ކީރިތި ގުރުއާންގެ މުސްހަފެއް ސްވިޑެންގައި އަންދާލި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވުމުންފާޅުނުކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ރައީސް ކީރިތި ގުރުއާން އަންދާތީ ކަންބޮޑުވެއްޖެ ކަމަށެވެ. ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ކަމަށާއި ނަމަވެސް މި ގައުމުގެ ރައީސްގެ އެއްވެސް ކަންބޮޑުވުމެއް މިކަމުގައި ނެތުމަކީ މުސްލިމް ދިވެހި ލޮބުވެތި ރައްޔިތުން ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެހެން ވެގެން އަޅުގަނޑުމެން މިދަންނަވަނީ އެމްޑީޕީއަކީ ލާދީނިއްޔަތައް ހިތްވަރުދޭ ޕާޓީއެކޭ. މިސަރުކާރުން ލާދީނިއްޔަތައް ހިތްވަރު ދެޔޭ. އެހެން ވެގެން ލާދީނީ ވެރިންނަށް ނޫނެކޭ ބުނަން ޖެހެނީ. މިހިރަ މިހިރަ ކަންކަމީ ރިޔާސީ އިންތިޚާބުގެ ވޯޓު ފޮއްޓާހަމައަށް ރައްޔިތުން ވަޑައިގަންނަވާއިރު ވިސްނުން އިސްކުރަންޖެހޭ ކަންކަން ކަމުގައި ދެކެން." ޝުޖާއު ވިދާޅުވި އެވެ.

ސްވިޑަންގައި މީހަކު ޤުރުއާންގެ މުސްހަފެއް އެންދުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނެވެ. ނަމަވެސް އެބަޔާނުގައި ސްވިޑަންގެ ސަރުކާރު ކުށްވެރި ކޮށްފައެއް ނުވެއެވެ. އެބަޔާނުގައި ކުށްވެރި ކޮށްފައި ވަނީ ޝަހްސީ ގޮތުން އެކަން ކުރި މީހާއެވެ.

ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ގުރުއާން އަންދާފައި ވަނީ ސްވިޑެންގެ ސްޓޮކްހޯމް މިސްކިތެއްގެ ބޭރުގައި އިރާގުގެ ރައްޔިތެއް ކަމަށްވާ ސަލްވަން މޮމިކާ ނަމަކަށް ކިޔާ މީހެކެވެ. މޮމިކާ އެކަން ކުރީ މި އަހަރުގެ އަޟްހާ އީދުގެ ފުރަތަމަ ދުވަހުއެވެ. އޭނާގެ މި އަމަލާއި ގުޅިގެން މުސްލިމުން އެކި ގައުމުތަކުގެ ވެރިންނާއި އެ ގައުމުތަކުގައި ތިބި މުސްލިމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އުމުރުން 37 އަހަރުގެ މޮމިކާއަކީ ކުރިން މުސްލިމެކެވެ. އޭނާ ވަނީ އިރާގުން ސްވީޑަންއަށް ހިޖުރަކޮށް ސްވީޑަންގެ ރައްޔިތުކަން ހޯދައިފައެވެ. ސަލްވަން ބުނާ ގޮތުން އޭނާ މިހާރު އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ. އޭނާ ވަނީ ގުރުއާން އެންދުމުގެ ކުރިން ގުރުއާނަށް އޫރުގެ މަސް ވެސް އަޅައި އަދި ފައިން ވެސް އަރައިފައެވެ.

ޕަލޫޑާން އަކީ މުސްލިމުންނާ ދެކޮޅު ސިޔާސީ ފިކުރެއް ގެންގުޅޭ ސިޔާސީ ލީޑަރެކެވެ. އޭނާ ގުރުއާން އެންދި މައްސަލަ އެ ފަހަރު ވެސް ދުނިޔޭގެ އިސްލާމީ ލީޑަރުންނާއި ގައުމުތަކުން ކުށްވެރި ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ކަލޭ ހިތާމަފާޅުކުރިންތަ؟ ބަޔަކު ހިތާމަ ކުރިއަސް ނުކުރިއަސް އެ ގޮތެއްފޮތެއް ނެތް ބަޔަކު އެކަންތައް ކުރާނެ.

    3
    8
    • ސާމް

      އެކަން ކުއްވެރިކުރުން ހުރިހާ މުސްލިމުންގެ މައްޗައް ވާޖިބު.

  2. ޙަބީބު

    މިސަރުކާރުން ޤރުއާނުގެ އެންމެ އާޔަތަކަށް ވެސް ޢަމަލެއް ނުކުރެއެވެ. ފާޙިޝް ކަންކަން ޕްރޮމޯޓްކުރުމާއި ރީތިކޮށްދީ ހިތްވަރު ދިނުމަކީ ސަރުކާރުގެ ބައެކެވެ. މިކަން ވެސް ނިމިދާނެއެވެ.

    6
    1
  3. ދިވެހި މުސްކުޅިން

    ޝުޖާ ތިބާ ތިބާ ތިހުރީ މި ދުނިޔޭގައިތޯ ؟ މި ދުނިޔެން އެންމެ ފުރަތަމަ އެކަމާއި ދެކޮޅު ހެދީ ސައުދީ އިން ދެން ދެކޮޅު ހެދީ މި ދިވެހިރާއްޖެއިން އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުންކަން ތިބާޔަށް ނޭގުނީ ތިބާގެ ޖާހިލުކަމުން ނޫންބާ

    9
    2
    • ތުއްތުނާ

      ޖާހިލުކަމަކުންނޫން ހުންނަގޮތެއްނެތްކަމުން

  4. ތުއްތުނާ

    ކުށްވެރިންގެފަރާތުން ޔާމީނު އެކަންކުށްވެރިކުރިބާ ؟ ނުކުރާނަމަ ހިތާމަހުރި

    3
    1