ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން އިއުތިރާފް ވެއްޖެއެވެ.

ޓަގް ބޯޓެއްގައި ފިއްލަވައިގެން އިންޑިއާ އަށް ގޮސް، އެގައުމަށް އެތެރެ ވާން އުޅުއްވަނިކޮށް ހައްޔަރުކޮށްގެން އަދީބު މާލެ ގެނެސްފައި ވަނީ މިރޭ ވަގުތެއްގައެވެ. އަދީބު ގެނައި ގޮތަށް ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާއިރު، މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔައީ މީގެ ތިން ގަޑިއިރެއްހާއިރު ކުރިންނެވެ. މުއްދަތު ޖެހުމަށް ކުރިއަށް ގެންދިޔަ މަޖިލިސް ދިގު ދެމިގެންދިޔައިރު، އެ މަޖިލިސްއިން ނިންމީ އަދީބު ދޫކޮށްލުމަށެވެ.

މުއްދަތުގެ މަޖިލިސްގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބު ހައްޔަރު ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އަދީބު ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

"ކޯޓުން އަދީބު މިނިވަންކުރީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާކަމަށް އިއުތިރާފް ވުމުން،" އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު "ވަގުތަށް" ވިދާޅުވިއެވެ.

އަދީބު ގާނޫނާ ހިލާފަށް ހައްޔަރު ކޮށްފައިވާ ކަމަށް އެއްބަސްވި ނަމަވެސް، ދައުލުން މިރޭގެ މަޖިލީހުގައި އެދުނީ އަދީބުގެ މުއްދަތު ޖަހައިދިނުމަށެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ މުއްދަތުގެ މަޖިލީހުގައި ގާޒީ އަލީ ރަޝީދު ވިދާޅުވީ އަދީބު ހައްޔަރުކުރަން ނެރުނު އަމުރުގެ ބާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ނުހިނގާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ އަދީބު ހައްޔަރުކުރި ސަރަހައްދަށް ރާއްޖޭގެ ގާނޫނާ ގަވާއިދުތައް ނުހިނގާނެ ކަމަށެވެ. އަދީބު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުގެ ވަކީލުންގެ އިތުރުން ފުލުހުންވެސް އިއުތިރާފްވެއެވެ. ޕީޖީގެ ވަކީލާއިން ފުލުހުންވެސް ވިދާޅުވީ އަދީބު ހައްޔަރުކުރީ އިންޑިއާގެ ދިދަޖެހި ބޯޓަކުން ކަމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެހާލަތުގައި އެ އުޅަނދަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހިނގާނީ އުޅަނދުގައި ނަގާފައި ހުރި ދިދަ ނިސްބަތްވާ އިންޑިއާގެ ގާނޫނު ކަމަށެވެ.

އަދީބު މިނިވަންކުރަން އަމުރުކުރަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ އަދީބު ހައްޔަރުުކުރީ ގާނޫނާއި ހިލާފަށް ކަމަށް ޕީޖީއާއި ފުލުހުންވެސް ވިދާޅުވާއިރު، ބަންދުގެ މުއްދަތު އިތުރު ނުކުރުމާމެދު ސުވާލެއް ނެތް ކަމަށެވެ.

ފުލުހުން އަދީބު ކޯޓަށް ހާޒިރު ކުރުމަށްފަހު މުއްދަތު ޖަހައިދިނުމަށް އެދުނީ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، ރާއްޖެއިން ބޭރަށް ދިޔުމުންނާއި، ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފްވެ، ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ފިލިކަމަށް ބުނެއެވެ.

އަދީބް ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އިންޑިއާއިން ހިމާޔަތް ދީފައެއް ނުވެއެވެ. ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއެއް ގޮތުގައެވެ.

އަދީބު އަކީ ދައުލަތުގެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ކޯޓުތަކުން އިއްވާފައިވާ ޙުކުމްތައް ވަނީ ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ބާތިލް ކޮށްފައެވެ. ހުރިހާ ޙުކުމެއް ބާތިލް ކުރި ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކޮކީ

  ވަގަށް ބޯޑަރު ހުރަަސް ކުރުމަކީ ކުށެއް. އެހެންވީމަ އަދީބު ހައްޔަރުކުރެވޭނެ. އަދި މައްސަލަވެސް ބެލޭނެ

  46
  6
 2. މެސީ

  ކޮބާ ހޭ ބޭސް ފަރުވާ އަށް ގޮސް ފިލި އަންނިގެ މައްސަލަ.

  63
  3
 3. ކޯޓް

  ބަލަގަ އެއްމެފުރަތަމަ އޭނަގަވައިދާ ހިލާފުވި މައްސަލާގައި ހައްޔަރުކޮށް ތަހުޤީޤް ކިރަންޖެހޭ. ތިޔަހެން ތިކަން ނިއްމާލެވެންޏާ ދުނިޔޭގެ އެއްވެސްމީހަކު އެއްވެސް އިރަކު އެއްވެސްތާކު ކުށެއް ނުކުރޭ. އަދީބް ހައްޔަރުކުރީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން. އެކަންކުރީ ރާއްޖޭގެ ބޯޑަރ ފަހަނައަޅައި އެހެންޤައުމެއްގެ ބޯޑަރަށް ވަދެ ކަމަށް ވަންޏާ އެޤައުމަކުން އެކަން ކުއްވެރިނުކުރާ ނުވަތަ އެޤައުމަކުން އެކަމަށް އިންކާރު ނުކުރާނަމަ ކޮބާތޯ މައްސަލައަކީ. ދެންއޮތީ އޭނާ ހައްރުކުރީ ކޯޓް އަމުރެއްނެތި ކަމަށް ދެއްކިދާނެ އުޒުރު. އޭނާ ހައްޔަރު ކުރީ ކުށުގެ ވެށިން ކަމުގައި ވާތީ ހައްޔަރު ވަގުތު ކޯޓް އަމުރު އޮންނަން ޖެހޭތޯ؟ ރައްޔިތުންނަށް މިކަންކަން އޮޅުންފިލުވާ ދެއްވާ.

  6
  2
 4. އަފިރިންގެ ޚިޔާލް

  އަދީބު ވަނީ ކަނޑުފޭރޭ ބީދައިން ފޭރިގެންފަ، ބައިނަލް އަގްވާމީ ކަނޑުތަކާއިބެހޭ ޤާނޫނުއަކީ ޤައުމެއްގެ ސިވިލް ލޯވް އަށްވުރެ މާވަރުގަދަ ބާރުހުންނަ ޤާނޫނެއް. އަދީބަކީ އަމިއްލަ ނަފުސުގެ ރައްކާތެރިކަމަށް އޭނާގެ ފުރާނަ އިން ޑޭންޖަރ ބަހެއްޓައިގެން ޤައުމެއްގެ ހިމާޔަތަށް އެދުނު ބޭފުޅެއް، މިސާލަކަށް، ކަނޑުމަތިން ކުރިމަތިވެދާނެ އެއްވެސް ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވާނެ، ސަރވައިވަލް އެއްވެސް ތަމްރީނު ނެތި ކަނޑު އުޅެދެއްގަ ދަތުރުކުރެއްވުން. އަދީބު ހައްޔަރުކުރީ ބައިނަލް އަގްވާމީ ސަރަހައްދުން ،އެއީ ދިވެހި ފުލުހުން ލައްވާ މިޖައްބާރު ސަރުކާރުން ހިންގި ލަދުވެތި އަމަލެއް. އިމްރާން އިސްތިއުފާ ދެއްވާ، އަދި އޯޑަރ ދެއްވިބަޔަކު އިންސާފުގެ ކުރިމަށްޗަށް ގެންނަންޖެހޭ... ކޫށެއްކޮށްފަ ނުތިބެވޭނެ...މިއީ ސީރއަސް މަށްސަލައެއް..

 5. މުގާބޭ

  ތިޔޮތީ އަނެއްކާ މީހަކު ރަހީނުކުރެވިފަ. އިމްރާނު މިމަޤާމާ ހަވާލުވިފަހުން ކިތައް މީހުން ރަހީނުކޮށްފި. ހިޔުމަން ރައިޓްސް ކޮމިޝަނުން މިމައްސަލަ ބަލަންޖެހޭ

  4
  1
 6. މޮހަނު

  މީ ހާދަ ރަގަޅު ސަރުކާރެކޭ ދޯ ކުށްކޮށްފަ އިޢުތިރާފްވާ ސަރުކާރެއް

 7. އަލި

  ފަނޑިޔާރުންނަށް ސާބަސް! ފުލުހުންނަކަށް ޤާނޫނެއްވެސް ނޭނގުނުދޯ. މިއަދު މީހަކުގެ ކަރަށް ވަޅިހަރާތަން ފުލުހަކަށް ފެނިގެން އެކަން ހުއްޓުވޭނެ ގޮތެއްވެސް ނެތް. ކޯޓު އަމުރު އޭގެ ކުރިޔަށް ހޯދަން ޖެހޭ. މޮޅު ޤާނޫނެއް.

 8. ސާބަސް

  މިއީދޯ ޢަދުލްވެރި ސަރުކާރުކަންތައް ކުރާގޮތަކީ .. ޖަލުތަކުގައި ވައްކަމުގެ ތުހުމަތުތަކާއި އެހެނިއެހެން ކުށްތަކުގައި ހައްޔަރުކޮށްފައި ތިބިމީހުންވެސް ހަމަތިގޮތަށް އެމީހުންގެ މައްސަލަތައް އޮއްބާލާ ދޫކޮށްލަން ހަރުއަޑުން ގޮވާލަން...... ވަކިމީހަކާބެހޭގޮތުން ހިނގާތަހުޤީޤަކަށް ވަކިގޮތަކަށް ހެކިބަސްދިނުމަށް ބޭނުންވާތީ ކުރިބޮޑެތިކުށްތައް ނުކުރާކަންކަމަށްވެ، އަދި ބޮޑުހިޔާނަތްތެރިއެއްގެ ކިބައިން މަޢަފްލިބުމަކީ ޢަދުލްއިންސާފުބާ