ސައުދީ އަރަބިއްޔާއިން އަންހެނުން ބާރުވެރި ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ސައުދީ އަރަބިއްޔާގެ ސަރުކާރަށް މަރުޙަބާ ދެންނެވި ދެންނެވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ރައްދު ދެއްވައިފިއެވެ.
ސައުދީ އަރަބިއްޔާގައި އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ޒަމާނުއްސުރެ އެގައުމުގައި އަމަލު ކުރަމުން އައި، މަހުރަމަކާ ނުލާ އަންހެނުން ދަތުރުކުރުން، ނުވަތަ މަހުރަމެއްގެ ހުއްދަނެތި އަންހެނުން ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވަނީ ގިނަ ބަދަލުތަކަކާއެކު އަންހެނުން ބާރުވެރި ކުރުވުމަށް ކުރަމުންދާ މަސައްކަތަށް، އެގައުމުގެ މިނިސްޓަރ އޮފް ލޭބާ އެންޑް ސޯސިއަލް ޑިވެލޮޕްމެންޓް އަހްމަދު ބިން ސަލްމާން އަލްރަޖްހީ އަށް މަރުޙަބާ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓުގައި ވަނީ ކީރިތި ރަސޫލާގެ ހަދީޘް ފުޅެކެވެ. އެ ހަދީސް ފުޅުގައި އަންގަވާފައި ވަނީ "މަޙުރަމަކާ ނުލާ އަންހެނަކު އެކަނި ދަތުރު ނުކުރާ ހުށިކަމެވެ." މިހެންނެވެ. ސިދާތާއަށް ޓެގް ކުރައްވާ އިޔާޒް ވިދާޅުވީ މި ހަދީސް ބަސްފުޅަށްވުރެ ބާރުގަދަ އެހެން ބަހެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
Mi Hadheeth basfulhah vure baaru gadha ehen baheh genaumaky kureveyne kameh nooneve. @shidhatha pic.twitter.com/oNRL8CYTaU
— Dr.Mohamed Iyaz (@dr_iyaz) August 3, 2019
މިއީ ފަހަކަށް އައިސް ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން އަޅުއްވާ "އިސްލާހީ ފިޔަވަޅުތަކުގެ" ދަށުން ގެނައި ބަދަލުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބެޑްޝީޓަކުން އަނެއްކާ ޑރ. ކަވަރ ނުކުރައްޗޭ.
ވަރަށް ކުޅަދާނަ ފޯވާޑެއް...
ތީ ހުސް އެއްކަހަލަ މީހުން.
މިހުންނަނީ ފަހުޒަމާނުގެ ޢަލާމަތް މިފަދަކަންތައްތަކައް ހިތްވަރުދޭބައެއް ފަހުޒަމާނުގައުޅޭނެ ކަމީޝައްކެތް އޮތްކަމެއްނޫން
މިސަރުކާރުގެ ކޫސަނި ކަމަކީ ސިދާތާ ކަހަލަ ތާކުންތާކުން ނުޖެހޭ މީހުނަށް މިނިސްޓަރުކަން ދީގެން ހެވިފަ ތިބޭތީވެ..
ތިދެމީހުންވެސްތީ ދެ މުނާފިގުން.
ވެރިންގެ ރުހުންހޯދަން ދީން ވިއްކާލައިގެން ތި ތިބީ..
ސިދާތާ ކަޑަވާނެ މަނަމަވެސް ކަޑަވާނެ ޕާޓީ އިން ރައްދު އައިމަ .އަދާލަތުން އަދާލަތަށް ރައްދު ދީފި ސުރުހީ އަކަށް ލިޔުނު ނަމަ .މިހެން
ޑރ. އިޔާޒް އެވެ ވަރައް ސަލާމެވެ
ދެންމިރޭ ނުނިދާތި އޮޔައް އއޮވެ ދެފައިތަޅާ ރޮއެ ހައްދަވާފަ،މާދަން އިރުއެރީމަ މާތްކަލާކޯއޭ ގޮވާލާފަ،ތިހަދީސްގެ ފަހުބައި އެހެން މީހަކު ޓުވީޓް ކޮއްފާނެތީ ހުމާހުއްނަވާޝެވެ.ހަމަޔަގީނުންވެސް އިސްލާމް ދީނަކީ އެއްމެ ފުރިހަމަ މަތިވެރި ދީނެވެ.އަދިއެއާއިއެކު،މާތް ރަސްކަލާގެ އެކަމެއް މޮޅައް ދެނެވޮޑިގެންމެއެވެ، މައުނައީ މިއދު މިޒަމާނުގެ ދަތުރުފަތުރާއެކަމުން ލިބިދޭރައްކަލާ މިހުރިހާ ކަމެއް މިއީ އެކަލާގެ ހެޔޮ މިންވަރުފުޅުނ ހިގާ ކަަންކަން ގަބޫލުކުރާނަމަ ތިއަހެން ޓުއީޓުނުކޮއް ކޮންމެވެސް އެހެން ކަމެއްގައި ތި ލިބިފައި ހުރި ކުޑަކުޑަ އިލްމުވކޮޅައް ހަމްދުކުރާހާލު އުމުރުގެދުވަސްތަހެދަކުރީސ ކަން ޔަގީނެވެ
يا أبا ذر: من ابتغى العلم ليخدع به الناس لم يجد ريح
އެހަދީޘްގެ ފަހުބައިގަ މަހުރަމަކާނުލާ އަންހެނުންނަށް ތަންތަނަށް ދެވޭނެ ކަމަށް އޮތީތަ....؟
މި ގަމާރު ސޭކުން ނަށް އެކަހަލަ އެއްވެސް ކަމެއް ނޯންނާނެ.ވިސްނުމަކީ މި މީހުން ދަންނަ ކަމެއް ނޫނ.ސައުދީ ގަ ހަ ވަރަކަށް ސޭކުންގެ ބަސް މަގު
ތީހަމަ އެއްކަހަލަ ދެމީހުން ސިދާތާ އަކީ ތަނެއް ދޮރެެއް ދަންނަ މީހެެއް ނޫން ކަޅުބެ އިޔާޒް އަކީ ތަންދޮރު ދަންނަ ޖައްބާރެއް
މިއީ ވަރެއްގެ ދެލޯބިވެރިންތަ، ސިދާތާ ޔާ އަޅައިގަނެންބާ
ޤިޔާމަތް ދުވަހުން މަރްޙަބާކީ މީހުން އަންނާނެބާ ސަލާމާތްކޮށްދެން
ށިދާތާވެސް މިހާރު ދީނީ ހިޔާލައްވުރެން ސެކްސީ ހިޔާލު މާ އިސްކުރައްވާހެން ހީވާކަހަލަ