އީދު ނަމާދު ކުރާ ގަޑި ޖެހުނު އިރު ވެސް އާސަހަރާ މިސްކިތައް އިމާމަކު ނައުމުން އެވަގުތު މިސްކިތުގައި އިން އާއްމުންގެ މީހަކު އިމާމުވެ ޢީދު ނަމާދު ކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގެ ޑިރެކްޓަރު މުހައްމަދު އާޒިމް (އާޒިމްބެ) ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހެނދުނު 7:40 ވީއިރުވެސް އީދު ނަމާދު ކުރަން އިމާމަކު އައިސްފައިނުވާތީ ގިނަ ބައެއްގެ ޢީދު ނަމާދު ގެއްލެން ދަނިކޮށް ޢީދު ނަމާދު އިމާމުވެ ކުރީ މިސްކިތުގައި އިން އިބްރާހިމް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އިބްރާހިމް ޚުޠުބާ ވިދާޅުވީ ފޯން ބައްލަވައިގެންނެވެ.

IBRAAHEEM ah fah fashun shukuriyyaa!miadhuge gina baehge eedhu namaadhu gelli dhanikoh 7:40 haairu imaamuve eedhu...

Posted by Azimbe Azim on Saturday, August 10, 2019

މިސްކިތުގައި އިމާމުވެ ނަމާދު ކުރާނެ މީހުން ކަނޑައަޅާއިރު، ޚުޠުބާ ކިޔާ ނަމާދުތަކުގައި އިމާމުންގެ އިތުރުން ބަދަލުގައި ވެސް މީހަކު ހަމަޖައްސައެވެ. އެއީ ސަބަބެއް މެދުވެރިވެގެން އިމާމަށް ނާދެވިއްޖެނަމަ ދެން ޚުޠުބާ ވިދާޅުވުމަށްޓަކައެވެ.

ނަމަވެސް އާސަހަރާ މިސްކިތުގައި ބަދަލުގައި މީހަކު ހަމަޖައްސާފައި ހުރިކަމެއް ކަށަވަރެއް ނުވެއެވެ.

ހައްޖު ދުވަހު އިސްލާމީ މަރުކަޒަށް ވެސް އިމާމަކު ހާޒިރުނުވުމުން އެމިސްކިތުގައި ބަންގި ގޮވީ އާއްމުންގެ މީހެކެވެ. އިސްލާމީ މަރުކަޒަކީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ތިން އިމާމުން ތިބޭ މިސްކިތެކެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަފިރިންގެ ޚިޔާލް

    ޑޯންޓް ވޮރީ، މިއީ ޖަޒީރާ ސަރުކާރު. ދިވެހި ރައްޔިތުންނޭވެ. 1000 އަހަރު ދުވަހު ދިވެހިންގެ ޤަބޫލްކޮށްގެންތިބި އިސްލާމްދީނަށް ލޯބިކުރުމާއި އެދީނަށް އިހާނާއްތެރިކޮށްހިތާ ކޮށް ހިތުމަށް ހިތްވަރުދޭ މިޖައްބާރު ސަރުކާރުގެ ، ވަރުގަދަ ރޭވުމުގެ ތެރެއިން ހިންގާ ލާދީނީއްޔަތު އަމަލު މިއީ... ޤައުމިއްޔަތެއް ދީނެއް، ސަގާފަތެއްނެތް ބަޔެއްގޮތުގައި ދިވެހިންގެ އުޅުމާއިބުޅުން ބަދަލްކުރަން މިސްރާބު ހިފާފައިވާ މިސަރުކާރު އަވަސްނިމުމަކުން ނެތި ކުރައްވާށިއެވެ.... އިސްލާމްދީން ދެކެ ލޯބިވާ ޒުވާނުންނާއި، ރައްޔިތުން ނުކުމެ މިލާދީނީ ސަރުކާރަށް ނޫނެކޭ ބުނުން ލަސްވާ ކޮންމެދުވަހަކީ މިޤައުމު ހުރިހާގޮތަކުން ފަހަތަށް ސޮއްސާލުން....

    42
  2. އައިމޮން

    ތިހެން ވެދާނެދޯ! ޖުއްބާ ތުރުކުރައްވައިގެން ހިނގާފަ ނޫނީ ސައިކަލުގަ މިސްކިތައް ދެވޭކަމަކަށްނުވޭ. އިމާމުއަށް ޓެކްސީއެއް ނުލިބުނީކަމަށް ލަފާކުރެވެނީ

    8
    22
    • ޙަސަނުގެދަރި

      މިފަދަ ދުވަސް ދުވަހު އިމާމުވެ ނަމާދުކުރާ މީހާއަށް ބޮޑު އުޖޫރައެއް ވެސް ހަމަޖައްސާފަވޭ އަދި ބަދަލުގަ މީހުން ޖަމަޖައްސާފަވެސް ތިބޭ އެކަކަށް ނުދެވޭނަމަ ދެވަނަ މީީހާއަށް ވަގުތު އޮއްވާއަންގާލުމަކީމުހިއްމު ކަމެއް އަމިއްލައކަށް ކުރެވޭނެކަމަށްބުބެގެން ރަޖިސްޓަރީވެފަ ތިބެނީ ވެސް

  3. ނ

    އިމާމުންނެތިގެންބަންގިގޮވުންހުއްޓާލައި ޓީޗަރުންނެތިގެން ކިޔަވައިދިނުންހުއްޓާލާ،ޑޮކްޓަރުންނެތިގެން ބަލިމީހުންދިރިތިއްބަވަޅުލާމިއޮތީވާދިވެހިންނަށްވެރިކަމެއްލިބިފަ ރައިސްމީހާގެކަމަކީ ތަނެއްގަދެބެރެއްޖަހާހެންހީވިއަސް ބީޓެއް ނެތަސްނެށޭތޯ ބެލުން ކުޅިވަރާއިމަޖާކުރުން އެމާނަކުރަނީހެއުވެރިކަމެއްގެގޮތުގަ .އަސާސީ އެތަށްހިދުމަތަކުން ރައްޔިތުންމަހްރޫމުވަމުންދާއިރުކަމެއްނުކޮށްދެވޭއިރު އިސްތިއުފާދޭން ޖެހިއްޖެކަން ގަބޫލެއްނުކުރެވޭބާ؟ކަންފަސޭހަކަންކަން،ވަރިހަމަ ކަން ދައްކާމީހަކު ވެރިކަމަށް އެރުމުން ދެންތިބޭބަޔަކުވެސް މިބަލަނީ ބޮނޑު މުސާރަނަގައިގެން ޒިންމާއިން ރެކެވޭތޯ

    32
    1
  4. އ. ޖ. އ

    އީދު ނަމާދު ކުރާނެ މިސްކިތްތައް އިޢުލާން ކުރާނެ

    16
  5. ޢަބްދުއްލަޠީފު

    ސަޙަރާ ތަކުގަ މިސްކިތް ބިނާކުރުމަކީ ޙަރާމް ކަމެއް. އަދި ހަމަ އެފަދައިން މިސްކިތުގައި ވަޅުލުމަކީވެސް ޙަރާމް ކަމެއް. ދެން ކޮން ނަމާދެއްގެ ވާހަކަ މި ދައްކަނީ؟ ގޮތް ދޫކޮށްލާފަ ކީރިތި ނަބިއްޔާގެ ޒަމާނުގައި ދީނުގެ އަޅުކަންތައް ކުރަމުން ދިޔަގޮތް ކަޅާހުދުން ލިޔެވި ފެންނަން އެހެރީވިއްޔަ. އެގޮތަށް ހަދާލަންވީނު. އޭރުން މިކަހަލަ މައްސަލަދިމާނުވާނެ.

    2
    17
  6. މުޖައްރިބު

    ތިޔައީ ޔާމީނުސަރުކާރުން ކަންތައްކޮށްފައިއޮތްގޮތުން ދިމާވިކަމެއް.

    15
    8
    • ކެކެކެ

      ހަހަހަހަ މަށަށްވެސް ހީވަނީ ތިހެން. 1440 ވަނަ އަހަރުގެ އަޟްޙާ އީީދު ނަމާދު، އާސަހަރާ މިސްކިތުގަ ކުރާނެ މީހަކު ޔާމީނު ހަމަނުޖައްސާ އޮތީމަ ވާނީ އެހެން.

      12
      1
  7. ވީވަރު

    ވަރިހަމައެއްނުން؟ ހުރިހާ ރަށެއްގަ ބަރާބަރަށް ފެންކުޅިއާ ކުލަޖެހުމާ މިކަންކަން ބަރާބަރަށް ކުރިއަށް ގެންދެވުނެެއްނުން! އަޟްޙާ އީދުގަ ކުރަންޖެހޭ އަދި އަންދުހުއްސުރެ މިރާއްޖޭގަ ކުރަމުން އައި ކަންކަމަކީ އެއީ އެއްނުން.

    24
  8. ހަމަ ހިމޭން

    މެސަރުކާރުގެ އަމާޒަކީ މިހެން މަޑުމަޑުން މިގައުމުން މިކަހަލަ ކަންތަށް އެކިގެން ދިއުން މިހާރު ބިދުވާވެސް މާގިނަވެއްޖެ ތަކުބީރުވެސް މިހާރު ކިއަނީ އާގޮތްގޮތަށް ހުޅުމާލޭ އަޒީޒާ މިސްކިތުގަވެސް ހުރިހާކަމެއްވެސް ކުރީ މުދިން ސޮރުއެކަނި ބަންގިގޮވާ ނަމާދުކޮށް ހުތުބާކީއާ ތަކުބީރުގެ އެއްބާއި ކިއާ ހެދީ އެސޮރު މިކުގައި ކަންބޮޑުވާ މީހުން މިހާރު އެއްކަންނޭގެ މިގައުގަ މިހާރު ހުރިހާކަމެއްވެސް ރައްއިތުން ވިނަމީހުންނަށް ރަޅު ކަންނޭގެ ކުރީސަރުކާރުގަ އަނިއާވެރިން ތިބީމާ ގޯސްވީ މިހާރު ދީންނޮޅާލާ އިކްތިސާދު އިދަޖައްސާދާ ސިއްހީނިޒާމު ކުނިކޮ މިހެންކިއާނެކަމެއްނެއް ހުރިހާސަރިއަތެއް މަޖިލީހުން ކުރަމުންދާއިރުވެސް އަނިއާއަކަށް ނޫވޭބާ

    15
    1
    • ސަރާ

      ތަކްބީީީރުގެ ވަރަށްގިނަ ސީޣާތައް ހުރޭ އެހެން ވީމަ ތިބުނާމިސްކި ތުގަ އެކީ އަދި ނުބައިކޮށް ކަމެއް ނޭގެއެއްނު ތިމާ ނުދަންނަ ކޮންމެ ގަޮތަކީ އެއީ ރަގަޅު ނޫންގޮތެއް ކަމުގަ ނިންމުން ބުއްދި ވެރިއެއްނޫން

      2
      5
  9. ޗޗޗ

    އެބުނާ 19 ތިއީ

    18
  10. ށުމަން

    ސަރުކާރުން ރާވައިގެން ކުރާ ކަމެއް. މިއަދުވެސް.އިސްލާމީ މަރުކަޒު މެންދުރު ނަމާދަކަށް އިމާމު ނާދޭ. ނަމާދު އިމާމުވެ ކުރީ މުވައްޒިން ރަފީއު.
    ޢިސްލާމީ މަރުކަޒު ގަ 15000ރ މުސާރަ ދީފަ 3އިމާމުން ތިބޭ. މީގެ އިތުރުން އެއް އިމާމަކު ހީވާނީ قران ކިޔަވާއިރު ރީތި ލޯބީގެ ލަވައެއް ކިޔާ ހެން. قران އެގޮތަށް ކިޔެވުން އެއީ ރަގަޅު ކަމެއް ވެސް ނޫން އެކަމު އެސޮރު ކިޔަވާނީ ހިންދީ ލަވަ އެއް ކިޔާ ހެން. ލުހާ ސޫރަތް ވެސް ކިޔަވާ އިރު ހީވާނީ ޝަކުވާ އެއް ލަވައަކުން ކިޔާ ހެން. ދެރަ ކަމެއް މީ. ޢިމާމުން އެބްސެންޓް ވަނީ ރާވައިގެން ހިންގޭ ރައްޔިތުންގެ ރިއެކްޝަން ލެވެލް ބެލުމަށް ޖަހާ މަޅި އެއް ކަމަށް ..

    12
  11. އަޙްމަދް

    އެޖެންޑާ19 ފުރިހަމަ ވަމުން އައްނަކަމުގެ އަލާމަތް ތިފެެއްނަނީ!

    14
  12. ޢަބްދުﷲ ސަޢީދު

    ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި ނުހިނގާވަރުގެ ކަންކަން މިރާއްޖޭގައި މިހިނގަނީ، ވީއިރު، މިވާހަކަތައް ދައްކަން ތިބޭނީ، މިރާއްޖޭގެ މީހުން، ފަލަ ސުރުޚީއެއްގައި މޮޅު ވާހަކައެއް ބުނެފައި، ހަނުހުރުމުގެ ފުރުޞަތު ނަގަނީ، މިއީ ކިހާ ދެރަކަމެއްތޯއެވެ؟

  13. ޢެނގިގެން

    މިދިޔަ ޢީދު ދުވަހު މަސްޖިދުއްތަޢާވުން ގައި ޢީދު ނަމާދު ކުރާގޮތަށް މިނިސްޓްރީން ހަމަޖައްސަވާފައެއްނުވޭ އެހެންވީމާ އިމާމަކުވެސް އަދި ބަދަލުގައި މީހަކުވެސް ނުދާނެ ނޫންތޯ

    1
    3
  14. ދދދދދދ

    މި ސަރުކާރުގަނޑު އައިފަހުން މިނޫން ވަރެއް ވޭތަ؟

    11
  15. ޜަނާ

    ޢާސަހަރާ މިސްކިރަކީ އީީދު ނަމާދު ކުރަން ހަމަޖައްސާ ފައިވާ މިސްކިތަކަށް ނުވެ ދާނެ ހުރިހާ މިސްކިތެއްގަ ޢީދު ނަމާދެއް ނުކުރޭ އެއް އިރެއްގަވެސް އިސްލާމިކް އެފެއާރސް އިން އިޢުލާން ކުރޭ އަބަދުވެސް ޢީދުނަމާދު ކުރާ މިސްކިތްތައް

  16. ރަދީފް ހުސެން

    ތިޔައް ޖަވާބެއް ލިބޭނީ ސަރުކާރު ހުޅުވެ 7 ދުވަސް ފަހުން. ހީކުރަން މިނިސްޓްރީގެ ފަރާތުން މިފަހަރު ތިމިސްކިތުގައި އީދުނަމާދު ކުރާގޮތައް ހަމަޖެހިފަނެތްކަމަށް ނުބުނާނެކަމައް.

  17. ސޯލިފް

    ކުރިން ހުރޭ ނޫންތަ ބަދަލު އިމާމް. މިހާރު ކަރަދު ކުޑަ ކުރަން އެކަހަލަ މީހަކު ނު ބަހައްޓަނީ ބާ