ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ، ދަފްތަރު ނަންބަރު 4976، އިބްރާހީމް އަޒުމީލް (40އ) އާއި ކ. ތުލުސްދޫ، އުދުހޭކޮކާ، ޢަބްދުލްމަޖީދު ޢަބްދުﷲ (30އ) ކަމަށެވެ.

މި ދެމީހުން ހޯދަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

ފުލުހުން އެދިފައިވަނީ މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.