާއަށް އެތެރެވާން މަސައްކަތް ކޮށްފައިވާއިރު، އެ ބޯޓުން ދަތުރުކުރި އިތުރު ނުވަ މީހަކުވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.
އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވާއިރު އޭނާގެ މައްޗަށް ހުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އަދި ތަހުގީގީ އިދާރާއަކުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދިނުމަށް އަދީބު އަށް ދިން ގަޑިއަކަށް އޭނާ ހާޒިރެއް ނުވެއެވެ.
ލާރި ގަނޑު ނަގައިގެން ފިލަންދުވަނީތޯ......... ތީހަމަ ހުދުކާފޫރު ކޮޅެއް......
އަދީބު ފިލައިގެން އިންޑިއާ އަށް އެތެރެވުމުން ހިފަހައްޓައިފި ނަމަ ތިޔާއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ ބްރޯ ހީކުރީ ބޮޑު ހުކުމޭ މެންނަށް ކަޓް ދީގެން އޭނާ އަށް ކޮށްފައި ހުރި ހުކުމް ތައް ބާތިލް ކުރުމުން އޭނާ އަށް ރެކިގަނެވޭނެ ކަމަށްތޭ އެގޮތަށް އެކަން ނުވާނެއޭ ފިލާވަޅެއް
ނުފިލާނަމޯ ،ފަނި ފޮނުވި މީހާ މި ފަނި ފިލުވަން ލައްކަ ސަކަރާތެއް އެބަޖަހާ.
ނުފިލާނަމޭ ބުނި ބިޔަބޮޑު ކުއްޖާ މިހެދީކިހިނެއް. ޢުއްލޫކާ ޕައްޓާ
ކީކޭ ބުނާނީ ދައުލަތް ދިރުވާލައިގެން ސަލާމަތްނުވާނެކަން އެނގުނީމަ ފަޅުވެރިޔަކައްވެގެންނަމަވެސް ބެޗެންއޮތްގޮތަކައް ބަޗަންދޯ މިގަސްދުކުރީ މިޓަގުގަ ރާއްޖެއިން ފުރުނުގޮތެއްވެސް އޮންނަންވާނެ
ހާދަ އަދީބާ ވައްތަރުމީހެކޭ!
މީނާ ފިލީތޯ ނުވަތަ ވަގައް ނެގީތޯ މީއުފެދޭ ސުވާލެއް ރާއްޖެއާއި އިންޑިޔާއާއި ދެމެދު ހެދިފަވާ ތިޔަކިޔާ ލީގަލް މުއާހަދާގެމަތިން ، ކިހިނެއްބާ މިކަން ކަށަވަރުކުރާނީ މީނާ ރާއްޖެ ގެންނާނެބާ ނޫނީ އިންޑިއާގެ ޖަލެއްގައި ބާއްވާނީތޯ ނޫނީ އިންޑިއާގެ އެތެރެއައް ދޫކޮށްލާ ދިވެހިދައުލަތުގެ ފައިސާއިން ވިޔަފާރިކުރާނީތޯ؟
ކޮން ނަމެއް ދީގެންބައި އެތެރެވާން އުޅުނީ.
މުންނާބާއިގެ ނަމުން ނަންދީގެން!
މާކުއްޖާ ކިހިނެއް މިހެދީ
އަޅުގަނޑަކީ ފިލާނެ މީހެއްނޫން. ރައްޔިތުންނަށް ޙިދުމަތް ކޮށްދޭންށޯ ހުންނާނީ.
ކީއްވެތަ މިމީހުން ކަންތައް މާ ބޮޑުކޮށްލައިގެން މިއުޅެނީ. އަދީބުގެ ސިއްޚީހާލަތު ހުރިގޮތްން ވައިގެ މަގުން ދަތުރު ކުރުން ޑޮކްޓަރ އޮތީ މަނާކޮށްފައޭ.
ދިވެހި ސަރުކާރު އަޑީގައޮވެގެން އަދީބު ފިލުވީ.. އަދީބު ފިލިކަމަށް ބުންޏަސް އަދީބު ފިލުވީ މިސަރުކާރުން.. ބޮޑުމަންޒަރު ދިރާސާކުރޭ މިކަން ޔަގީންވާނެ އިންޑިޔާގެ އެހީތެރިކަން ހޯދީ އަދީބު ފިލުވަން.. ދެން އަދީބު އިންޑިޔާއަށް ވަގަށް އެތެރެވާން އުޅުނުކަމަށްބުނެ އިންޑިޔާގެ ގާނޫނުން އަދީބު ހައްޔަރުވިކަމަށް ހާމަކުރާނެ އޭގެ ދުވަސްކޮޅެފަހުން އަދީބު ވީތަން އިންޑިޔާއަށް ނޭގޭނެ އަދީބު ބޮޑު އިންވެސްޓެ އިންޑިޔާގަކުރާނެ މި ގޭމުގަ.. ސޯލިހަށް އިގޭކަމެނެތް ޒިންމާ ނަގަންޖެހޭ ކަމެވެސްނެތް..
ކުރިގަވެސް މަމެންނަ އިގޭ ތިގޮލާ ފިލާނެކާން
ތިކަމުގައި ކަސްޓަމްސްއާއި އިމިގްރޭޝަނުން ޒިއްމާނަގަން ޖެހޭނެ.
ޜަނގަޅު. ދެން ފެންނާނީ ދެން ބާކީ ތިބި މީހުން މާޒީ އިޢާދަ ކުރާތަން. މި ބުނީ ބޣާވާތުގެ ވާހަކަ. ވަރަށް ހެޔޮފުޅު ވާންވެގެން މިސަރުކާރުން ކުށްވެރިން ދޫކުރީ. ކިހާ ރަނގަޅު. ފޭހުނު އިލޮށިތައް ލޮލަށް ހެރޭތަން ފެންނާނެ
ތިޔާއީ އެމްޑީޕީގެ ބޮޑުން ތައް އިންޑިއާގެ ޖީއެމްއާރާއި އެކު ހަދާފައިވާ ޑީލް ގެ ދަށުން ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން ރަންރީނދޫ ޓްވިޓަރޭ މެން ރައީސް އޮފީސް ތެރޭގައި ތިބެގެން ހިންގާ ސައުތު ސައުތު ކަންޓްރީ ސައިޑް ކްރުއަލް މައިންޑް ގޭމްސް ތަކޭ މަމެން ބުނަން ނެތީމޭ...
ކޮންމެ ދުވަހަކު ކޮންމެ އާޓިކްލް އަކަށް މި މީހާ މި ހާސަރު އެބަ ދަމާ.މީ ބޯ ހަމަ ޖެހޭ ސޮރެއްބާ
ބޮޑުވަގު ކަލެޭގެ
ފެރީގެ ހިދުމަތް ފައްޓަވައިދެއްވީ، އިއްޒަތްތެރި ސިޔާސީ ލީޑަރުންނަ ހަރަދު ކުރާ އަދީބު ބުރޯ!
މިވަރަށް މިކަލޭގެ ޖަރީމާ ހިނގާއިރުވެސް ހާދަ އިޙްތިރާމެކޭ ދޯ މިކަލޭގެއަށް މިކުރަނީ. " އަދީބު ހުންނެވިޔޯ"
އަދީބު އިންޑިއާ އަށް ދިޔާ ފިލައިގެންތޭ ނުވަތަ އެއް ނަމްބަރު އޮފީހުގެ ބޮޑުން ތައް ކަޓެއް ޖައްސާލައިގެން އަދީބު ފުރުވާލީތޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ އެއްޗަކީ އެމްއެމްޕީއާރުސީގެ ފައިސާ ގަނޑުން ކަޓް އަޅާލުމުން ނުގުޑާ އެއްޗެއް ނުހުންނާނެއޭ ބްރޯ ތަމެންނަށް ހުންނާނެ މިހާރު ނައިބްރައީސްގެ ލަގަބު ގަދަ ކަމުން ރައްޔިތުންގެ ރުހުމެއް ނެތި ފޭރިގަނެގެން އެމަގާމް ގައި ރަނގަޅަށް ހުރެވިފައި އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..
އަދިވެސް ތިޔަކަހަލަ ޑުރަމާތަކާ ފިލްމު ރިލީސްވާން އެބަހުރި، ތީ ހަމަ ހައްތާވެސް މޑޕ ގެ ވައިރެސް.
Rangalhuvaane mas dhoangyehge falhuveriyakah
މިސަރުކާރުން ތިޔަފަދް ހުރިހާފަރާތްތަކަށް ހުރިހާގޮތަކުންވެސް އެހީތެރިވެ މަގުފަހިކޮށްދެމުންދާތަން ފެންނަމުން ދާނެ!! ދެން އެއްމެ އަވަހަށް ފެންނާނެ މަންޒަރަކީ، عبد الله لطفي އަގަމަތި ބޮއްކުރައެއްގައި ގޮސް ލަންކާގެ ބަޓިކޮލޮވާ ފަދަ އަވަށެއްގައި ސިފަ ބަދަލުކޮށްގެން އުޅުމުގެ މަގު ފަހިކޮށްދޭ منظر އެވެ. އޭނަ، ލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީއަށް ދިޔައީވެސް އަންނި އަންގައިގެން އަދި އެކަމަށް މަގުފަހިކޮށްދީގެންކަމަށް معتبر ފރާތަކުން ވަނީ ކަށަވަރުކޮށް ދީފައެވެ. މާތް ﷲ ތިޔަ ވެރިން ގެފުށުން މި قوم ސަލާމްމަތް ކޮރައްވާށި .!أمين!
"ގައުމު ދެކެ ލޯބިވަން، ނުފިލާނަން- އަދީބު" މި ވެސް ތިޔަ ޢައްދާރު އަދީބު 3 ހަފުތާކުރިން ބުނިކަމަށް ނޫސް ތަކުން ފަލަ ސުރުހީއަށް އެރި ހަބަރެއް... އަތުވީތީ ﷲ އަށް ހަމްދުކުރަން