ތ. ތިމަރަފުށީގައި މިހާރު ހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒް ވިދާޅުވެފައިވަނީ ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ މިދިޔަ އާދިއްތަ ދުވަހު ގެނެސްފައިވާ ކަމަށެވެ.

މިހާރު ހިނގަމުންދާ ސިލްސިލާ މާރާމާރީގައި ރޭ ވެސް އެރަށުން ދެ މީހަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. މި މާރާމާރީ ގައި އެކަކުގެ ނޭފަތް ފަޅާލާ އަނެކަކުގެ ބޯ ވަނީ ޒަހަމްކޮށްލާފައެވެ.

މިއަދު ކުރެއްވި ޓްވިޓެއްގައި ރިޔާޒް ވިދާޅުވެފައިވަނީ އެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ވާނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިކަމަށެވެ. އަދި ތިމަރަފުށީ ރައްޔިތުންގެ ކަންބޮޑުވުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަށް ދަންނަވާފައިވާ ކަމަށެވެ.

"ތިމަރަފުށީ ގައި ހިނގަމުންދާ ސިލްސިލާ މާރާމާރީ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ވާނީ ފުލުހުންގެ ސަމާލްކަމަށް ގެނެސްފަ. އަދި ރައްޔިތުންގެ ކަންބޮޑުވުން ނައިބް ރައީސް ފައިސަލް ނަސީމް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށްވެސް ވަނީ ދަންނަވާފަ." ރިޔާޒް ވިދާޅުވިއެވެ.

ތިމަރަފުށިގައި ހިނގަމުން އަންނަ ސިލްސިލާ މާރާމާރީގެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުހައްމަދު

  މީނަގެވާހަކަ ގަބޫލެއް ނުކުރެވޭ.

  4
  1
 2. .....

  މެންބަރުކުރުވާކަމަކާވައްތަރު.

  3
  1
 3. ހަން ޑި ދޮންކަމަނަ

  ޑިމޮކްރަސީ ފައްކާވިިިީމަވާގޮތް