ރާއްޖޭގައި އެންމެ ފުޅާކޮށް ހިޖާމާ ކްލިނިކެއް ހިންގަމުން ދިޔަ ފަޒީލާ އުސްމާން (ފަޒީ) އަނެއްކާވެސް ހިޖާމާގެ ހިދުމަތް ދޭން ފަށައިފި އެވެ.

ހަކުރު ބައްޔަށް ޖަހަމުން އަންނަ އިންސޫލިންގެ ބަދަލުގައި ހިޖާމާ ޖެހުމުން ހަކުރު ބަލިން ރަނގަޅުވާނެ ކަމަށް ބުނި މައްސަލަ ބޮޑުވެ ހެލްތު މިނިސްޓްރީން ފަޒީ ހިޖާމާ ޖެހުން ހުއްޓުވީ މިިދިޔަ މޭ މަހު އެވެ.

އޭގެ ފަހުން ހެލްތު މިނިސްޓްރީން ބުނީ ފަޒީ ހިޖާމާ ކްލިނިކް ހިންގަމުން ދިޔައީ ހެލްތް މިނިސްޓްރީގެ ހުއްދަ ނެތި ކަމަށާއި ހުއްދަ ނެތިރާއްޖޭގައި ހިޖާމަ ކްލިނިކް ނުހިންގޭނެ ކަަމަށެވެ.

ނަމަވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފަޒީ ވަނީ އަނެއްކާވެސް ހިޖާމާ ޖަހަން ފަށައި އޭނާގެ ފޭސްބުކް ޕޭޖުގައި އިޝްތިހާރުވެސް ކުރަން ފަށައިފަ އެވެ.

ފަޒީ ބުނީ ހިޖާމާ ޖަހަން ވަކި ހާއްސަ ހުއްދައެއް ހެލްތު މިނިސްޓްރީން އަދިވެސް ނުދޭ ކަމަށެވެ.

ހިޖާމާއަކީ ސިއްހީ ފަރުވާއެއް ނޫން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށާއި އަދި ސިއްހީ ފަރުވާއަކަށް ނުވާތީ މީރާއަށް ޓެކްސްވެސް ދައްކަން ޖެހޭ ކަމަށް ފަޒީ ބުނެއެވެ.

ފަޒީ ހިޖާމާ ޖެހުން ހެލްތު މިނިސްޓްރީން ހުއްޓުވައި ބުނީ ހިޖާމާ ޖަހަން އެއްވެސް ބަޔަކަށް މީގެ ކުރިން ހުއްދަ ދީފައިނުވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިހާރުވެސް ގިނަ ބަޔަކު ދަނީ ހިޖާމާ ޖަހައިދިނުމުގެ ހިދުމަތް ދެމުން ނެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހިޖާމާގެ ފަރުވާ ދެމުން އަންނަ އެއް ތަނެވެ. 2019 ވަނަ އަހަރު ވެސް ހެލްތް މިނިސްޓްރީން ވަނީ އެ ތަން ބަންދު ކުރުމަށް އަންގާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ބަލާއެއް ކަހަލަ އަންހެން ގޮލައެއްނު..

    22
    5
  2. ކިސަޑު

    ހިޖާމާ ހުއްދަނުވޭ ލިވާތު ހުއްދަޔޯ ރިހާކުރުފުޅި ވަގައްނެގީމާ 3އަހަރު ޖޯކު އަދާލަތު

    19
    9
    • Anonymous

      ރިހާކުރު ފުޅި ވަގަށް ނެގީމަ އަތް ނުކަނޑާ 3 އަހަރު ޖަލަށް!!

  3. ހިޖާމާ ޖެހުން މަނާ ނުކުރެވޭނެ…އެކަމަކު އެކަންވެސް ކުރަންވާނީ އެކަން ކުރަން ރަނގަޅަށް ދަންނަ ބަޔަކު…ފަޒީ އަކީ އެކަން ކުރެވިދާނެ ފަދަ މީހެއް ކަމަށް ގަބޫލު ކުރެވޭ..ﷲ ވަނީ އާންމުކޮށް ހިޖާމާ ޖެހުމުގެ ހުއްދަ ދެއްވާފަ…ދެން އެކަން އާންމުކޮށް މަނާ ކުރުމަކީ ކިހާ ވަރެއްގެ ކަމެއްތޯ ދީނީ އިލްމުވެރިން ބުނެދެއްވާ