އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވަގު ނުހެދޭ ވަރަށް ކައިރިން ބަލާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ޕްގްރެސިވް ކޯލިޝަން ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނޭކަމަށެވެ.

"ވަގު ނުހެދޭ ވަރަށް މިފަހަރު ކައިރިން ބަލާނަން". ސުޖާއު ވިދާޅުވިއެވެ.

ސުޖާއު މިގޮތަށް ވިދާޅުވިއިރު، އެންމެ ފަހުން ނިމި ދިޔަ ދެ އިންތިހާބުގައުވެސް ވަގު ހަދާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެއެވެ،

ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް މިހާރު ހުރިހާ ޕާޓީތަކުންވެސް ދަނީ ތައްޔާރުވަމުންނެވެ. އެ އިންތިހާބު އޮންނާނެ ތާރިހެއް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދޮގެއް؟

  ފަސް ސައިންސްވެރިން ކުރާ ކަންތައް ކިހިނެއް ބެލޭނީ؟ ނުވާނެ ތިކަމެއް.

 2. ބަޅ

  ދެން ބޮޑުތަނުން ބަ ލިވާއިރަށް ބުނާނެ ވަގުހެދީއޭ.

  6
  8
  • ކަލާ

   ވަގު ނަހަދައެއް ނުކުރެވޭނެ. އެއީ ގެރެންޓީ ކަމެއް

   1
   4
   • ޒައި ް

    ނަހަދާ ހަމަ ކުރަނީ އެންމެންގެ ކުރިމަތީަ އެކި ކަރުދާސް ވަކި ވަކިން ގުނައިގެން.. މިއީ މައުމޫނު ޒަމާނެއް ނޫން.. މިހާރު ބޯޓު އޮޅުވާލީއޭ ކިޔާނި ނާތަހުޒީބު ގަމާރުން އެކަނި.އެކަން ކިރިޔާވެސް ކުރެވެން އޮޔްނަމަ ވަގު ސަރުކާރުގެ ބޮޑޭ އެކަން ކުރީސް.. އޭނާވެސް އެކަން ނުވެ ފެއިލްވީ

    3
    1
 3. ލިން

  އަދުރެ މެޓިކްސް އިން ހިސާބު ޖަހައިގެން ތި އިންތިހާބުން ގިނަ ގޮނޑި ލިބޭނެކަމުގެ ހިޔާލީ ފޮލާތައް ކައްކަންފެށީދެއްތޯ؟ ނުވާނެ ހަނދާން ނައްތާލާ ސިޔާސީ ވޯޓަށް ވުރެއް ފެމިލީތަކުގެ ވޯޓަށް މި އިންތިހާބު ޑިޕެންޑުވިޔަސް އަދި ނެތް ތިކަންވާކަށް.. ބަލިވާއިރަށް ވޯޓު އޮޅުވާލީއޭ ކިޔާ ހަޅޭ ފަޅޭ ޖަހާނެ

  2
  1
 4. މދޖެުސ

  ތިކަމެއް ނުވާނެ.
  މިފަހަރުވެސް ފައިސާ އަޅާލީ ކެމްޕެއިން އޮފީސް ތެރޭގައި ކުޑަމޭޒު ބަހައްޓައިގެން ތިބެ.
  އަދި މޑޕ ޕްރައިމަރީ ކަންކަންވެސް ދިޔައީ ކިހިނެއްކަން އަހަރުމެންނަށް އިނގޭ.