އިންޓަރނެޓްގެ އަގުތައް، އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި ދާން ބޭނުންވާ، ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އުރީދޫގެ އީ-ކޮމާރސް ޕްލެޓްފޯމް "މޫލީ" އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސަރުކާރަށް ނުވަ މަސް ދުވަސް ވާން ކައިރިވެފައި ވާއިރު އިންޓަނެޓް އަގުހެޔޮ ކުރުމާއި ބެހޭ މަޝްވަރާ ބައްދަލުވުމެއް ބޭއްވުން ފިޔަވައި އިތުރު ކަމެއް ސަރުކާރުން ކުރިކަން އެނގިފައެއް ނުވެއެވެ.

ރައީސް ވިދާޅުވީ މިހާރަށް ވިސްނާނަމަ، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ، އޭގެ ޒާތުގައިވެސް އަސާސީ ޚިދުމަތެއް ކަމަށާއި އިންޓަނެޓަކީ އެއާ ނުލައި ދިރިނޫޅެވޭ ވަރަށް، ޒުވާނުންނާ ގުޅިފައިވާ އެއްޗެއް ކަމަށެވެ.

"އެހެންވީމާ، ޢާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ޙަޤީޤީ މަންފާއެއް ނުލިބޭނެ. އަޅުގަނޑުމެން މިއަދު ވިސްނަންވީ، ހަމައެކަނި ވިޔަފާރީގެ ފައިދާއަކަށް ނޫން. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން." ރައީސް ވިދާޅުވިއެވެ.

މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މާ ބޮޑު ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް، މުވާޞަލާތީ ކަންކަމަށްފަހު، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

"ޑިޖިޓަލް ޓެކްނޮލޮޖީއަށް ދިވެހިން ފަރިތަވެފައި ތިބި މިންވަރަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް، ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރުމަކީ، ޚިދުމަތްދޭ ފަރާތްތަކަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއް. އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓަކަށް ވާނެކަން ޔަޤީން." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އެކަމުގައި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށެވެ. "މިހާރުވެސް އެ ދައުރު އަދާކުރަމުން އެބަދޭ. އެހެން ނަމަވެސް، އެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް އަޅުގަނޑު ދެކެން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ސަޓޯ

  އެކައްޗެއްވެސް ކަލޭމެނަކައް ތިރިއެއް ނުކޮއްދެވޭނެ... މިހާތަނަކަށް ކޮއްދީފައެއްވެސް ނެތް ރައްޔިތުން ގުނބޯ ނުހައްދާ..

  33
  • އެކަތި

   ލައިގެން އުޅޭ ސޯޓު އުނަގަނޑަށްވުރެ ތިރި ކުރެވޭނެ.... ގިނަ މީހުންގެ ހަރުވެސް ނުލާކަމަށް ވަނީ...

   16
 2. އަން

  ދިވެހި ރައްޔިތުން ފެލައިލާގެން ޓެކްސްނަގާ އެރުފިޔާ އަމިއްލަމީހާގެ އެކައުންޓަށް ވައްދާގެން ނޫނީ ޖަޒީވަންތަ ޖަޒީރާ ރާއްޖެއަކަށް ނުދެވޭނެ.

  29
 3. ކެޔޮޅު

  މަސްވެރިންނައް ހަމައަގުދެވިއްޖެ ދަނޑުވެރިންގެ ޖީބުތައްފުރާލދީފި ޱެކްސީޑުރައިވަރުންގެ ހިތްތައް އުފަލުންމިހާރުފުރިއްޖެ ތެލެސީމިއާކުދިންނައް ހައްޤުވާމިންވަރުލިބިއްޖެ ދެންމިހާރު ފުދިއްޖެ އަވަހައް ކަލޭ ފައިބާ!!

  35
  • ޔޯ މާމާ ސޯ ފެޓް

   ބެޔަސް ނުބެޔަސް އެއީ ކާކު ގެ ވައުދެއް ތޯ؟ ??? މޮޅު ވާހަކަ ނުދައްކާ ބުރޯ

   18
  • އަބުދުﷲ

   މިކަހަލަ ތާކުން ތާކުނުޖެހޭ މީހުން ވެރިކަމައް ގެނެސްގެން ރަގަޅައްތިބިމީހުންވެސް ހަލާކު

   17
   • ޢަލީ

    ދަނޑުތައް ފުރާލައިފި، ހުރިހާ ދިވެހިންނަށް ޑިގްރީ ހާސިލުވެއްޖެ. ސްޓޫޑެންޓް ލޯން 1% އަށް ތިރިވެއްޖެ. އެންމެނަށް ލޯން ލިބި ނިމިއްޖެ. ރަށްރަށުގެ މީހުން ގެދެރޮހަދަން ލޯނުލިބި ގެތައް ހަދައި ނިމިއްޖެ.

 4. ޢަދުރޭ

  މީނަޔަށް ކޮށްދެވޭނެ ކަމަކީ ކޮންމެ ދިވެހިރައްޔިތަކާ އެކީ އެއް ސެލްފީ ނަގައިދެވިދާނެ . ދިރިއުޅުމުގެ ލުއިފަސޭހަ ކަމަށް އެއްވެސް ކަމެއް ނުވާނެ

  33
 5. ބެކްޔާޑް

  އެމްޑީޕީ އިން އެއް ކަމެއް ނުކުރިއަސް މުސްތަގުބަލުގައި މުޅި ދުނިޔެ ވެސް ޑިޖިޓަލައިޒް ކުރާނެ. އަދި އެކަން ރާއްޖެ އަށް ވެސް ތައާރަފް ކުރާނެ. އެއީ ދުނިޔޭގެ ޓެކް ކުންފުނިތަކުން މިހާރު ވެސް ކުރަމުން ގެންދާ ކަމެއް.

  25
  1
 6. ޖޮއްބެ

  ހެހެހެހެ ކަލޭމެންނަށް ތިރިކުރެވޭނީ އަމިއްލަ ސޯޓު.?

  13
 7. ނުރަބޯ

  ނުކިޔަވާހުރި މިމީހާއަށް ޖަޒީރާއަކީ ކޮންއެއްޗެއްކަން ކޮންމެވެސް މީހަކު ކިޔާދީބަލަ.

  13
 8. ޙަސަން

  ކޮން ޖަޒީރާ ރާއްޖެ އެއްގަތޯ އިންޓަރނެޓް ބޭނުންކުރީ، އިންޓަރނެޓް ނެތިއްޔާ ދޯ ޖަޒީރާ ރާއްޖެއަކަށް ވާނީ.

  14
  1
 9. މަރޭގޯ

  ހިލޭޑިގްރީވެސް އެދުނު ސަރުތުހަމަވާ ހުރިހާކުދިންނަށް ލިބިގެން ތިކަންވާނީ މިހާރު އެގްރިމަންޓްގަ ސޮއިކުރި ބައެއްކުދިންވެސް ހަތަރުމަސް ވީއިރިވެސް ވާނުވާގަ

  16
 10. ޙޔހ

  ކަރަންޓް ބިލަށް ސަބްސިޑީ ދޭގޮތަށް އިންޓަރނެޓަށްވެސްދީ

  11
  2
 11. falagandu

  ޙެޔޮނުވާނެ ކަލޯ އިންޓަނެޓުގެ އަގު ތިރިކުރަން ނޫޅެ މިހާރު ހުރި ވަރުގަ ބަހައްޓައިދީ ޕުލީޒް. ކަރަންޓު ތިރި ކުރީމެއްނު. ފުލެޓުވެސް ކޮޓަރިތަށް ކުޑަކަމުން ކަލޯ ލޮލަށް ނިދިނައިސްގެން 6500ރ. އަށް ދޭން އޮތް ފުލެޓް ވެސް 11000ރ އަށް ހެޔޮކޮށްދީފަނުން އެޔޮތީ. ދެން ޕުލީޒް އެއްވެސް އެއްޗެއް އަގު ހެޔޮ ކުރާ ވާހަކަ ނުދައްކައްޗޭ. މަގޭ ވަރަށް ބިރުހުންނަނީ.

  17
 12. މިއަދު

  އެކައުންޓަށް ޖަމާކުރިކަމަށްއެބުނާ 4.2 މިލިއަން ޔޫރޯ ނުވަތަ 72 މިލިއަން ރުފީ އެކައުންޓުންނަގާ މުޅިރާއްޖެ ޖިޑިޓަލް ކޮށްލަދޭންވީނު

 13. ދދދދދދ

  އަނެއްކާ އަނެއް މުސީބާތް ޖެހެން އުޅެނީ ނޫންބާ! ކަރަންްޓް ބިލުމަތިން ހަނދާންވަނީ

  4
  1
 14. ޢަލީ

  ބައްލަވާ! ޖަޒީރާގަ އިންޓަނެޓެއް ނުހުންނާނެ މުވާސަލާތުކުރާނީ ސަންގު ފުމެގެންނާއި އަލިފާން އަންދައިގެން، ދެން ފަތްކޮޅު ފޮނުވާނީ،