މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާއިން 10 މުއައްޒަފަކަށް ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފިއެވެ.

ނޯޓިސް ދީފައި ވަނީ އެމްއާރްޑީސީން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި މުއައްޒަފުންގެ ތެރެއިން ގއ. ވިލިނގިލި ސައިޓްގައި މަސައްކަތް ކުރާ މުއައްޒަފުންނަށެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެ މުއައްޒަފުންނަށް ނޯޓިސް ދީފައި ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ.

އެ މުއައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މްއާރްޑީސީން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި މުއައްޒަފުންގެ ކޮންޓްރެކްޓް މިމަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ، މިމަހު 15އިން ސެޕްޓެންބަރު 15 އަށް ކޮންޓްރެކްޓް އިތުރުކޮށް، މަސް ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުންނާއި، ސިޔާސީ ގޮތުން ފިކުރު ތަފާތުވާ މުއައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، ރައީސް ސޯލިހް އަދިވެސް ގެންދަވަނީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަމުންކަން ފާހަގަ ކުރެވެއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުއައްޒަފަކު ވަޒީފާއިން ނުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ. ނަމަވެސް މިހާތަނަށް ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައެވެ. ވަޒީފާ އިން ވަކިކޮށްފައި ވަނީ އެމްޑީޕީ އަށް ތާއިދު ނުކުރާ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޥިލިގިލި

  ތިއީ ވިލިގިއްޔާއި ކޫއްޑޫ އާއި ދެމެދު އަޅަން އިބޫ ވައުދުވި ބްރިޖް އަޅަން ވެގެން ލާރިކޮޅެއް ސޭވް ކޮއްލީ. ދެން އަތް ޖަހާ.

  44
  • ހުސޭނުބޭ

   މަށަށް ހީވަނީ މިފަހަރުވެސް ފޯނުބިލަށް ސަރުކާރުން ދައްކާ ފައިސާއަށް 10 މުއައްޒަފުންގެ މުސާރަ އެކަމަށް ކަނޑައެޅީހެން! އެހެންވެ މަވެސް މި އަތްޖަހަނީ!

   19
  • ދދދދދދ

   ފޯނުބިލުވަގު ބިލު ދައްކަން ޖެހުނީ ތި.

 2. ޏ

  ރައީސް ސޯލިހް އެއްވެސް މުއައްޒަފަކު ވަކި
  ކޮށްފާނެކަމަކަށް ނުބެލެވެއެވެ ސިޔާސީ ގޮތުން
  ފިކުރު ތަފާތުވާ މީހުން ވަކިކުރުމާއި ބޮޑުމީހާ
  އަށްތާއީދުކުރާ ރޯނު އެދުރުން ސަރުކާރަށްވައްދަނީ
  ބޮޑުމީހާއެވެ އެކަމަކު އެއީ ޑިމަކުރަސީއެވެ

  10
  2
 3. ޞައްދާމު

  ޥަކިކުރަން ޖެހޭ! ދައުރު ނިމުނީމަ ވަޒީފާވެސް ނިމުނީ! ސިޔާސީ ވަޒީފާއަކީ އެކަހަލަ އެއްޗެއް!

  1
  18
 4. ލަޠީފް

  ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ސަރުކާރާ ދެކޮޅަށް ފާޅުގައި ނުކުމެއުޅުނު ސަރުކާރުގެ މުވައްޒަފުންގެތެރެއިން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެއް ނުވޭ! މާ ކަންތައް ބޮޑުވެއްޖެނަމަ މަޤާމާއެކު އެހެން ތަނަކަށް ބަދަލުކޮށްފައިވަނީވެސް ހަޔެއްކަ މީހުން. ސިޔާސީ އިދިކޮޅު މުވައްޒަފުންވެސް ހިމަނައިގެން ސަރުކަރު ހިންގީ! މިސާލެއްގެ ގޮތުގައި މުލިއާގެ ބެއްލެވިޔަސް މިކަން އެގޭނެ! ދައުލަތަށް އާމުދަނީ ހޯދޭނޭ ގޮތެއް ، ސަރުކާރެއް ހިންގާނޭގޮތެއް ނޭގި އަތަށް ގޮވަންފެށިމާ ވާނެހައި ގޮތެއް މި ސަރުކާރުން މިދަނީ ފެންނަމުން.

  11
 5. ކާސާ

  ހަމަހުވާ އަހަރެން ދަންނަ ބައެއް ރައްޓެހިން މިސޮރަށް ވޯޓްދިނީ އެއްވެސް މުއައްޒަފެއް ވަޒީފާއިން ވަކި ނުކުރާނެކަމަށް ވައުދުވީމާ ހާދަ ދޮގުހަދާ ސަރުކާރެކޭ