ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމީ އިސްލާމީ ފަތުވާ މަޖިލީހުގެ ނިންމާއި ދެކޮޅަށް ކަން ހާމަވެއްޖެއެވެ.

މިއަހަރުގެ ޖުލައި 09 ވަނަ ދުވަހު އިސްލާމީ ފަތުވާ މަޖިލީހުން ނިންމާފައިވާ ނިންމެވުމެއްގެ ކޮޕީ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެނިންމުމުގައި ވަނީ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި އަންހެން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތް ހޯދުމަށް ކުރި ދިރާސާ އިން ހާމަވެ އެނގުނީ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އިސްލާމީ ޝަރީޢަތުގައި ތިން ރައުޔެއް އޮންނަ ކަމަށެވެ.

އޭގެ ތެރެއިން ފުރަތަަމަ ރައުޔަކީ ސުންނަތް ޖަމާޢަތުގެ ހަތަރު މަޒުހަބު ކަމުގަައިވާ މާލިކީ މަޒުހަބައި، ޝާފިޢީ މަޒުހަބައި، އަންބަލީ މަޒުހަބާއި، ޙަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާޢަތުގައު ނުހިމެނޭ ޝީޢާއިންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބްޟީންގެ ރައުޔެވެ.

އެރައުޔަކީ އެއްވެސް ކަހަލަ ގަޟިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށްވިޔަސް ނުވަތަ ޤިޞާޞާއި، ޙައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް އަދި އެނޫން މައްސަލައެއް ކަމުގައި ވިޔަސް އެމައްސަލަތައް ބަލައި ޙުކުމް ކުރުމަށް އަންހެނަކާއި ހަވާލު ކުރުމީ ހުއްދަނޫން ޙަރާމް ކަމެކެވެ. މިކަމުގައި ހަވާލުކުރި މީހާ އާއި ހަވާލުވެވުނު މީހާ ވެސް ފާފަވެރިވާނެ ކަމަށް ފަތުވާ މަޖިލީހުގެ ނިންމެވުމުގައި ވެއެވެ. އަދި އެޙުކުމަކީ ޙައްޤަށް ވާސިލް ވިޔަސް ތަންފީޒު ނުކުރެވޭނެ ޙުކުމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ.

ދެވަނަ ރައުޔަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާއި ގިސާސް ހިފުމުގެ ގަޞިއްޔާތައް ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެކަމަށް ބުނާ ރައުޔެވެ. މިއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރައުޔެވެ.

ތިންވަނަ ރައުޔަކީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ބުނާ ރައުޔެވެ. މިރައުޔުގެ ވެރިޔަކީ އަލްއިމާމުއް އަބަރީ ކަމަށާއި މިރައުޔަށް ތާއިދުކުރާ އެއްވެސް ދަލީލެއް ނެތް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ.

ތިން ރައުޔަށް ބެލުމަށް ފަހު ރާއްޖޭގެ ފަތުވާ މަޖިލީހުން ވިދާޅުވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔެވެ. އެއީ ފުރަތަމަ ރައުޔެވެ.

"އެއީ އެރައުޔުގެ ދަލީލްތަކާއި ހުއްޖަތުތަކުގެ ވަރުގަދަ ކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަށް ވާތީއެވެ." ފަތުވާ މަޖިލީހުގެ ނިންމުމުގައި ވެއެވެ.

ދެވަނަ ރައުޔަކީ ދަލީލުގެ ގޮތުން ބަލިކަށިވެފައި އިސްލާމީ ޝަރީޢަތުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތައް ޝާމިލްވެފައިނުވާ ރައުޔަކަށް ވާތީ އެރައުޔުގައި ބުރަދަނެއް ނުވާކަމަށް ފާހަގަ ކުރެވޭ ކަމަށާއި އަދި ތިންވަނަ ރައުޔަކީ ދަލީލެއް ނެތިފައި، އަލްއިމާމުއްޠަބަރީގެ ބަސްފުޅެއް ކަމާމެެދު ޝައްކު އުފެދިފައިވާ ރައުޔެއް ކަމަށްވާތީ އެރައުޔުގެ ވެސް ބުރަދަނެއް ނެތް ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުގެ ނިންމުމުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ޞާލިހް މިއަދު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ވަޓް

    ނާހަމަ ތެދެއްތަ! ދެން ކިހިނެތް ހަދާނީ!!! އަންތަރީން ވެއްޖެ! ގައިމު މީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ދޯ؟

    74
    7
    • ސައްތައިން ސައްތަ

      އިސްލާމީ ގައުމެއް މީ އެކަމަކު މިތާކުރޭ ވައްކަންވެސް މިދިޔަ ފަސްއަހަރުވެސް އެކަން ބަރާބަރަށް ކުރި. އޭރު ތިބޭފުޅާ މިދުނިޔެއަށް އުފަންނުވާތީ މިދިޔަ ފަސްއަހަރު ހިގާދިޔަކަންތަށް ތިބޭފުޅާއަށް ނޭގިއޮތީ.

      4
      52
      • ކޮމެންޓްކުރާމީހާ

        މިދިޔަ ފަސް އަހަރު ކީއްކުރަން....މިހާރުވެސް ހަމަ ބަރާބަރަށް ވައްކަންކުރޭ އެބަ...އެހެންވީމާ ސައްތައިން ސައްތަ މިދިޔަ 5 އަހަރު ދުނިޔޭގައި އުޅެފައި މިހާރު ތިއުޅެނީ މާސްގައި ދޯ..ދިވެހިންނަކީ ހާދަހާ ޖަދަލުކުރުން ގިނަބައެކޭދޯ...އަންހެނުން ޤާޒީންނަށް އިސްކުރުމަކީ ރަނގަޅުކަމެއްނޫންކަން އެނގޭއިރުވެސް ހަމަ އެބަ އެކަމުގައި އެބަ ދައްކަންނުބާ ވާހަކަދައްކާއެބަ

        43
        2
  2. ގަމާރު

    ބަލާ ނުކިޔަވާ ހުރި އުޑެއް ބުޑެއް ނޭނގޭ ލާދީނީ ގަމާރަަކަށް ދީނުގަ ކަންކަން އޮންނަ ގޮތެއް މުހިންމެއް ނުވާނެޔޭ..! އެވަރު ނޭނގިތަ އޭނަ %100 މުސްލިމް ގައުމެއްގެ ވަލިއްޔުލްއަމްރަކަށް ހޮވީ..؟! ދުފާ ރަތް ކޮށްލައިގެން ދެއަތް ފަޅަފަޅައިގެން ދާވަރަށް އަތް ޖަހަން ތިބެބަލަ..!

    81
    6
  3. ހުދުހުދު

    އަންހެނުން ފަޑިޔާރު ކަން ކުރުމަކީ ކަނޑަ އެޅިގެން ހަރާމް ކަމެއް. ސޯލިހު އިސްލާމް ދީނަށް ގޮންޖަހަނީތަ؟ ކޮބާ އޭނަ ވެރިކަމްށް ގެނަ ޝޭހުން ދެން އަތް ޖަހަން ތިބޭ

    92
    6
  4. ޢަލީ

    ހީވާގޮތުން ނަޝީދު ދިޔަމަގުން ޞޯލިޙް ވެސް ދާންބޭނުން ވެގެން އެއުޅެނީ. ޞޯލިޙަށް ވެސް ނަޝީދު ހެން ދީނަށް ގޮން ޖަހަން ގިނަ ދުވަހަކު ނުހުރެވޭނެ ކަމަށް ބަލާ.

    80
    3
  5. ޢިޅިޠާށް

    މާދަމާ އިސްލާމީ މަރުކަޒުގެ އިމާމުކަން އަންހެނަކަށްދީ، ރަސޫލާ ދުވާދެއްވި މީހާކަމަށް ބުނާ މީހާ ކުރާ ހުރިހާކަމެއް ހިލޭސާބަހަށް މަސައްކަތްކުރާ ދީނީ ޑިޕްލޮމޭޓުންނަށް ރަނގަޅުވާނެ... މުޅި ގައުމުގަ ފިތުނަ އުފައްދާފަ ހުރިހާ ހައިވާނުން ގޮސް ހައްޖުވެފަ ސެލްފީނަގާފަ ޑިޕްލޮމެޓިކު ޕާސްޕޯޓުގަ ދަތުރުކޮށްފަ މުސާރަނުލިބޭ ވަޒީފާއެއްގައޭ އުޅެނީ ބުނީމަ އެއޮތީ ޢިލްމުވެރިންގެ ދައުރު އަދާކުރެވިފަ..

    66
    5
    • ޙަލާލް

      ޙަޖަމް ބުރޯ. ޔާމިން އަށް ވެރިކަން ގެއްލުނީ އަނިޔާވެރިކަން ޙައްދު ފަހަނައަޅާ ދިއުމުން. ދީނަށް ފުރައްސާރަ ކުރަންޏާ ޞޯލިޙް ވެސް ދާނެ އައްނި ދިޔަމަގުން

      2
      2
      • އަން

        އަނިޔާވެރިކަމަކީ ކޮބާ؟ ކަލޭގެ ކަރުގަ ހިފާ މަރާލަން މީހަކު މަސަތްކުރީމަ ކަލޭގެ ފުރާނަ ސަލާމަތްކުރަން ވެގެން އޭނަ ކޮށްޕާލިޔަސް ކަލޭ އޭނަޔަށް އަނިޔާވެރިވި ކަމަށްތަ ބަލަންވީ.
        ދެމީހަކު ދުޝްމަނުވެގެ ނުކުމެ އެކަކު އަނެކަކު މަރާލިޔަސް ދެމީހުންވެސް ފާފަވެރިވުމުގައި ހަމަހަމަ

  6. ޖަހާންގީރު

    ތިކަމާއި ޙައިރާނެއް ނުވޭ ލާދީނީ ބައިގަނޑު ގެ ބޮޑަކަށްހުރީ ހިންދޫންދެކެ އިންތިހާއަށް ލޯބިވާ ޖެޒުއިޓެއް ދެން ހުރީ ނަމަކަށް ހުރި މަރުމޯލެއް އޭހެ ފަހަތަށް ތިބީ ދީނަށް ފުރައްސާރަ ކޮށް ވާހަކަދައްކާއިރަށް ހޯބޯލަވާ އަތް ޖަހާ ކޮހުން

    54
    4
  7. ޝަމީމް

    ހަލާދަޑީގެ ދެކޮޅު ބައްލަވާ ތިޔަބުނާ ދެކަބަލުން އެކަކު ވަނީ ރާއްޖޭގެ ހައިކޯޓުގެ ފަޑިޔާރު ކަން ކޮއްފަ އެނަކަކު ވަނީ ސިވިލް ކޯޓުގެ ފަޑިޔާރުކަން ކޮއްފަ އޭރުތިޔަ ފަތުވާދޭ މަޖިލިސް ނުވަތަ ޝޭޚުން ހަނުތިބީ ކީއްވެތޯ؟

    11
    56
    • ދޮންބެ

      ތަންކޮޅެއް ކުރީދުވަހެއްގަ ކަލޭ ކަންފަތް މަތީ މީހަކު ޖަހާފަ އޮތުމަކީ މިއަދު ކަލޭ ކަންފަތްމަތީ މީހުން ތަޅަންޖެހޭ ސަބަބެއްނޫން. ނޭންގޭ ކަންކަމާ ކޮމެންޓް ކުރަނީ ކީތްކުރަންތަ؟

      11
      1
  8. ....

    ތި މަޖްލިސް ގޮވާލަން ތިފަދަ ދިރާސާ ކޮއްގެން ގެނެސްދޭން މިވެރިކަމާ މަޖްލިސް އަދި ކޯޓްތަކުގެ ސައްހަ ކަމާ ބެހޭ ގޮތުން....

    20
  9. ައަހުމަދު

    އެމް.ޑީ.ޕީ ގަވެސް ވަގުން، މަގާމުތަކާއި އެވޯޑުތައް ދެވެނީވެސް މުޅިންވެސް ދީނަށް ހަޖޫޖަހާ މީހުނަށް.. މަ ދެން އެމް.ޑީ.ޕީ އަށްވެސް ޓާޓާ. ގައުމު އިންޑިއާ ޓެރެޓަރީ އަކަށް ހެދުމަށް އުފެދުނު ފިކުރާ ދުރަށް ދާންޖެހޭ.

    40
    2
  10. ޙަސަނު

    ޢެކަކަށް އައްޝޭހް ވަލިޒިނޭ.

    27
    1
  11. އައިސް

    ޝަމީމު ކިޔާބޭފުޅާ ވަރަށް ހަނދުމަ ކޮށް ބަލަ އެކަމާ ނޫންތޯ މައުމޫނު ކާފަރު ކޮށް ފަތުވާ ނެރުނީ އަދާލަތު ނޫސް މި އޮތީ ކުރިން ލިޔުނު ލިޔުންތައް ފޮނުވަންތޯ....ޔަހޫދީ ވާޝަނޭ...މައުމޫނު ވާޝަނޭ ކިޔާފަ....އިލްމު ވެރިން ވިކިފަ...

    25
  12. ސާދަތާ

    މި ޤައުމު ހަލާކުން ހަލާކަށް މިދަނީ ދީނީ ޢިލްމުވެރިންނޭ ފަތުވާ ކޮމެޓީގެ މެމްބަރުންނޭ މިޤައުމު މި ޖާހިލު ވެރިންގެ ކިބައިން ސަލާމަތް ކޮށްދެއްާށެވެ.

    37
  13. ސީނު

    ސުބްހާނަﷲ.....މިދިވެހި ގައުމު ލާދީނީ މީހުންގެ ކިބައިން ސަލާމަތްކޮށްދެއްވާނދޭވެ.....އާމީން

    35
  14. ޙަމީދު

    ޜައީސް އައް ހަލަކު ހުރި، އޭނަގެ ރަސްކަން ހަލާކު ކުރައްވާށި

  15. ސަރް

    ކޮބާ ސިފައިންނޭ.. ކަލޭމެންގެ ހުވަޔާއި ޒިންމާކޮބާ.. ނަރަކައިގަ ތިބޭނީވެސް ހައްޕު ކިޔައިގެންތޯ..؟

  16. ރަޝީދު

    ރައީސަށް އައްސަރިބަހާ ސާބަސް ރައިސް ސޯލިހޮގެ ނިއްމުން ރަނގަޅު ، ސަރުކާރުގެ ހުރިހާ ނިއްމުމެއްވެސް ހަމަ ބަރާބަރު މަހަމަ ތާއީދު

    1
    7
  17. ޙހހ

    މި ދެކަނބަލުން ފައިސާޔަށް ނުގުޑާނެކަން އެގޭތީ ބަޔަކުމީހުން މޭކަރާތީ ތެޅިފޮޅެނީ...

  18. މޖ

    ފަތުވާ މަޖްލިސް، ހޭލީތަ، މި ގައުމުގައި ހިންގާ އެހެނިހެން އިސްލާމް ދިނާ އިދިކޮޅަށް ހިންގާ ކަންކަމަށްވެސް ބަސް ބުނެ އެކަން ހުއްޓުވައި ދެއްވުން މިގައުމުގެ މުސްލިމުންގެ ފަރާތުން އެދެން

    4
    1
  19. ކޮކީ

    ތި ކަމުގައި މި ސަރުކާރުން ބަލާނީ އިންޑިއާގެ ރައުޔަކީ ކޮބާތޯ

  20. ތަކުރު

    މިއަދު ދުނިޔޭގަ ކޮންމެކަމެއްވެސް ކުރެވިދާނެ އެކަމަކު މި ދުނިޔޭގައި ފަަފަވެރި ވުމުގެ އިތުރުން އާޚިރަތްދުަހުން އިބްރާހީމް މުޙައްމަދު ސާލިހު އަށްކަލާންގެ ހަޒުރަތުގައި ޖަވާބުދާރީ ވާނީި ކިހިނެއްބާ

  21. ދުރުމި

    ޢެެއީ މިސަރުކާރު ގަދަކަމަކީ. ދޯ މަހްލޫފް.

    2
    1
  22. Juhaa

    ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާކަށް ތިމަންނާއަކަށް ނުޖެހޭނެޔޭ ބުނި މީހެއްގެ ފަހަތުގައި އުޅޭ ބަޔަކު އިސްލާމް ދީނުގެ ޙުކުމްތަކެއް ގަބޫލެއް ނުކުރާނެ.