ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހިޖާމާގެ ފަރުވާ ދެމުން އަންނަ "ފަޒީސް ހިޖާމާ ތެރަޕީ" ކްލިނިކް އަޟްހާ އީދާ ދިމާކޮށް ބަންދުވާނެ ކަމަށް އެކްލިނިކުން ބުނެފިއެވެ.

ކޮއިމަލާ ހިނގުމުގައި ހުންނަ އެ ކްލިނިކް އީދާއި ދިމާކޮށް ބަންދުވި ނަމަވެސް، ހިޖާމަ ޖެހުމުގެ ހިދުމަތް ލިބިގެން ދާނެ ކަމަށް ފަޒީ ބުންޏެެވެ.

ފަޒީ ބުނީ، މާދަމާ އިން ފެށިގެން ކްލިނިކް ބަންދު ވަނީ ހައްޖު ދުވަހާއި، އީދު ޗުއްޓީ އާއި ގުޅިގެން އޭނާ ފުރާތީ ކަމަށެވެ. އެހެން ނަމަވެސް މާދަމާ ހިޖާމަ ޖަހަން ބޭނުންވާ ފަރާތްތަކަށް ހިޖާމަ ޖެހުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ފަޒީ ބުންޏެވެ.

އަދި މާދަމާ ހިޖާމަ ޖަހައިދޭނީ އޭނާގެ ކޮއްކޮ ކަމަށާއި، ކޮއްކޮ އަކީ އިނގިރޭސިވިލާތުގެ ސެޓިފައިޑް ތެރަޕިސްޓެއްކަމަށް ފަޒީ ބުންޏެވެ.

އީދު ޗުއްޓީއަށްފަހު އެ ކްލިނިކް ދެން ހުޅުވިގެން ދާނީ އޮގަސްޓް 15 ވަނަ ދުވަހު ކަމަށް ފަޒީ ބުންޏެވެ.

ފަޒީއަކީ ހުރިހާ ބައްޔަކަށް ހިޖާމަ ޖަހަމުން އަންނަ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.