ރާއްޖެއިން ފިލައިގެން ދަނިކޮށް ކުރީގެ ނައިބު ރައީސް އަދީބު ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ އިރު އަދީބް އަދިވެސް ހުންނެވީ އެ ޓަގް ބޯޓުގައި ކަން ހާމަ ވެއްޖެއެވެ.
އިންޑިއާގެ ޓުޓިކޮރިން ފުލުހުން ރާއްޖޭގެ ނޫހެއްކަމަށްވާ "މިހާރު"ނޫހަށް މައުލޫމާތުދެމުން ވިދާޅުވީ، އަދީބު މިވަގުތު ހުރީ އެތަނުގެ ބަނދަރުގައި އޮތް ޓަގް ބޯޓެއްގައި ކަމަށެވެ.
"އިންޑިއާ ފުލުހުން ބުނާގޮތުގައި، އެ މީހުންގެ ބެލުމުގެ ދަށަކަށް އަދީބު އަދި ނުގެންދޭ، ފުލުހުން ބުނީ މިހާރު ދަނީ އަދީބު އާ ސުވާލު ކުރަމުންނޭ". އެ ނޫހުގައި ބުނެފައި ވެއެވެ.
އިންޑިއާ ނޫސްތަކުގައި ބުނެފައިވާގޮތުގައި، އަދީބު އާއެކު އިތުރު ނުވަ މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ.
އަދީބު ޓަގު ބޯޓެއްގައި ފިލިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތަހުގީގީ އިދާރާ އަކަށް އިއްޔެ މެންދުރު ހާޒިރުވާން އަދީބުއަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަދީބު ދަތުރުކުރީ ބޮޑު ހިލަ އެތެރެ ކުރާ ޓަގް ބޯޓެއްގައެވެ. އިންޑިއާ ފުލުހުންނައި ސިފައިން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އަދީބު ހިފެހެއްޓިއިިރު، އޭނާ ހުރީ އެ ބޯޓުގެ ކްރޫއެއްގެ ގޮތުގައި ހެދުން އަޅައިގެންނެވެ.
އަދީބުގެ އެއްވެސް މައްސަލައެއް މިހާރު ކޯޓުގައި ނެތެވެ. ނަމަވެސް އަދީބުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އަމުރުކޮށްފައެވެ.
ޢިރުކޮޅަކުން އެ ޓަގު ބޯޓްގައި ހުރީ އަދީބް އެއް ނޫނޭ ވެސް މި ސަރކާރުން ބުނޭފާނެ.
މީހަކަށް ކަނޑުބޯޓަކުން ދެވޭނެގޮތް..
1. ކުރޫވް އެއްގޮތުގަ
2. ޕަސެންޖަރެއްގޮތުގަ.
3. ސްޓޯވް އަވޭ( ބޯޓްގެ މީހުންނަށް ނޭގި ބޯޓްތެރޭ ފިލައިގެން ދިއުން)
ކުރޫވް. ބޯޓަކީ ރާއްޖޭގެ ފުލަގް ރެޖިޝްޓްރީ އޮތަސްނެތަސް، ސީމަން ބޫކް އޮންނަންހެހޭނެ، އަދި އައި އެމް އޯއިން ބުނެފައުވާ ކޯސްފުރިހަމަ ކުރަންޖެހޭނެ.
... ސުވާލް... މިކަން ޕޯޓް ހާބަރ އަށް އިނގޭނެތަ.
ޖ. އިނގޭނެ، ސަބަބަކީ ކުރޫވް ލިސްޓާ، ސީމަން ބުކް އަދި ސެޓްފިކެޓްތައް އެމީހުން ޗެކު ކުރާނެ ޕޯޓް ސްޓޭޓް ހުއްދަ ދިނު މުގެ ކުރިން.
ސުވާލް.. ކުރޫވް އެއްގޮތުގަ ނޫން ނަމަ ޕަސެންޖަރ އެއްގޮތުގަ ބޯޓްގަ ފުރާއިރު އެމީހެއްގެ ޕާސްޓް ވަރަށް ތަރޯކޮށް ޗެކް ކުރާނެ...
ސުވާލް... ކަސްޓަމްސް އަށް އިގޭނެތަ
ޖަވާބް. ފަހަރުގަ ނޭގިދާނެ، ނަމަވެސް އަދީބު ފަދަ ހައި ޕޮރޮފައިލް މީހެއްގެ ނަންފަދަ ނަމެއް ކުރޫވް ލިސްޓްގައިވާނަމަ ބަލަންޖެހޭނެ.
ސުވާލް. މެރިން ޕޮލިސް އަށް މިކަން އިނގޭނެތަ.
ޖ. ރާއްޖޭގެ އައުޓްވާޑް ކުލެއރެންސް ހަމަޖެހިފައި އޮންނަގޮތުން ނޭގި މީހަކަށް ފުރިދާނެ.
ފޮރިން މިނިސްޓްރީން ބުނެބަލަ އަދީބު މިހާރު ހުރިތަނެއް..
އަދީބު ކިޔާ މީހަކު ދަންނަންތަ
ބޮޑު ހިލަ އަދީބު
ހުންނެވީއޭ؟ ކޮން ހުންނެވީއެއް؟ އަމިއްލަޔަށް މިކަހަލަ މުޑުދާރުކަންތައްކޮށް ގައުމު ބަދުނާމުކުރާއިރުވެސް މިކަހަލަ މީހުން މާތްވޭތަ؟