ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހއ. އިހަވަންދޫއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ނަޝީދާއި އެކު މި ދަތުރުފުޅުގައި މަޖިލިސްގައި ހއ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރުން ކަމުގައިވާ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވެސް، ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ހިނގާ މަޖިލިސް އަކީ ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވޭ މަޖިލީހަކަށް ހެއްދެވުމަށްޓަކައި، ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.
ނަޝީދު އިހަވަންދޫއަށް ފުރާވަޑައިގެންނެއްވި އިރު އެމަނިކުފާނު މި މަހު އެއްވަނަ ދުވަހު ވަނީ އައްޑޫ އަށް ވަޑައިގެން އީކުއެޓާ ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.
ހައްދަވާނީ ހުސްދޮގު ދޮގުވެރިޔާގެ ދަތުރުނާމާ.
ކީއްވެނުދާންވީ ހަމަދާންވީނު ބަޖެޓުއޮންނާނެ....ވަރެއްކޮއްލާނެ ކުރީބުރުގަ ގެއްލުނު ދެއަހަރުގެ ސަތޭކަގުނަ ޖައްސާލާނެ ތީކާކު އޭނަޔަށް ބައިއަތުހިފާ ސަޕޯޓުކުރާ އެކަކުލާހިނުވާނެ....
ރައްޔިތުން ބޜނުންވާ ގޮތަކައްނޫން މަޖިލިސް ހިންގަމުން ދަނީކީ. ރައްޔިތުން ބޭނުމެއްނުވޭ މަޖިލިސް ސަރުކާރު ގެހިންގުމުގެތެރެއަށް ވަދެ ކުންފުނިތަކާ އޮފީސްތައް ހިންގަން ތިބޭމީހުނައް އެވެނި މިވެނި ގޮތަކައް ކަންކުރަން މަޖިލީހުގެކޮމެޓި އަކުން އަންގާ ތަންހިންގަން ތިބޭ ފަރާތަކައް ބިރުދައްކާ ހަދާކައް..އަދި ޝަރުއީ ނިޒާމް ގެތެރެއަސް ސަރުކާރުވެސް އަދި ރައްޔިތުން މަޖިލިސް އަދި މަޖިލސް ގެރައީސް ގެނުފޫޒް ފޯރުވަމުންދާކައް ..މިހާރު މިފެންނަނީ ރިޔާސީ ނިޒާމް ފުޑާލާ މަންޒަރު ނަޝީދު ގެ އަމިއްލަ އެދުންކުރިޔައް ނެރެގެން
އަޗާތަޅަންދުއްވަނީރައްޔިތުންލޮލުގައަނދުންއަޅުވަމުން
ރަސްމީދަތުރުފުޅެއްގަޔޯ. މީނާ ހާދަ ރަސްމީ ވާހިތްވެޔޭދޯ؟
މަޖުލިހު ރައިސާ އެމްޑީޕީ ރައސާ އެކައްޗެއް ވީމަ ވާގޮތް. މިހެންވެގެން އެމްޑީޕީގެ ރައިސަކީ އެވަގުތަކު ގައުމުގެ ރައިސުކަމަށްވަންޏާ އޭނާއަކީ އެމްޑިޕީގެ ރައިސަކީވެސް ގަވާއިދުގަ އޮންނަނީ. ގަވައިދު އޮޅާލާ ގަދަބާރުން ތިމަންނާމީ އެމްޑީޕީގެ ރައިސޭ ކިޔައިގެން ހެދިގެން އުޅޭތީ މިމައްސަލަ މިދިމާވަނީ. މަޖުލިހުގެ ރައިސުގެ އެއީ ވަކި ޒިންމާއެއް. މިހާރު ގައުމުގެ ރައސުކަމުގެ ޒިންމާ މީނަ މިކުޅެނީ. ހާދަހާ ވެރިކަން ބޭނުންވެގެންތެޅޭ ބުރާންޗެކޭ. ސޯލިހަށް ގައުމު ހިންގިޔަ ނުދޭ މިކަލޭގެ. މީއަނެއްކާ މިދަތުރުކުރަނީ ސަރުކާރު ކޮންފައިސާއަކަށް. މުޅި ނިޒާމަ އޮޅުން ބޮޅުން އަރުވާ މީހަކު މަރުފަލިޖަހަނީ ވެރިއަކަށްވާހިތުން
ވެރިކަން ކުރަނީ ކާކުތަ؟ ވޯޓު ބޯ މަތިވީމާ ރައްޔިތުން ވާ ވައްދަން،ރައްޔިތުނޭ މި ފަނިކުފާނުގެ ބަހަށް ނުހެއްލޭށެވެ،
ރައީސަށް ހިޔަނި ނާޅުއްވާ ގައުމު ހިންގަން ފުރުސަތު ދެއްވާ.
ނަސީދު މާ އިސްމީކަށްވެގެން ރ ސޯލިހް ނެތްދަނޑިވަޅުބަލާފައި ރާއްޖޭގެ ކަންކޮޅުތަކަށް
ދަތުރުތައް ރާވައި، މީހުންނަށް އިނާމުދީ ހަދަނީ
"ވަރުގަދަ"މީކަކަށް ވާހިތުންނެވެ ނަސީދަކީ ކާކުކަން ގިނަދިވެހިން ދަނެއެވެ
މީނަ އަކީ މިހާރު މިރާއްޖޭގެ ރައީސް މީނަ ހެދިގެން އުޅެނީ އެގޮތަށް. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ދައުރު މީނަ އަދާ މިކުރަނީ ކޮންހައިސިއްޔަތަކުން ކަންވެސް ނޭނގޭ. ހަމަ ހައިރާންވެއްޖެ.ރަށަކަށް ދިޔަޔަސް ސިޓި އަކަށް ދިޔަޔަސް މީނަ މިހުންނަނީ ހިތުން ރައީސްކަމުގައި. ރައީސަކު ރައްޔިތުންނާ ދައްކަން ޖެހޭވާހަކަ މީނަ މިދައްކަނީ.