މާލެ ސަރަހައްދުގައި ޓްކްސީ ދަތުރަކުގެ އަގުތައް ހެޔޮކުރި ނަމަވެސް ބޮޑު އަގުގައި ދަތުރު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، އެ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި ޓެކްސީ ދުއްވާ ފަރާތްތަކުން މިއޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ނަގައިގެން ދަތުރުކުރަމުންދާކަމުގެ ޝަކުވާ ގިނަ އަދަދަކަށް ލިބެމުން އަންނަ ކަަމަށެވެ.

އަދި އެ އޮތޯރިޓީން ފަހުން ހަމަޖެއްސި އަގަށް ޓެކްސީ ދުއްވާ ފަރާތްތަކުން މާލޭ ސަރަޙައްދުގެ ދަތުރުތައް ކޮށްދިނުން އެދޭ ކަމަށް އެ އިއުލާނުގައި ވެއެވެ.

"މިއާޚިލާފަށް ބޮޑު އަގު ނަގާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން -/750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ". އެ އިއުލާނުގައި ވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، މިކަމާއި ގުޅޭ ޝަކުވާ ހުށަހެޅުއްވުމަށް ފުލުހުންގެ ވައިބަރ ނަންބަރު 9926091 އަދި ވަޓްސްއަޕް ނަންބަރު 9888999 އަށް އުޅަނދުގެ މަޢުލޫމާތު ދަތުރުގެ ތަފްޞީލާއި އެކެ އަދި ފަސިންޖަރުގެ މަޢުލޫމާތު ނަން، އެޑްރެސް، އައިޑީކާޑް ނަންބަރ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

އަދި މިގަވާއިދު ތަންފީޛު ކުރުމަށްޓަކައި ދަތުރު ކުރައްވާ ފަސިންޖަރުންގެ އެއްބާރުލެއްވުން ދެއްވުމަކީ މިއޮތޯރިޓީގެ ވަރަށްބޮޑު އެދުމެއް ކަަމަށް އެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދިވެހިން

  ފުރަތަމަ ފހަރު ޖޫރުމަނާކުރުމާއެކު ޓެކްސީ ހުއްދަވެސް ވަކިމުއްދަތަކަށް ހިފަހައްޓަންފެނޭ. ދެވަނަ އެ2ަށްވުރެ ދިގު މުއްދަތަކަށް ތިންވަނަ ބާޠިލުކުރުން.

  4
  3
 2. ނަމަ

  ޓެކްސީ އަށް އެރުން ހުއްޓާލަމާ ބަހީ އެންމެން =/10 އަށް ދަތުރެއް ކޮއްދޭނަމޭ ކިޔާ އާދޭސް ކުރީމަ ދަތުރު ކުރަން

  4
  1
 3. ނަމަ

  ކާކުބާ ބުނާނީ ބޮޑު އަގުދީފަ