ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ދިވެހި ރުފިޔާ) ޖަމާކުރި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ރައީސް ޞާލިހްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ އަންގާރަ ދުވަހުއެވެ. އެމައްސަލަ އޭސީސީއަށް ބަލައިގެންފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް "ވަގުތު" އަށް ވަނީ ލިބިފައެވެ.
މައްސަލަ ހުށަހެޅި ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އިބްރާހިމް މުހައްމަދު ޞާލިހް ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމުގެ ލިޔުންތަކެއް ލިބިފައި ވާތީ އެމައްސަލަ އޭސީސީއަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
"އިބްރާހިމް މުހައްމަދު ޞާލިހް ނަމަކަށް ކިޔާ މީހެއްގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމުގެ ލިޔުންތަކެއް ލިބިފައި ވާތީ އެލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، އެކަމާއި ގުޅިގެން އިތުރަށް ތަޙްޤީޤެއް ކުރަން ޖެހޭނަމަ އެކަން ކޮށްްދިނުން އެދި އޭސީސީ އަށް ވާނީ މައްސަލައެއް ހުށަހަޅާފައި." މައްސަލަ ހުށަހެޅި ފަރާތުން ބުންޏެވެ.
ރައީސް ޞާލިހްގެ ބޭންކް އެކައުންޓަށް 72 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައި ވާއިރު ރައީސް ޞާލިހާއި އެމަނިކުފާނުގެ ކޮއްކޮ ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޔާޒްގެ އެކައުންޓަށް ރިޔާސީ އިންތިޚާބުގެ ދުވަސް ވަރު ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ކަމަށް ވެސް އަޑުފެތުރުނެވެ. އެފައިސާ ޖަމާކުރީ މެލޭޝިއާގެ ބޭންކެއްގައި ދެބޭފުޅުން ހުޅުވާފައިވާ އެކައުންޓްތަކަކަށް ކަމަށް އޭރު ބައެއް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ރާއްޖެ އިން ބޭރުގެ ޖާސޫސީ އިދާރާ އަކުން އިދިކޮޅު އެމްޑީޕީ އަށް 376 މިލިއަން އެމެރިކާ ޑޮލަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދިން ކަމަށް ވެސް އެދުވަސްވަރު އަޑުފެތުރުނެވެ.
ކޮބާ ހީވޭލަމެއްހެން ޒީރޯޓޮލަރެންސްގެ ބައެއްބާތީވެސް
ކަންކަން ރަނގަޅަށް ނުބާލާ ކޮމެންޓު ނުކުރުން އެދެން. އަނެއްކާ ޒީރޯމެން ކުރިކަމެއްތަ މިއީ. ވަރަށް ޝައްކު
ރ ޔާމީން އެކައުންޓައް 15 މިލިއަން ރުފިޔާ..5 އަހަރު ދުވަހުން..
ޜ އިބޫ ސޯލިހު އެކައުންޓައް 77 މިލިއަން ރުފިޔާ 8 މަސްދުވަހުން..
ތިހެން ބުނުމަކުން ޔާމީނު ރަނގަޅު ނުވާނެ.
ތިހެން ބުނުމަކުން އިބޫ ހުދު ފޮތިކޮޅަކަށްވެސް ނުވާނެ. ޒީރޯ ޓޮލެރެންސޭ ކިޔައިގެން ހަޅޭލަވާތީ މިވާހަކަ މި ދައްކަންޖެހެނީ.
ތިހެންބުނީމަ އިބްރާހިމް މުޙައްމަދު ސޯލިހު ރަނގަޅުވީތަ
އަދިވެސް ރަނގަޅު ނުވަނީ ކާކުތޯ ބަލަން ކަލޭ ހުރޭ!
އާނ ދޯ. ސާލިހް ވަރުގެ ރަނގަޅު މީހެއް ނެތީމަ 77 އެ ޖަމާވީ. ސަޅި
ތިޕާތީގަ ތިބޭނީ ހުސް ވަގުން (މޑޕ)ގަ
ސޯލިހުގެ ނަން ނުސޯލިހު އަށް ބަދަލުވީ
އެއީ ވަގު ސާލިހެކޭ. ދެން އެހެންނޫނަސް އެ މައްްސަލަ ބަލާނީ އަހަރުމެން ވެރިކަމާ ހަވާލުވެފަ. އަނގަވެސް ހުޅުވާލަން ކެރޭތޯ ބަލާތި. ހުންނާނީ ހަނު. ނުކެރޭނެ ތެދުވެލަންވެސް. މީހަކާ ދިމާއަށް ބަލާލަންވެސް.
މީ ދޯ ޒީރޯ ޓޮލަރެންސްއަކީ. މިލިއަނަށް އަންނަ ސުން ތަކަށްދޯ ޓޮލަރެންސް މިކިޔަނީ. އަދި ކިރިޔާ ގެޓު މިވީ. އިތުރުވާ ވަރަކަށް އެއަށް ޓޮލަރެންޓް ދޯ. ސަޅި. ދެން ވަގަށް ގޮވާފައި ހަމަ މިކުރަނީ އެކަންތައްދޯ. ދެން ކުރިންވެސް ވަގަށް ގެސްޓުން ގެންގޮސް ރަށެއްގައި ހޮޓާހަދައިގެން އުޅެނިކޮށް މީހަކަށް ހުކުބްކޮށް އަރުވާވެސްލިދޯ ވަގަށް ރާވިއްކާ ހޮޓާ ހިންގީމަ ފަޅުރަށެއްގައި. ދިވެހިން ފަހެ ހޭލާނީ ކޮންދުވަހަކުންތަ.
މޑޕ ރަތްލާޖެހި ބޮޑެތި އެހާމެ ނުރައްކާތެރި
ވަގުންގެ ހިފާހައްޔަރުކުރުމަށް ދިވެހިރައްޔިތުންނަށް ގޮވާލަމެވެ.
މުޒާހަރާ ޖައްސަންވީ ވަގުތު ޖެހުނީ.
ތިޔަ މައްސަލަ ޘާބިތުވާނެބާ ޒީރޯ ޓޮލަރެންސް ގެ ދަށުން. ތިމައްސަލަ ވެއްދި ބޭފުޅާއަށް އައްސަރި ބަހުން ސާބަސް ދަންނަވަން .ތިތިބީ ދިވެހި ގައުމު ދެކެ ލޯބިވާ ދަރިންނަކީ. ތާހިރުވެއްޖެނު
ޖަޒީރާ ރާއްޖެ. ބަދަލު ހިފަން ހަދައިގެން އިތުރަށް ބޭޒާރުވުން ނޫން ކަމެއް އަލެފަހެ އެބަވޭބާ؟
ޚަބަރުގެ ސުރީޚީގަ އޮއް އެއްޗަކާ ޚަބަރުގަ އޮއް އެއްޗަކާދިމާނުވޭ މީތިކަޑައޭ
އިބޫ އަށް ފިލާ ވަޅެއް
މިފަހަރު ވާނެ ވަގުން ނިކަން ރަނގަޅަށް ހިފަން. ބޮޑު ވަގު. އަނިޔާވެރި ބޮޑުވަގު. ބައިތުލްމާލަށް އަނިޔާދިން ބޮޑުވަގު. 6 މަސްނުވޭ ބައިތުލްމާލު ދޮވެލަން.
ކޮބާތަ ތިބުނާ ލިޔުމުގެ ކޮޮޕީ، އޮތް ނަމަ މިއަށް ލާނެކަން ޔަގީން، ހުސް ފޭކު ވާހަކަ،
މައްސަލަ ފަޅައަރުވާލީ އަދީބް
ޒީރޯޓޮރޮލޮންސްގެ ދަށުން މިދަނީ ގައުމު ކުރިޔަށް މުހަންމަދު ނަޝީދު ކިޔާ މީހެއްގެ މިލްކިއްޔާތުގައި 5 މިލިޔަން ހުރިކަމައް އެއޮތީ ބަޔާން ކޮއްފައި ވީމާ ތިޔަ އިބްރާހިމް މުހަންމަދު ސޯލިހު ކިޔާމީހެއްގއ އުކައުންޓައް ތިޔަހާ ފައިސާ ޖަމާވީމަ ކޮބާ މަސް އަލަޔަކީ ގާނޫނަކުނެތް އިބުރާހިމް މުހަންމަދު ސޯލިހު ކިޔާމީހެއްގެ އެކައުންޓައް ފައިސާ ޖަމާ ކޮއްގެން ނުވާނޭ ދެން ބޭބެމެން ކޮންމސްއަލަޔެއް މީމިނިވަން ގައުމެކޭ ބޭބެމެން އުޅެބޮޑުވީ އަޅުވެތިކަމުގައޭ މަމއން މިތިބީ ކިރުދޫނި ތަކެއްހެން މިނިވަން ކަމާއެކު ޖިޒީދައްކާލަ ދައްކާލަޔޭ އަނެއްކާ ލިބޭއާމްދަނީންވެސް ޖިޒީދައްކަން ތައްޔާރޭ ތަމެން ކިޔާއެއްޗެއް ދުކޮޅޮ ޖެއްސޭހޭ ވެދުމޭ
ޒީރޯޓޮރޮލޮންސްގެ ދަށުން މިދަނީ ގައުމު ކުރިޔަށް މުހަންމަދު ނަޝީދު ކިޔާ މީހެއްގެ މިލްކިއްޔާތުގައި 5 މިލިޔަން ހުރިކަމައް އެއޮތީ ބަޔާން ކޮއްފައި ވީމާ ތިޔަ އިބްރާހިމް މުހަންމަދު ސޯލިހު ކިޔާމީހެއްގއ އުކައުންޓައް ތިޔަހާ ފައިސާ ޖަމާވީމަ ކޮބާ މަސް އަލަޔަކީ ގާނޫނަކުނެތް އިބުރާހިމް މުހަންމަދު ސޯލިހު ކިޔާމީހެއްގެ އެކައުންޓައް ފައިސާ ޖަމާ ކޮއްގެން ނުވާނޭ ދެން ބޭބެމެން ކޮންމސްއަލަޔެއް މީމިނިވަން ގައުމެކޭ ބޭބެމެން އުޅެބޮޑުވީ އަޅުވެތިކަމުގައޭ މަމއން މިތިބީ ކިރުދޫނި ތަކެއްހެން މިނިވަން ކަމާއެކު ޖިޒީދައްކާލަ ދައްކާލަޔޭ އަނެއްކާ ލިބޭއާމްދަނީންވެސް ޖިޒީދައްކަން ތައްޔާރޭ ތަމެން ކިޔާއެއްޗެއް ދުކޮޅޮ ޖެއްސޭހޭ ވެދުމޭ ސަލާމޭ ސަމާލޭ ކުދިންނޭ ހޭއަރާށޭ ގައުމޭ ފަހުރޭ ޖަޒީރާޔޭ
އެމްޑީޕީ އިން ގުނބޯ ހެއްދީ އަދި ހައްދަމުން ދަނީ ދިވެހި ރައްޔިތުން.
އިންޑިޔާގެ ޖާސޫސީ އިދާރާމެދުވެރިކޮށް އިލެކްޝަން ގަނެފަ ޔޫރަޕުން ގެ ގަނެދީ ކަންތައްކުރުވިކަމީ ޔަގޫންކަމެއް! ވޯޓްކަރުދާސް ޑިޒައިންކޮށް ދެލިފޮހެވޭގޮތް ހެދީވެސް އިންޑިޔާއިން އެމެރިކާގެ މަދަދާއެކު.
ހިބަރުވަދުގަ މިފަހަރު ބާނާލާނީ ، ލާހިކެއްނޫން ބުޅިކަނޑާލާފަ ސަލާމަތްވާކަށް
މަށަކީ މޑޕ ސަޕޯޓަރެށް، އެކަމަކު މޑޕ ވެރިޔަކު ނުބައި ކަމެށް ކޮށްފިއާ އަދަބު ލިބެންވާނެ ކަމަށް ގަބޫލް ކުރަން. ޢެ ހެޔޮ އިބޫ، އަންނި އަކަސް. ތިބޭފުޅުންވެސް ޔާމީން، ނިހާން މެން....ނުބައި ކަމެށް ކޮށްފަ އޮވެށްޖެޔާ ފިޔަވަޅު އަޅަން ތާއީދު ކުރޭ. ޕޮލިޓީށަންސް ގެ އަޅުންނަށް ވުން ހުށްޓާލަމާ!
ތިއަށްވުރެ ބޮޑު ދޮގެއް ހެދިޔަސް ކީއްވާނީ!
އިންތިޚާބުގައި ހޭދަކުރިހާ ފައިސާ އާއި، މޑޕ ން އެ ފައިސާ ހޯދި ގޮތެއްވެސް ބަލަންޖެހޭނެ.
ޞޯލިހު ކިޔާމީހުން ނުކުރާނެ ގޯސްކަމެއް. އަދި މުޙައްމަދު ނަޝީދު ނުކުރާނެ ގޯސްކަމެއް. އެއީ ހެޔޮ ޝަރީކުކުރިޔަސް. އެމްޑީޕީ ޖާހިލުންނަށް އެވަރުގެ ކަމެއް ނެތް. ޔާމީން ބާރަށް ޝަހާދަތްކިޔާލިޔަސް ކަންތަފަށް އުދަނގޫވެގެން ހަޅޭލަވާނެ
ތިފައިސާއަކީ އިގްތިޞާދީ ސަރަހައްދުގެ ބޭރުން ވަދެފައިވާ ފައިސާޢެއް ..ރާޢްޖޭގެ ގާނޫނެއް ތިކަމަކަށް ނުހިގާނެ. ވ.ސަލާމް
އޭކީ ދައުލަތުގެ ފައިސާތޯ؟
ޔާގުންޑާާ ބަނޑު އަޅާާލީ ދައުލަތުގެ ފައިސާ ލޫޓުވާލީ ރަށްޔިތުންގެ ޙަޒާނާ
ދައުލަތުގެ ބަޖެޓަށް ކަނޑައެޅި 36 މިލިއަންކ ައްޅާ ކޮށްލާފަ އެހެރަ ފެންނަނީ އެއީ ކަލޭގެ އެއްޗެއްތަ؟ ޔާމީންގެ އެކައުންޓަށް ދައުލަތުގެ ފައިސާއެއް ކަން ބުނެނުދެވުނު އެއްވެސް ބަޔަކަށް. ދެން ހަމަ އަސަރުކުރާތީ ތިހެން ކިޔަނީ. ކަލޒެގެ ނަންނާމެންނަކީ ވަގުން. ބާޣީން. ޓެރަރިސްޓުން. ހުކުމް ކޮށް ތަންފީޒުވެސް ކޮށްފަ އޮތީ. ދޮގެކޭ ނުބުނެވޭނެ
ދައުލަތުގެ ފައިސާއަކީ ކޯޗެއްކަން ގަމާރުންނަކަށް ނޭނގޭނެ. ތިއޮތީ ބުޅާ ގޯނިން ބޭރުވެފަ ދެން އަތްޖަހާ. މިފަހަރު އިބޫ ޖަލަށް ގަންނަވާލާނަން.
ކިތަންމެ ގޭހެއް އެނބުރިޔަސް ޔާމީނާ އޭނާގެ އަޢުވާނުން ހިންގި ޖަރީމާތަކަށް ޖަލަށްދާންޖެހޭނެ މިފަހަރު.
މިފަހަރު ތިން އަހަރުވެސް ހަމަވިޔަ ނުދޭނަން. ވެއްޓެނީ ވެއްޓެނީ
ގޭހެއް ކިޔާނެ ކަމެއް ނެތް. ޖަލުގޮޅި ތައްޔާރުވަމުން ދަނީ. ހަޖަމު ކޮށްލާ.ނޫނީ މޮޔަވޭ.
ސަލިހެއް،ކާސިމެއް ،ގާސިމެއް ކިޔާނެކަމެއްނެތް ދިވެހިރަޢިއްޔަތުންނަށް ލަބައެއް މަންފާއެއް ހޯދަދީ ރަޢިއްޔަތުން ތަރައްގީކޮށްދޭންބޭނުންވެގެން ވެރިކަމަށް އަންނަ އެކަކުވެސް ނެތް އަމިއްލަ އެދުމާއި އަމިއްލަ އަމިއްލަ މަސްލަހަތާއި އަމިއްލަ ފައިދާއަށް މަސައްކަތްކޮށް ތިމާގެ ނުވަތަ ތިމަމެންގެ ޖާހު ބޮޑުކުރުމުގެ ބޭނުމުގައި ވެރިކަމަށް އަންނަން މަސައްކަތްކުރަނީ މަޖިސްމެމްބަރެއްވިއަސް މިނިސްޓަރެއްވިއަސް ރައިސެއްވިއަސް ހަމަ މިފަދަ ރާއްޖޭގެ ޤާނޫނުތައް ހަދާފަހުރީވެސް އަދި މިހާރުހަދަނީވެސް އެމިސްރާބަށް އެހެންވީމަ މަޖިލިސްމެމަބަރެއްވިއަސް ރައީސެއްވިއަސް މިނިސްޓަރެއްވިއަސް މަޤަމަށް އަންނަހިސަބުން އަތި ކުރިމަތިލާހިސާބުންވެސް އޭނާގެ އެކައުންޓުތައް ދިމަދިމާގައި ހުޅުވި ތަރައްޤީވަނީ މިހެންވެގެން މިފަދަ މީހުންގެ މާލީބަޔާންކޮންމެ އަހަރަކު 1 ފަހަރު ސަރުކާރަށް ހުށައަޅަންޖެހޭ ސުވަލަކީ ސައްޙަމާލީބަޔާނެއް ހުށައަޅަނީ ކިތައްމީހުންތޯ ބަލާލެވިފައި ނޯންނަކަން އެކަންކުރަނީ ޤާނޫނީ ޒިންމާއެއް އަދާކުރުމުގެ ބޭނުމުގައި 5 އަހަރު 10 އަހަރު މަޖިލިހުގެ މެމްބަރުކަން ކޮށްފައުހުންނަމީހާ އިތުރުދައުރެއް ފަށާއިރު ބޭންކުއެކައުންޓެއް ނެތްކަމަށް ޖެހުމުންވެސް ހަމަ އޯކޭ
ތިމީހުން ކުރިވައްކަންތަކުގެ އަދަދާއި ހިސާބު އަދަދުނުކުރެވޭހާގިނަ، ވެރިކަމައްގެންނަން ބޭރުގެ ފަރާއްތަކުން ކުރި މަސައްކައްތަކާ އަކައުންޓުތަކައްޖަމާކުރި ފައިސާއަދަދު ނުވާހާ ގިނަ، އަދީބުނެގިފައިސާކޮޅުވެސް ހޭދަކުރީ ހަމަ ތިމީހުންނައް ވެރިކަންހޯދަދޭންވެގެން، މޑޕ އަކީބޮޑުވަގުންހިމަނާފަ ހަދާފަ އޮތް ޕާޓީއެއް، މަޖާކަމަކީ މިހާވަރުވާއިރުވެސް މިބުނަނީ ވަގަކީ ޔާމީނޭ، ހީހީ ހަލާކު
މިރައިސް މިހާބޮޑަށް މާޔޫސްވެފައިހުންނެވިއިރު ކޮބާތޯ މިރައިސްގެ ފަހަތްޕުން ހިރަފުސްފޮޅުއްވާ ބާރަށްކުރިއަށްކުރިއަށްގެންދަވަ ރައިސްމައުމޫނާއި ޤަސިމް އިބުރާހިމްގެ އިތުރުން ކާނަލްނާޒިމާއި ޢަބުދުﷲ ރިޔާޒު އަދިވެސް އަވަހާރަފުޅުގައިދެއްތޯ؟
ނަޝީދުގެ ލާދީނީ އެތައް ވާހަކައެއް ހުށައަޅާނެ ފަރާތެއް ނެތީތޯ
އިބޫ އެކައުންޓަށް ތިޔަ ފައިސާއެއް ވަނިއްޔާ ނަސީދު އެކައުންޓަށްވެސް ހަމަ ތިޔަވަރަށް ނުވަތަ އެއަށްވުރެ ގިނައިން ވަދެފައި ހުންނާނެ. އެއީ އެއްތަށިން ކައި، އެއް ފާހާނާއަކުން ފެންވަރާ އުޅޭ ދެރަހުމަތްތެރިން.
ކޮސްނުގޮވާތިބެބަލަ ؟ ޖަމާކުރި ބޭންކް/ ސްލިޕް ކޮޕީއެއްވެސް ޖަހާލަދީ
ރައީސަށް ފުރިހަމަ އިތުބާރު. އިރާދަ ކުރެއްވިއްޔާ ހަމަ ބާރަށް ކުރިޔަށްދާނީ.
އަޅާނުލާ އެއް ކަމެއްވެސް ނުވާވެ.