ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށު ފާމަސީން ޕެނެޑޯލް ގުޅައެއްހާ މިންވަރު ނުލިބޭ ޕީޕީއެމްގެ މަޖިލީސް މެމްބަރުން ތިއްބަވައިގެން ފޮށިފޮށީގައި ބަންދުކުރައްވައިގެން ރާއްޖޭގެ ރައްޔިތުންނަށް ޕެނެޑޯލް ބައްސަވަމުން ދިޔަތަން ފެނުނު ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާ ފައިވާ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެންދިޔައީ އާސަންދައިގެ ބަޖެޓުން ސަދަޤާތު ފައުންޑޭޝަންގެ ޚިތާނީ ކޭމްޕަޝާއި ރަސްފަންނުގެ ދުވާޓްރެކް ހެދުމަށް ބޭނުން ކުރިތަން ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ރަށްރަށުގައި ހުންނަ ފާމަސީތަކުން ޕެނެޑޯލް ގުޅައެއް ނުލިބޭ ވަރަށް ކަންތައް ދިޔަ, ދެން ފެނުނީ މަހާރެހެނދީގެ ސޮދަޤާތު ފައުންޑޭޝަނުން ފޮށިފޮށީގައި ބަންދުކުރައްވައިގެން ރާއްޖޭގެ ރައްޔިތުންނަށް ޕެނެޑޯލް ބައްސަވަމުން ދިޔަތަން" ވައްޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ނުގަވާއިދުން ފައިސާ ހޭދަކޮށް ވަރަށް ބޮޑެތި ޖަރީމާތައް އާސަންދައިގެ ފައިސާއިން ވަރަށްބޮޑެތި އިސްރާފުތައް ކޮށް ވަރަށް ބޮޑެތި ވައްކަންތައް ކުރި ކަމަށް ވައްޑޭ ތުހުމަތު ކުރެއްވިއެވެ.

ވަހީދު ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ފަސްސަރަހައްދެއްގައި
ސިއްޚި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މާލެއަށް ބޭސްފަރުވާއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށްޓަކައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް އިއުލާނު ކޮށްފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ލައްކަވާހަކަ

  ވައްޑޭ ސައިޒް އޮޅިގެން ނޫލޭ ދޮންކަލޯ، ކަލޭތީ 24 ގަޑިއިރު ހަމައިން ނެއްޓިފަ ހުންނަ މީހެއް، ކުކުޅަށްވުރެ ބިސް ދޮށިވެގެން ނޫޅުމަށް ހަނދާންކޮށްދެއް، ކަލޭ ކޮށްފަހުރި ކަންތައް ތައް ފަޅާ އަރާފާނެ، މީ ލައްކަވާހަކަ، 18 ދަށުގެ ކުދިން؟؟ ފިރިހެން އަންހެން،؟؟ ކަލޭގެ މުށުތެރޭގަ ވިކަން ހަނދާން ކުރަންޖެހޭ، މޮޔަނުގޮވާ،،،،،،،،،،،،

  26
  5
 2. ސަލާ

  މިކަލޭެ ހަމަ ރަގަޅަށް މޮޔަވެއްޖެ!

  22
  5
 3. މާނާ

  ކަލެއަކަށް ނޭންގޭނެ އެކައްޗެއް ވެސް ބޭކާރު ވާހަކަ ނުދައްކާ ހުރޭ ތީ ދާއިރާ މީހެއްވެސް ނޫނެއްނު..

  10
  1
 4. ނާޞިރު

  ކަލޯ ގައްޑާޔަ! ރައީސް ޔާމީން ވެރިކަން ފެށިއިރު ޞިއްޙިނިޒާމު އޮތް ޙާލަތާއަޅާބަލާއިރު ރައީސް ޔާމީންގެ ދައުރު ނިމުނުއިރު ޞިއްޙީނިޒާމު އޮތީ އެތަކެއް ހާސް ދަރަޖަ ކުރީގަ! ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔައިންވެސް އެކަންވަނީ އިޢުލާނުކޮށްފަ! މިކަން ކަލެޔަށްވެސް އެގޭނެ! މިއަދު އަނެއްކާ ކުރީގެ ބަލިއެނދަށް ޞިއްޙީނިޒާމު ވެއްޓެމުންދާތަން ފެންނަން ފެށީމާ ތިޔަ ކިޔަނީ ކަރަންފުލޭތަ؟

  17
 5. ކުޑައިއްސޭމަނިކު

  ފައިނުގެ 400 މީހުންގެ އާބާދީއަށް ރައީސް ޔާމިންގެ ސަރުކާރުން ގެންނަން އުޅުނު ތަރައްޤީ (އެއަރޕޯޓް) ހުއްޓުވައި ފައިނު ރައްޔުތުންނަށް އެންމެ ބޮޑު ގެއްލުންދޭން މަސައްކަތް ކުރި މީހަކީ ތިޔަ ވައްޑޭއެވެ. މާވަރުގަދަ ސިޔާސީ ލީޑަރަކަށްވެގެން ފައިނަށްދިން ގެއްލުމުގެ ޒިންމާ ކަލޯ ނަގަންޖެހޭނެއެވެ. ދަކަނދާފަލަކާ ހެދި އެއޮތްބޮޑު މަޝްރޫޢަށް ހުރަސް އެޅުމުގެ ސަބަބުން އެގެއްލުނީ ކިތައް ޒުވާނުންގެ ވަޒީފާހެއްޔެވެ. ރަށުގެ ޢުމުރާނީ ތަރައްޤީ މުޅިން ފުނޑުފުނޑުވެގެން ދިޔައީނޫންހެއްޔެވެ؟ އަދިވެސް ކަލޯ މަޖިލީހުގައި މޮޅު ވާހަކަ ދައްކާށެވެ.

  11
 6. ވަހީދު

  އެމްޑީޕީ އަށް ނިސްބަތް ވާކޮންމެ ބަޔަކީ ސައުވީސްގަޑީގައި ހަމައިންނެއްޓިތިބެ ތިޔަކަހަލަ ފިތުނަ ފަސާދައާ ނޭއްގާނީ ވާހަކައާ ދޮގަ އިލްޒާމުން ރައޔިތުންނަށް ފޮނިހުވަފެންދައްކާބައެއް. ކޮންމެ ކަމެއްވެސް ފޭރިގަންނަންވީމާ ކޮންމެ ފަދަ ވާހަކަ އެއްވެސް ދައްކާފާނެ ކަން މިދިވެހިރާއްޖޭގެ ރައްޔިތުންނަށް މިހާރު އެނގޭނެ. ނަހަލާލް ސަރުކާރުން ދެއްކޭނީ ހުސް ނަހަލާލް ވާހަކަ.ވާއެއްކަމެއްވެސް ޙަރާމުން ޙަރާމް. ބަޔަކު ދައުލަތަށް ހޯދާފައި ހުންނަފައިސާކޮޅު ނަގައިގެން ތިމާމެންގެ ދެއްކުންތެރިކަމަށް ނިކަންކަންތައް ކޮށްލާނެ. ނިކަން ދައުލަތަށް ފައިސާ ހޯދޭނެ ގޮތްތަކެއްރާވައިގެން ޔާމީން ދިވެހިރާއްޖޭގެ ކޮންމެ ބޮލަކަށް ޖެހޭ ޢަދަދު މަތިކުރިވަރަށް ނުވަތަ އެއަށް ވުރެ ގިނައިން މަތިކުރުމަށް މަސައްކަތް ކޮށްބަލަ. ނިކުޅެދުން ތެރިކަން ތިބޭމީހުންނަށާ މުސްކުޅީންނަށް އަދި އެކަނިވެރި މައިންނަށް ވެސް ލާރި ކޮޅެއް އިތުރަށް ދޭންވީމާ ހެދީ ދެކޮޅު. އެފައިސާއަކީ ވެސް މިމީހުން ހޯދައިގެން ދޭންންޖެހުނު ފައިސާ އެއްނަމަ ނުލިބޭނެ.ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށް ހޯދާ ފައސާ ބަހަން ނިކަން ފޯރިހުންނާނެ. އެމްޑީޕީ ގެ ދޮގު ސަރުކާރު . .ތިމާމެންގެ އަމިއްލަ ޙިކުމަތް ތެރިކަމާ ރޭވުން ތެރިކަމުން ބައިތުލް މާލަށް ފައިސާ ހޯދައިގެން ނިކަން ތިޔަގޮތަށް ދޭން ޖެހޭ ފަރާތްތަކަށް ލާރިކޮޅެއްދެވޭތޯ ބަލާލަބަލަ.ފިނިފެންމަލުގެ ދާނުގައި ތިބެގެން ވެރިކަން ނުކުރެވޭނެ.އެއްރަށަށްއަރައި އަނެއްރަށަށް އަރައި ހަނީމޫން ހަދަމުން ދިޔުމަކުން ރައްޔިތުންނަށް ކޮށްދެވޭނެކަމެއްނޯންނާނެ.ކަންކުރަން ނޭގުނީމާ ކުރީސަރުކާރުކުރީސަރުކާރު .ތިޔަ ހާސަރަކީ ދެއްކޭނެ ހާސަރެއްނޫން.ތިކަން އެނގިހުރެއެއްނު ސަރުކާރާ ޙަވާލުވީ.

 7. ރައްޔިތުމީހާ

  މީނަ މަޖިލީހައް ހޮވިމީހުން މިކަމުގެ ޒިންމާ އުފުލަންޖެހޭ. ދޮގުހެދުމާ ތަންތަން ފަސާދަކުރުންނޫންކަމެއް ކުރެވޭބާ މިސޮރަށް. ހަމަރަގަޅަށްވެސް ބޮލުރޮދި ކެނޑިފަ.

  10
 8. ބިންގޯ

  ފަސް އަހަރު ވަންދެން ކުރީ ގެ ވާހަކަބާ ދައްކާނީ. ވަރަށް ސަޅި.

 9. ސަމާ

  ޕީ ޕީ އެމް މީހުން އެހެންވެސް ބަހައިފިއެއްނު؟ ސައުވީސް ގަޑީގައި ހަމަހޭގައި ނުތިބޭބަޔަކަށް އެއްކަމެއްވެސް ނުވާތީއެއްނު ރައްޔިތުން ކަންބޮޑު ވެގެން މިއުޅެނީ.

  10
 10. Anonymous

  ހަޖަމުކުރޭ

 11. ދޮގެއް؟

  ތީ ދިވެހި ރައްޔިތުންް ދެނަހުރި ވާހަކައެއް ނޫން. ދޫނި ރާއްޖޭ ލާދީނީންް އުޅުނު ގޮތަކަށް ވެދާނެ.

 12. ދދދދދދ

  ހުވާ! ހާދަ ހެޔޮ ސަރުކާރެކޭ އެހެންވީމަ އެއީ. ޕެނަޑޯލްވެސް ފޮށިފޮށިން ބަހާލީ. މިހާރު ޕެނަޑޯލް ގުޅައެއް ގަންނަންވެސް ނުލިބި އެބަދޭ.

 13. އިޔޯ

  ކިހާސަޅި ބަލިމީހާ ދަމާގާޑިޔާގަޑެށްގައިި މަރުކަޒައް މިޔެއްނު ސަޅިކަމަކީ