މި ސަރުކާރަށް އެންމެ ބޮޑަށް ސާނާ ކިޔާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވެސް މި ސަރުކާރުން ގެންގުޅޭ މޫނު ބުރުގާގެ ސިޔާސަތުތަކާއި ދެކޮޅުކަން ހާމަ ކުރައްވައިފިއެވެ.

ސަރުކާރުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

އެހެންކަމުން މޫނު ބުރުގާ އަޅައިގެން ޓީޗަރުންނަށް ކިޔަވައި ދިނުން މަނާވާނެއެވެ.

އެކަމާ ގުޅިގެން އިޔާޒު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މޫނު ބުރުގާ ފަދަ އިސްލާމީ ޝިއާރުތަކާއި ދެކޮޅު ހެދުމަކީ އެއްވެސް މަހުލޫގަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

"އެފަދަކަމެއް ކުރާމީހާގެ އީމާންކަން މުރާޖައާ ކުރަންޖެހޭ.". ޑރ. އިޔާޒް އިތުރަށް ވިދާޅުވިއެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވާ ނުދެވޭތީ އެކަމާ ދެކޮޅަށް އިހުރިޖާޖެއް ވެސް ބާއްވަން ވަނީ ނިންމައިފައެވެ.

އެ އިހުތިޖާޖު ބާއްވާނެ ކަން އިއުލާން ކުރީ "އައި ސްޓޭންޑް ވިތް ނިގާބް" ކިޔާ ފޭސްބުކް ޕޭޖަކުންނެވެ.

އެ ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ އުހުތުންގެ އިހްތިޖާޖެއް ކަމަށެވެ. އަދި މޫނު ބުރުގާގެ ދިފާއުގައި އަޑު އުފުލާ، އަޑު އިއްވާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

މި އިހުތިޖާޖް އޮންނާނީ މާދަމާ ހަވީރު 4:15 ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެޔޮނުވާނެ

    ބައްޕާފުޅުގެ ނަސޭހަތް ގަބޫލުކޮށް ޢުމަރަށް ތާއީދުކުރައްވާ. އެނޫންގޮތެއް ދެންނެތް. ސަލާމަތުން ހުރި ހަމައެކަނި ޕޮލިޓީޝަނަކީ ޢުމަރު.

    11
    1
  2. ސަކަ

    ފުރަތަމަ ކަމަކަށް އިސްލާމްދީނުގަ އޮވޭބާ އަންހެނުން ނިކުމެ މިޒާހިރާ ކުރަން ހުއްދައެއް؟ ހަމަ އެއްކަމެއްގަ ހިފައިގެން ދަމަންޔާ މާދަމާ އެހެން ބަޔަކު ނިކުނާނެ އޮރިޔާމުން އުޅެން ހުއްދަކުރުމަށް. އެއީ މިނިވަންކަމޭ ކިޔައިގެން. އޭރުން ވާނީ އެމެރިކާގަ ވާހެން

    3
    20
  3. އުގުރި

    ހަމަހިލާ މަށެއް ގަބޫލެއް ނުކުރާނަން މޫނު ބުރުގާ އަދި ގްރޭޑް5 ގެ ދަރިވަރުންގެ ފޮތްތައް ބަލާބަލަ... އިޔާޒޫ ހަމަ ކަލޭ ހުންނަ ޖެހޭނީ ތިޔަ އަދާލަތާއި ތިޔަ އިމްރާން ދަށުވެ..

    ތިޔޭ ފެންނަނީ ހިތާވާ ސަރުކާރަކާއި ހިޔާ ނުވާ ސަރުކާރެއް ގެން ގުޅޭ މީހެއް މިއީ