މެންބަރުންގެ ކެއުމަށް ކޮންމެ ދުވަހަކު ސާދަ ވަރަކަށް ހާސް ރުފިޔާ ޚަރަދު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މެންބަރުންގެ ކެއުމަށް ކޮންމެ ދުވަހަކު ކިހައި ފައިސާއެއް ޚަރަދު ކުރަން ޖެހޭތޯ ސާފުކުރަން އާއްމު ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވުމުން އެސިޓީގެ މައުލޫމާތު މިއަދުގެ ޖަލްސާގައި މެންބަރުންނަށް އަރުވަމުންނެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް އޮންނަ ކޮންމެ ދުވަހަކު މެންބަރުންނާއި މަޖިލިސް މުވައްޒަފުންގެ ކޮއްތައް ޚަރަދު ވަނީ ކޮންމެ މެންބަރަކަށް 159.88 ރުފިޔާ ކަމަށެވެ. އެހެންކަމުން އެއީ 87 މެންބަރުންނަށް ބަލާއިރު ކޮންމެ ދުވަހަކަށް ޖުމްލަ 13909.56 ރުފިޔާއެވެ.

ކޮށްގެން ނުވާާނެ ކަމެއް ކަމަށް މެންބަރުންނާއި ރައްޔިތުން ބޭނުންވާނަމަ އެކަމަށް ބަދަލު ގެނެވިދާނެ ކަމަށެވެ.

ޤާނޫނު ހަދާ މަޖިލީހެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ބޮޑުން އެކުގައި ސައި ބުއިން ކަމަށެވެ. 1932 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ސައިގެ ކަންކަން އޮތްގޮތް ބައްލަވާ ލެއްވި ކަމަށެވެ.

މެންބަރުން ކެއުމަށް ދައުލަތުން ފައިސާ ޚަރަދު ކުރާ މައްސަލަ އާއި ދެކޮޅަށް ފާއިތުވި ދެތިން ދުވަހު މީސް މީޑިއާގައި ބައެއް މީހުން ގެންދަނީ ޚިޔާލު ފާޅުކުރަމުންނެވެ. މިހާރު ވެސް އެންމެ ބޮޑު މުސާރައެއް ދައުލަތުންދޭ އެއް ބަޔަކަށް މަޖިލިސް މެންބަރުން ވާއިރު އެބޭފުޅުން ކެއުމަށް އަނެއްކާ ބޮޑު ޚަރަދެއް ކުރުމަކީ މައްސަލައެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ވަރަށް ސަލާމް

  ނިކަމެތި ރައްޔިތު މީހާގެ 2މަހުގެ މުސާރަ ދެއްތޯ؟؟؟

  42
 2. ބޯގޯސް

  އަތްގުޅިނުކާވަރުގެ ބޮޑު މުސާރައެއްދީފަ ކުޑަވަގުތުކޮޅަކު މަސައްކަތްކުރާ ބަޔަކަށް ކެއުމާއި ސައި ދޭކަށް ނުޖެހޭ. އެއަށްވުރެ މާ ގިނައިރު މަސައްކަތްކުރަންޖެހޭ އަދި ވަރަށް ކުޑަ މުސާރައެއް ލިބޭ މީހުން މިއުޅެނީ ފެންފޮދެއްވެސް ދައުލަތުން ނުދީގެން.

  46
  1
 3. ޜަނާ

  ޜައްޔިތުންގެ މެމްބަރުންނޭ ކިޔައިގެން އެންމެ ބޮޑު މުސާރަ ނަގާފަ ބޭސްފަރުވާ އަށް އެހާ ގިނަ ފައިސާ ޚަރަދުކޮއްފަ ކެއުމަށް ދުވާ ލަކަށް ސާދަހާސްރުފިޔާ ޚަރަދު ކުރަނީ މީ ރައްޔި ތުންގެ މެެމްބަރުންނޭ ކިޔައި ގެންއުޅޭރައްޔިތުންގެ ފައިސާ ފޭރޭ އާލާތްގާޑެއް ކަމަށް ބުނަންޖެހިއްޖެ

  43
 4. ސިޔާމު

  މިދެންކިހާދެރަކަމެއް ސަލާމަތްނުވާވަރުގެ ބޮޑުމުސާރައެއް ދީފައަދިކާންވެސްދޭންޖެހޭތަ؟؟؟؟؟

  11
 5. މުރާދު

  ރަށްޔިތުންގެ މެމްބަރުންޖެހިލައްވަންޖެހޭނީ ރަށްޔިތުންގެ ހައްޤްގައި ވަކާލާތުކުރައްވާ ރަށްޔިތުންނަށް
  ފައިދާކުރައްވާ ބޭފުޅުންނަށް ނަމަވެސް ހިތާމައަކީ މިގޮތާއިދުކޮޅަށް އެބޭފުޅުންގެ ޢަމަލުތައްފެންނާތީ
  އަމިއްލައަށް މުސާރަފާސްކުރުން
  މަޖިލީހުގެ ޖަލްސާތަކަށް ރަގަޅަށް ހާޒިރުވެނުލެއްވުން
  އިސްލާމީ ޝަރީއަތާއިއެއްގޮތަށް ބިލްހަދާފާސްނުކުރުން މުހިއްމުބަހުސްހިގަނުންދާއިރު ސަބަބެއްނެތި
  ކޯރަމްގެއްލުވާލުން ކެއުމަށް ބޮޑުޚަރަދެއްކުރެއްވުން އަދި ވެސް............

  6
  1
 6. ޕޮގުބާ

  85 މީހުންނަށް ކާންދާ ވަރު ގިނައެއްނޫން މައްސަލައަކީ އެފައިސާ މަޖިލީސް މެންބަރުންނަށް ޚަރަދު ކުރާތީ

 7. ރަސީދު

  ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންރަކީ ރައްޔިތުންގެ މަންދޫބުން... އެމީހުން އެ އެމަޖިލީހުގައި ބުނާ ކޮންމެ ބަހަކީ، ކުރާ ކޮންމެކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ޙައްގުގައި ކުރާ ކަންކަން.. އެ އިއްޒަތްތެރީން ބަނޑަށް އަޅުއްވާ ކާ އެއްޗަކީވެސް ޙަޤީޤަތުގައި ރައްޔިތުމީހާގެ ބަނޑަށް ދާ އެއްޗެއް.. ރައްޔިތުންގެ ޙައްޤުގައި މިވާ ޤުރުބާނީއަށް ރައްޔިތުން ޝުކުރުވެރިވާން އެބަ ޖެހޭ ދަސްކުރަން... އެހެންނޫނީ މި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެ.. ގައުމު ދާނި ހަލާކުވެގެން..

 8. ސިއްކަ

  އަޅުގަނޑު މީތި ލިޔަނީ ލަދުއޮތްތާ ހަނޑޫހުސްކުރި ގޯންޏެއް އަޅާ ފޮރުވާފަ! އަޅެފަހެ ރައްޔިތުން ބޮލުގަ މިބައިމީހުން އަޅައިގެން ދުވަންޖެހޭވަރު ސަބަބެއް އޮތްކަމަކަށް ނުދެކެން. އެވްރެޖުކޮށް 280000 ރ. މަހަކަށް ނަގަމުންމިދަނީ ކެއުންފުޅަށް. ކަމެއް ނުކޮށް އިތުރުމީސް މީހުންއަތުން ބަޓަނަށް ފިއްތައިގެން ލާރިނަގަމުން ނުވިތާކަށް މިރާއްޖޭގަ ހަރުމުދަލެއް އޮތިއްޔާ އެ ވެރިކުރަމުން މަހެއްގެ މައްޗައް ދައުލަތުން 100000 އަށް ވުރެ ގިނަ ފައިސާއަޅާ ބައިގަނޑަކަށް. ރައީސް ނަޝީދުގެ ހިރިޔާފާތުރާގެ ދަށުން މިފަހަރު ހާޒިރީއަށް ގެނުވި ފަށުއި އިންގިލާބު ފަދަ އިންގިލާބެއް މިކަމަށް އައިސްސިއްޔާ އުފާވެރިކަންހުރި.

 9. ހުސްނޫނު

  މާލެ މީކައިވަތެއްވާވަރުގެ ތަނެއް. މެމްބަރުންނަށްވެސް ބްރޭކްލިބޭ. ގެއަށްގޮސްކާލައިގެން އާދެވިދާނެ. ހެޔޮނުވާނެ ރައްޔިތުންގެ ފައިސާއިން ތިފަދަބޮޑުއިސްރާފުނުކުރެއްވުންއެދެން.

 10. ކަދީދާ

  މަޖިލީހުގައި މީހުންގެ އަބުރާބެހި ހިތަށްއެރިހާ ނުބައި އެއްޗެހކިޔާތީ ރައްޔިތުންގެ ފައިސާއިން ކޮންމެހެންވެސް ކަަންދަެންޖެހޭނެ.

  6
  1