ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވި ގޮތައް "ސްޕަ ކޮމެޓީއެއް" ހެދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އިން ރުހުން ނުލިބިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ރައީސް ޞާލިހަށް ނުސީދާ ރައްދެއް ދެއްވައިފި ކަމަށް ބެލެވިއްޖެއެވެ.
"ސަރުކާރުގެ މެންބަރުންނެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެތް، ގާނޫނު ހެދުމުގެ ހުރިހާ ބާރު ލިބިގެންވަނީ މި މަޖިލީހަށް. ސަރުކާރުން މި މަޖިލީހަށް ބިލެއް ހުށަހަޅާނެ ހަގީގީ އުސޫލެއް ގާނޫނު އަސާސީއާ ގާނޫނުތަކުގައި ނެތް. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ އަށް މެންބަރުން ނުވަތަ ރަދުން އައްޔަނުކުރާ އަށް މެންބަރުންނެއް މިއަދު ނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވީ "މަޖިލީހުގެ ސްޕަ ކޮމެޓީ" ފެއިލް ކޮށްލީ ރައީސް ޞާލިހްގެ "ފެކްޝަނުން" ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދަނިކޮށެވެ.
ނަޝީދު ވިދާޅުވީ އައު ގާނޫނު އަސާސީގެ ދަށުން އައީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު. މި އިއްޒަތްތެރި މަޖިލީހުގެ އަގުލަބިއްޔަތު މިއަދު ދިވެހި ރައްޔިތުން ދީފައިވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ އިއްޒަތްތެރި މެންބަރުންނަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލަކަށް ފުރިހަމަކަށް ގެނައުމުގެ މަސްއޫލިއްޔަތު އޮތީ މަޖިލީހަށް ކަމަށެވެ.
"ސަރުކާރުން ހުށަހަޅާ ބިލަކަށް ތަނަވަސްކަމާ މުސްއްސަނދިކަމާ ފުރިހަމަކަށް ގެނައުމުގެ މަސްއޫލިއްޔަތު އޮތީ މި މަޖިލީހަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އުފައްދަވަން އުޅުއްވި "ސްޕަ ކޮމެޓީ" އަކީ މަޖިލީހުގެ ހުރިހާ ކޮންޓްރޯލެއް ނަޝީދުގެ އަތްޕުޅަށް ޖަމާ ކުރެއްވުމަށް އުފައްދަވާ ކޮމެޓީއެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މިހާރު ވެސް ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް ނުފޫޒު ފޯރުވަން ނަޝީދު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.
އެބަޔަކު ހަލާކު ކުރާނެ ފަނި އުފެދޭނީ އެބަޔެއްގެ ތެތެއިން ކަމަށް ބުއްދިވެރިން ބުނޭ.
ނަސީދު މަސައްކަތް އެކުރަނީ ސަރުކާރުގެ ހުރިހާ ބާރެއް އޭނާގެ މުށުތެރެއަށް ލާން.
ނަސީދު ދެން ކޮން ގޮތަކަށް އުޅެންތަ މި އުޅުއްވަނީކީ އެއް! ރައީސް ސޯލިހު އެއީ ވަރަށް ޕޮޕިޔުލަރ ރައީސެއް، ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ލޯބިވާ ބޭފުޅެއް! ދެނެ އެ ބޭފުޅާ އަންޑާމައިން ކުރައްވަން އުޅުއްވުމަކީ ނަސީދަށް ހެއްދެވޭ ބޮޑު ބުލަންޑަރަކަށް ވާނީ، އަދި ރިޔާސީ ޓިކެޓު ތަބަކަށް ލާފަ ދެެއްވި ކަމަށް ވިޔަސް! ނަސީދު ދެން ހަމަ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން މި ބައްލަވަނީ ވެރިކަން ހިންގުމުގެ ނިޒާމު ގެ ތެރެއަށް ވަޑައިގެންނެވޭތޯ؟ މީ ދެން ކިހާ ދެރަ ކަމެއް ތޯ އަޅެ ފަހެ! މަޖްލިހުގެ ރައީސްކަންވެސް ހަމަ އޯކޭ އެއްނު! ދެން މާ އިސްމާޓެއް ވާންވެގެން ޕޮލިޓިކްސް ކުޅެ ރާއްޖެ ހަލަބޮލި ކުރައްވަން ނޫޅުއްވާށޭ ދެންނެވޭނީ!
ތަބަކަކަށްލާފަ އިބޫއަށްދޭން ނަޝީދު ދެކޮޅުހެދި ރާއްޖެތެރޭމީހެއްވީމަ. ނަޝީދު ބޭނުންވީ މާލޭގެ ޤަދަރުވެރި ޝިހާބައްދޭން. އެމްޑީޕީގެ ޤަޢުމީ މަޖިލިސް ބޭނުންވީ އިބޫއަށްދޭން.
ސުޕަ ކޮމެޓީ ހެދުމުގެ މައްސަލައަކީ ކޮބާ ؟ އެކަމަށްވެސް ބޭނުންވެގެން އެއުޅެނީ އަންނީ ނޫންތަ.
ނަޝީދުގެ ޕްލޭން ކާމިޔަބު ނުވުމަކީ ބޮޑު ކާމިޔާބީއެއް! ނަޝީދު ބޭނުން ކުޅިއެއް ނުކުޅެވެނެކަން ދެއްކީ އެމްޑީޕީ މެންބަރުންނަށް ޝުކުރިއްޔާ! ވެރިކަމުގެ ބަގުޑިބައްދަން ބޭނުން ނުވާ ބޭފުޅުން އެމްޑީޕީ ޕާލިމެންޓްރީ ގުރުއްޕުގައި ތިބިކަމީ އުފާވެރި ކަމެއް! ނަޝޫދު އާއި އެނާއަށް ބައްޔަތު ހިފައިގެން އެނާގާ އެޖެންޑާ ކުރިއަރުވާ މަދު ބަޔަކީ މިޤައުމެއްނޫން!
ކޮންމެކަމަކަށް ގާނޫނެއް އަދި ކޮމެޓީއެއް އޮންނާކަށް ނުޖެހޭނެ ރަށްޔިތުންނަށް އެއްވެސް ފައިދާއެއްހުރި މަސައްކަތެއް މިސަރުކާރަކުން ނުކުރެ ކުރާކަށް ނުވެސްއެގެ. ކުރަންހަދާނީ ކިހިނެއްކަމެއްވެސްނޭންގެ
ޢިއްޒަތްތެރި އައްމެމްބަރުންނެއް މިއަދު މަޖްލިހުގަނުތިބޭ އެހެންވީމާ މުޅިއޮޑީގާ ހަސަނުގެދެފައޭބުނާހެން މުޅިމަޖްލިހުގަ އަހަރެންގެ ހަތަަރެސްފައި އޮތުމަކުން މައްސަލައަކީކޮބާ
އައްނި އަކަށް ވިއަސް އިބޫ އަކަށް ވިއަސް ވެރިކަމަށް އަރާމީހަކީ މަތިން ފައިބާ މީހަކަށް ހަދާކަށް ނުޖެހޭ. ހަގީގަތަކީ އައްނިއަކީ ވެސް އިބޫއަކީ ވެސް ޖަޒީރާގެ ހާލަތު ބަދަލު ކުރެވޭނެ ވަރުގެ ސިކުނޑިއަކާ ތަޖްރިބާއާ ކުޅަދާނަ ކަން ހުރި ބައެއް ނުނަކަން ގަބޫލު ކުރަންޖެހޭ. އައްނި ހީކުރަނީ ދޮން މީހުން ކޮޕީ ކުރީމާ ހުރިހާ ކަމެއް ނިމުނީހެން. އިބޫ ހީކުރަނީ އެންމެން ރުއްސައިގެން ނަނާ ކިޔާ ލޮއްސީމާ އެއޮތީ ހުރިހާކަމެއް ނިމިފާކަމަށް. އައްނި ހިތުން ދެކޮޅަށް ދުވެފާ މާ ހީވާގި މީހަކަށް ވެގެން މާ އެނަޖެޓިކް މީހަކށް ހެދިގަތީމާ އެއޮތީ ދޮަންމީހަކަށް ވެފާކަމަށް. ދޮންމީހަކަށް ވީމާ ހަދަށްވެސް ދެވުނީކަމަށް އައްނި ހީކުރަނީ. މީ ތިމީހުންގެ ފެންވަރަކީ.
މި ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނީ، މި ގައުމުގަ ޢަދުލުވެރިކަން ޤާއިމް ކުރެވޭނީ، މިގައުމަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނެވޭނީ ސްޕަރ ކޮމެޓީ އެކުލަވާލައިގެން.. އެހެން ނޫންނަމަ މުޅި ގައުމު ހަލާކުވާނެ... މުޅި ގައުމު ބަނޑަށްޖެހިދާނެ... މީ ރައްޔިތުން ހިއްވަރާއެކު ސަލާމަތްވާންވީ ވަގުތު.
ކަންކަން ރަނގަޅު ކުރެވޭނީ ވަޢުދުވީގޮތަށް އެކަން ކަން ކުރަން އުޅެގެން. ދޯންޏެއް ބަދެވެނީ ރަނގަޅު ފަށަނެއް އަޅާ އޮނިގަނޑެއް ހަދައިގެން. ގެއެއް އިމާރާތް ކުރެވެނީ ރަނގަޅު ބިންގަލެއް އަޅާ ތަނބުތައް ޖަހައިގެން. އެގޮތުން، ޖޭއެސްސީ އިސްލާޙް ނުކޮށް ކުރެވޭ ކަންކަން ރަނގަޅުވާނެ ގޮތެއް ނެތް. މަޖިލީސް މެމްބަރުން ޒިންމާދާރު ކުރެވޭނެ ބާރު ރައީތުންނަށް ނުދީ އެތަން ރަނގަޅެއް ނުކުރެވޭނެ. އެކަންކަން ކުރަން ވަނީ ވަޢުދުވެ އެކަން ހަނދާން ނައްތާލާފަ ނުވަތަ އެގޮތުން ރައީތުން ހައްދާފައި.
ރައީސް ރާޑިފުޅުވީތޯ
މީނަޔަކާހުރެ އިބުރާހީމަކައް ރައީސްކަމެއް ނުކުރެވޭނެ މިސޮރު މިވެރިކަމުގަ ގެންގޮސް ޖަލައްގަޅާލަ
ސަރުކާރު ފެއިލް ކޮށްލަން ފިނޭންސް އިން މަސައްކަތް ކުރާކަމަށް ވަރަށް ބޮޑަށް ބެލެވޭ ހެކިތައް އެބަހުރި. ސީދާ ކަންކަން ލަސްކުރުވާ، މީހުން އެބަތިބި.
ކީއްވެތޯ އަހަރެން ފޮނުވާ ކޮމެންޓް އަޕްލޯޑް ނުކުރަނީ.؟؟؟
ނަރުދަމާނިޒާމް ތައާރަފުނުވި
ޏަރުދަމާނިޒާމަށް ފާސްނުވި
ހީ ޑަަސަންޓު ވޯންޓު އެނީ އަދާ ޓުބީ ޕޮޕިއުލާ ދޭން ހިމް؟ މިއީ އަސްލަކީ
ނަޝީދު ދެން މޯދީގެ ޕާޓީއާ ގުޅިވަޑައިގެންނެވިއްޔާ ރަގަޅު ވާނީ.
ޔޭ ދޯސްތީ، ހަމް ނެހީ ޗޯޅޭންގޭ، އަންނި ބޭނުމީ ވެރިކަން
މަގޭޕާޓީއައްއާދޭއެކޮއިއެއިރުންގެރީގެވެރިކަންދޭނަން
ނުބާ ނުލަފާ ސާތާނެއް ތީ??.