ރާއްޖޭގެ އެކި ރަށްރަށުގައި ފާހަގަ ކުރަމުން އަންނަ އަޟުހާ ޢީދު ދުވަސް މިފަހަރު ބ. ހިތާދޫގައި ފާހަގަކޮށްފައިވަނީ ތަފާތު ގޮތަކަށެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، ހިތާދޫގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އަންހެނުން އަންހެނުންގެ ގަޔަށާއި ފިރިހެނުން ފިރިހެނުންގެ ގަޔަށް އަދި އާއިލާތަކުގެ މީހުން އާއިލާމީހުންގެ ގަޔަށް ޖަހައިގެން ކަމަށެވެ.

މިއީ ރާއްޖޭގެ އެހެން ރަށްތަކާއި ހިލާފަށް ވަރަށް ތަފާތު ގޮތަކަށް މި ޢިދުގެ މުނާސަބަތުގައި ކުލަ ޖެހި ރަށެކެވެ.

ހިތާދޫ ކައުންސިލްގެ ނައީބް ރައީސް މުހައްމަދު ހަސަން ”ވަގުތު” އަށް ވިދާޅުވީ، މިކަމަކީ އެރަށުގައި އަލަށް މިހާ ތަފާތު ގޮތަކަށް ކުލަޖަހަން ފެށި ފަހަރު ކަމަށެވެ. ކުރިން ވެސް ފެންޖެހުމުގެ ކުޅިވަރުތަށް ކުޑަކަށް އޮންނަ ކަމުގައެވެ.

”އަލަށް މިގޮތަށް ކުލަ ޖަހަން މިފެށީ. ކުރިންވެސް ފެންޖެހުމުގެ ހަރަކާތްތަކެއް ކުރިއަށް ދިޔަ.” މުހައްމަދު ހަސަން ވިދަަޅުވިއެވެ.

ކުލަ ޖެހުމުގެ އިތުރުން އީދު ބެ އެރިކަމަށްވެސް ވިދާޅުވެފައިވެއެވެ. އީދު ބެ ރަށު ތެރެއަށް އަރައި މުޅި ރަށުގައި ހިނގާފައިވާ ކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ. އަދި އީދު މަޅިވެސް ލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އީދު އަލިފާންވެސް ރޯކުރާނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކުރިއަށް ހިނގަމުން މިދާ އީދުގައި ބައެއް ރަށްރަށުން ކުލަ ޖަހައިގެން ގިނަ ބަޔަކު ވަނީ ރުޅިގަދަވެފައެވެ. އެގޮތުން ބަލާއިރު ހުޅުމާލާގައި ކުރިއަށްދިޔަ ކުލަ ޖެހުމުގެ ހަރަކާތުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދު ފިހާރައެއްގެ ދޮރުމަތީ ހުއްޓާ ކުލަ ޖެހި މައްސަލާގައިވަނީ ނުރުހުން ފާޅުކޮށްފައެވެ.

އަދި މަޝްހޫރު ލަވަކިއުންތެރިއާ މީރާވެސް ވަނީ ކުލަޖަހާ ފަރާތްތަކުން މީހުންގެ ގަޔަށް ކުލަ ޖެހުމުގައި ސަމާލުވުމަށް އެދިފައެވެ.

ކުލަ ޖެހުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މިކަން ކުރުމުގައި އަނެކާގެ މުދަލަށާއި ސަލާމަތަށް އިސްކަންދޭންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރީންދޫ

  ހިންދޫންގެ ސަގާފަތް

  14
  4
 2. ޙައްޤު

  ޒަމާނުއްސުރެއް ކުރަމުން އަންނަކަމެއް ނޫން މިޔަކީ.. އީދު ފާހަގަކުރުމަށް ކުލަޖެހުމަކީ ބިދުއައެއް... ހިންދޫންގެ އީދެއް ފާހަގަކުރުމަށް ކުލަޖަހާތަން ފެނި އެކަން މުސްލިމުންގެ އަޅުކަމަކާއި ގުޅިގެން މިހާރު މިކުރަނީ..

  19
  3
 3. ވިސްނާ

  ޢީދު އުފާ ފާޅުކުރުމަކީ އެކަކު އަނެކެއްގެ ގަޔަށް ބޮލަށް އެރުމެއްނޫން. ޢީދުގައި އޮންނާނީ ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް ޢީދު ތަހުނިޔާ ކިޔައި ހަދިޔާ ބަދަލު ކުރުން. ޢީދު އުފާ ފާޅުކުރުމަކީ އަޅުކަމަކަށް ވީހިނދު، މުސްލިމުންނަށް މުހިންމުވާން ޖެހޭނީ އިސްލާމްދީން އުގަންނައިދިން ގޮތެވެ. ސަގާފަތެއްނޫނެވެ.

  12
 4. ާައައްޔޮބެ

  ޜީދުލާއި ރީދޫ ފޮތި ހިންދީން ބޭނުން ކުރާ ކުލަތައް.
  ބަލަންވީ ކަމަކީ ހިންދީން ކުލަޖަހަނީ އަޅުކަމުގެ ނިޔަތުގާތޯ

 5. އައްޓަމަސް

  ކުލަ ޖެހުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއްކަމަށް ވަގުތުގައި ލިޔުނަސް، ކުރީގައި ޖަހަނީ ފެން ކުލައެއްނޫން! ކުލައަޔީ ކަޝޯޓީފަދަ ހިންދީޑުރާމާތަކުގެ އަވާގައި ދިވެހިން ޖެހުނުފަހުން ކުރަންފެށިކަމެއް

  11
 6. ހާޝަ

  ކަލޭ މެން އައްޑޫއޭ ކިޔާފަ ހުޅުމާލެ ފޮޓޯ ޖަހަނިއްޔޯ؟

  4
  2
 7. ކުޑަބަޖަރާ

  ކުލަ ޖެހުމަކީ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަކަމެއްނޫން. އެއީ މާފަހުން މިއުޅޭ އުރީދޫ އިން ފެށިކަމެއް.