އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކޮށް ނިންމާލެވޭނެ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިގޮތަށް ވިދާޅުވީ، ވެރިކަން ކުރާ އެމްޑީޕީން މިހާރު ކުރިޔަށްގެންދާ ކައުންސިލަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދު ވިދާޅުވީ، އެމްޑީޕީން ރިޔާސީ އިންތިޚާބަށް އެކުލަވާލި މެނިފެންސްޓޯގެ އެންމެ ފުރަތަމަ ކަމަކަށްވެސް އޮތީ ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހުކޮށް ފަނޑިޔާރުގެ ސާފުކުރުން ކަމަށެވެ.
"އެންމެ މުހިންމުކޮށް ކުރުމަށް އަބަދުވެސް ނިންމިފަ އޮތް ކަމަކީ ފުރަތަމައިނުން ޝަރުއީ ނިޒާމް އިސްލާހު ކުރުން. ފަނޑިޔާރުގެތައް ސާފު ކުރުން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ކުރުމަށް ނިންމާފައިވާ ހުރިހާ ކަމެއްވެސް ތާވަލްކޮށްފައިވާ ގޮތާއި އެއްގޮތަށް ކުރިޔަށްދާ ކަމަށެވެ. އެގޮތުން އެންމެ އުމްރާނީ ޕްރޮޖެކްޓުތަކާއި، ލާމަރުކަޒީ ނިޒާމުގެ ބޭނުންތަކާއި، އެންމެ ކުޑަ އުޖޫރަ އާއި ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ ނިޒާމާއި މަހުގެ ހަމަ އަގު ލިބުންވެސް، އިންތިޚާބަށް ނިކުތްއިރުގައި އެމްޑީޕީން ވެފައިވާ ވައުދުތަކާއި އެއްގޮތަށް ހިނގަމުންދާ ކަމަށެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތަކީ އެމްޑީޕީ މެނިފެސްޓޯގެ އެންމެ ފުރަތަމަ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޝަރުޢީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް އިން ކުރަމުންދާ ކަމަށް ވެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމުގެ ގާނޫނަށް އިސްލާހް ގެނެސް އެ ގާނޫނު ވަނީ ފާސްކޮށްފައެވެ.
ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަނު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެ މަޤާމަށް ދެ އަންހެން ބޭފުޅަކު އައްޔަނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖޭއެސްސީއަށް ލަފާއަށް އިއްޔެ ފޮނުވި ދެ ނަން ފާސް ކުރުމަށް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީފައެވެ. ޖޭއެސްސީ އިން މިގޮތަށް ލަފާދީފައި ވަނީ، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ނިންމައި، އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް އެއީ ދީނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
ފަތުވާ މަޖިލީސް އިން މިގޮތަށް ނިންމާފައި އޮތްކަމުގައި ވީނަމަވެސް، ސަރުކާރަށް ތާއީދުކުރާ ގިނަ ފަރާތްތަކުން ދަނީ އެ ނިންމުމާއި ދެކޮޅަށް އެކަމުގައި ޚިޔާލުފާޅު ކުރަމުންނެވެ. ހަމަ އެހެންމެ އެ މަޤާމަށް އަންނަ ހޯމައިގެ ކުރިން ދެބޭފުޅުން އައްޔަނުކޮށް ނިންމާލެވޭނެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު، ދީނީ އިލްމުވެރިންނާއި ފަތުވާ މަޖިލީހަށް ގޮންޖެހުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެބޭފުޅަކު އައްޔަނުކުރާނެ ކަމަށް ބެލެވެއެވެ.
ދައުރު ހަމަނުވަނީސް އަންނި ގޮޅިއަކަށް ފައްތާލަން ޖެހޭ. އަންނި އިސްތިއުފާ. އަންނިއަކީ ދިވެހިންނަށް ޖެހިފައިވާ މުސީބާތެއް.
މި ބީތާތަ ރައީސުލްޖުމްހޫރިއްޔާއަކީ؟
ތަންތަން ހަލާކުކޮށް ފަނާކޮށް ސުންނާފަތި ކުރުމަށް މިމީހުން ބުނެއުޅޭ ބަހަކީ "އިސްލާހް"
ފެބްރުއަރީ 08 ގައި ވެސް އެއީ އިސްލާހްގެ ފުރަތަމަ ބުރު ދޯ.. ހައްހައްހާ.. އެހެންވީމާ މިފަހަރު އިސްލާހު މިފަށަނީ އެންމެ މަތީ ކޯޓުން ދޯ
އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކޮށް ނިންމާލިޔަސް އަހަރުމެންނަށް ވަރިހަމަ. ރަނގަޅެއް ނަމަ ރަނގަޅު. ނުބަޔެއް ނަމަ ހަމަ ދޮންކަލޯއަށް އޭގެ ރަހަ ފެންނާނީ.
ރަނގަޅުކަމަކަށް ރަނގަޅުހުއްޓޭ، ނުބައިކަމަކަށް ނުބައިހުއްޓޭ
ނުވެސް ފެނުނަސް އިންސާނުންނަށް، ޚުދާ ދެކިވޮޑިގެނޭވާނީ.
ހޯމައެއްގެ ކުރިން ފޮށިތަންމަތި ތައްޔާރުކުރައްވާ ޔޫކޭ އަށް ދާން އިން ޟާ ﷲ
ތީއަޅެ ކާކުތަ؟؟ ކީއްވެގެންތަ ތިތެޅެނީ؟؟ ކަލެޔަށް ހީވާކަހަލަ ތިމަންމީ މަތިންފައިބެ ހުރިމީހެކޭދޯ...ކަލެޔާވެސް ސުވާލުވެވޭނެ އިންސާނާ ތެޅިއަރުވާފާޑެއްދޯ..އާން ކިނދިހިންޏަކަށް ލޯމޮހޮރެއް މައްޗަށް އެރުނީމާ ދުނިޔެފެންނާނީ ރަންކޮށް ދެންތެޅެނީހަމަ..ވެއްޓުނީމަ ހަމަބިމަށް އާދެވޭނެ...ސޮރާތުމާބޭނުން އެއްޗެއްނެހެދޭނެ އިންޝާﷲ މާތްﷲ އަށްވުރެތިމާބާރުގަދަހެން ހީވަނީތަ އެކަލާންގެ ދީނަށް ގޮންޖަހަނީތި...
މާލަސް މިހާރުންމިހާރަށް.ކުރޭ.
މަރްހަބާ. ވަރަށް ރަގަޅު ނިންމުމެއް. މެލޭޝިޔާ، އިންޑޮނީޝިޔާ، ގަތަރު، ޕާކިސްތާނު، ޔޫއޭއީ، ޖޯޑަން ފަދަ ބޮޑެތި އިސްލާމީ ދައުލަތް ތަކުގައިވެސް އަންހެން ފަޑިޔާރުން މިހާރުވެސް އެބަ ތިބި.
ތިބުނި ގައުމުތަކަކީ އިސްލާމީ ގައުމުތަކެއް ކަމުގެ ހެކި ދައްކަބަލަ...އަހަރެން މިހުރީ ކެރިގެން އިންޝާﷲ އެއީ އިސްލާމީ ގައުމުތަކެއް ނޫންކަމުގެ ހެކި ދެއްކުމަށް....އިސްލާމީ ގައުމެކޭ ބުންޔަސް އިސްލާމީ ގައުމަކަށް ނުވާނެ...
ތިބުނާ ބަޔެއް ގައުމުތަކުގައި ނައިޓްކުލަބު ވެސް ހިންގޭ އަދި ކެސިނޯވެސް ހިންގޭ އަދި ބާރތަކާއި ޕަބުތައްވެސް ހިންގޭ. އޭގެމާނައަކީ މިގައުމުތަކުގައި ހިންގާ ކަންކަމަކީ އިސްލާމްދީނުގައި ހުއްދަކަންކަމައް ވީތޯއެވެ.؟ ބުއްދި ފިލައި ނުދަނީސް ބުއްދީގެ ބޭނުންކުރައްވާ..
މެލޭޝިއާ ،އިންޑޮނޭޝިއާ ،ޤަތަރު ، ޕާކިސްތާނު ، ޔޫއޭއީ ، ޖޯޑުންފަދަ ގައުމުތަކުގަ ޣައިރުމުސް ލިމުން އަޅުކަން ކުރާ ފައްޅިތަކާ ޗާޗްތައްވެސް ހުރޭ ދެންއެފަދަތަންތަން ވެސްހަދަންވީތާ އަލީބަލީ ތިބުނާގޮތުން
ސްޕްރީމްކޯޓް ކަލޭމެންގެ ބާރުގެދަށައް އައީމަތާ ދިވެހިންނަށް ބޭނުން ދީނަކަށް އުޅެވޭނީ. ޝަހިންދާ އާއި ވެނެޒިލީ ފަދަ މީހުން މިހާރު އުފާކުރާނެ. ކޮބާތަ ސޭކު؟ ދުޢާދެއްވިފައިވާ މީހެއް ވެރިކަމު މިހިރީ. ކުރިޔަށްއޮތާ ވަރަށް ކަންތައް ފެންނާނެ.
ލާދީނީ މީހުންގެ ލީޑަރު ލާދީނީ އިބްލީސް.
ތީ ސަދޫމް ކޯޓުގެ މިޒަމާނުގެ ކޯޓް، ދެންވެސް މި ކޯޓް އިތުރަށް ވެސް އެވީ ސަދޫމް ކޯޓަކަށް، މި ބައިގަނޑަށް ތާއީދު ކުރާ މީހުން ދެން ތިބޭނީ ވަރަށް ވެލާފަ.
މީނަ ބޯ ބާލާފަ ފިނިފެންކަފަގަޑެއް އަޅަން ފެނޭ އެބުރުންް ފިލާތޯ މިކަހަލަ ވާހަކަ ދެއްކެނީ މީނަ ބޯ ބީތާވެގެން ކަމަން ފެންނަނީ އިސްބަގުލު ފަނިވެސް ދޭއްވީ މިދޮންކަލޯ ރަގަޅު ކުރަން މަ ވަރަށް ބޭނުންވޭ
لا إله إلا الله محمد رسول الله.
لا إله إلا الله محمد رسول الله
ކަލޭތީ ހާދަ ގަދަބަސް ބުނާ މީހެކޭ ހޯމަ ދުވަހު މަޖިލިސް ބޭއްވޭނެ ކަން ކަލެއަށް ޔަގީންތަ ބުއްޅަހޮއްކޮ
މީ ހާދަ ޖައްބާރު ބައެކޭ، މިމީހުން ހިތުހުރިގޮތަކަށް ކަންތައް ކުރަމުން މިގެންދަނީ، އިސްލާމީ އަޤީދާ މިހާ ބަލިކަށި ބަޔަކާ ވެރިކަން ހަވާލުކުރީމަ ވާނެ ހައެތި ވެފަ މިއޮތީ
ޢަމިއްލަ ސިނކުޑި ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނަށް އަންނި އަކީ ގައުމުގެ ހަލާކުކަން އެނގޭނެއެވެ.
ރޔ. ގެ މައްސަލަ ސްޕްރީން ކޯރޓްގައި އިސްތިއުނާފް ކޮށްފާނެތީ ބާރު ހިނގާ އައުވާނުން އައްޔަނު ކުރަން ތެޅިފޮޅެނީއެވެ.
ދީނީ ޢިލްމްވެރިން ދެެކޮޅު ހަދާ ކަމެެެއްވީމަބާ މުނާފިގު ކަލޭގެ ތިޔަކަން ތިޔަހާ އަވަސް ތިޔަކުރަނީ
މާފަންނު ސަހަރާގައި ކަށްވަޅު ކޮނެގެން ބަޔަކު އެބައުޅޭ. ނިކަން އަވަހަށް އެ ޚަބަރު އޮޅުންފިލުވާ ދީބަލަ. މުލިއާގެތެރޭވެސް ކޮންމެ ރެއަކު ދުން އަރުވައިގެން ގަނޑެއް ގަންނަ ވާހަކަވެސް ދައްކާ ވިއްޔަ.
ނޫނޭ.. ނޫނޭ މުސްލިމުންނޭ އަދިވެސް ބަލަންތިބޭ.. ސަފެއް ހަމަނުވާ ފަތިސްނަމާދު ޖަމާތައް އަރާލާފައި ގެޔައްގޮސް ޓުވިޓާ ޕޯސްޓެއް ނުވަތަ ފޭސްބުކް ޕޯސްޓެއް ކޮއްލާފަ ފޮތިފިހާރާގަ މުޅިދުވަހު ފޮތި ކަނޑާދީފަ ގެޔައް އައިސް ކާލައިގެން އެނދައް އަރާ ތިބޭށެވެ. ގައުމަކައް ދީނަކައް ވާގޮތަކީ ކޮންމެހެން މާ މުހިންމުކަމެއް ނޫންތާއެވެ. ތިމާމެން ފާފަ ނުކޮއް ތިބީމާ އެނިމުނީނުން ދޯ..
މިސްޓަ ޝައިތާން.. މަނިކްފާނައް އައު ނުބައިކަމެއް ކޮއްލުމުގެ ފުރުސަތު ލިބުނީތޯ..؟
"އައްޔަނު ކޮއްލާނަން"......."ނިންމާލާނަން"........."މިހެން ހަދާލާނަން"......."އެހެން ހަދާލާނަން".. އޭ މިހިރަ ނިކަމެތި އިންސާނާ. ބިންތައް ފަތްފަތް ޖައްސަވާލައްވާ ﷲ ސުބްހަނަހޫ ވަތައާލާ އެކަލާނގެ އަތްޕުޅަށް ނަންގަވާ ބިންމަތީ ގަދަކަންދައްކާ...ގަދަބަސް ބުނެއުޅުނު މީހުން މިއަދު ކޮބައިތޯ ވަހީ ކުރައްވާ ހިނދު ދެން ހަދާނީ ކިހިނެއްބާ...
ކކބކ. ށުކުރިށްޔާ ރައީސް ނަށީދް.
އެއްކަލަ މީހާ ގަދަބަސް ބުނަން ފެށީ ދޯ... ކުރިން ކަންތައް ހަނދާނެއް ނެތް ދޯ؟
ﷲ އާއި އެއިލާހުގެ ރަސޫލާ ގޮތް ނިންމަވާފައިވާ ކަންކަމުގެ މައްޗަށް ބަސްކިޔުން އެއްވެސް މަޚުލޫޤަކަށް ހުއްދަވެގެން ނުވެއެވެ
އަބީ ބަކްރަތަ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ފާރިސްގެ އަހުލުވެރިންގެ މައްޗަށް ، ކިސްރާގެ (ފާރިސް ކަރައިގެ ރަސްގެފާނު) އަންހެންދަރި ވެރިކުރުވި ޚަބަރު ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލިބުނު ހިނދު ޙަދީޘްކުރެއްވިއެވެ
"ވެރިއެއްގެ ގޮތުގައި އަންހެނަކު އެބައެއްގެ މައްޗަށް އިސްކުރުވައިފި ބަޔަކު ، ކާމިޔާބު ނުވާހުއްޓެވެ."
[ޞަޙީޙުލް ބުޚާރީ ، 4425]
" އަދި اللَّه އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ.
އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."
[ސޫރަތުލް އަޙްޒާބު 36]
ބަލަ މަނިޓަރީގެ ގަވަރު ނަރަކުނެތްތާ ދެހަފުތާ އިންފޮމޭޝަން ކޮމިޝަނަރަކު ނެތްތާ ދޮޅު މަސް ކޮބައިތަ ގާނޫނުގެ ވެރިކަން ދަމަހައްޓަން ތިމާ މެން ކުރި ހުވާ... ކުރިން ގޮވާނެ ގާނޫޏނީ ހުސްކަމޭ.... ދެވެރިން ވެސް ތިޔަ ތިބީ ގާނޫނާ ޚިލާފުވެފައި ... މީހުންގެ ހައްގުތައް ގެއްލެނީ އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަށް މައްސަލައެއް ބެލޭ ކަށް ނެތް މީ ރައްޔިތުންގެ ހައްގު ނިގުޅި ގެއްލިގެން ދަނީ މަނިޓަރީގެ ބޮޑެތި ކަންކަން ނުނިންމޭ
We vote for mdp thinking they will not go against religion again but they prove that still they dont respect Quran and Allah..
ކަލޭމެންގެ ބަޔެއްގެ މޮޔަކަމުންނާއި ދަހިވެތި ކަމުން އެމްޑީޕީއަށް ވޯޓްލާ ހޮވީ. އަނެއްބައިމީހުން ވޯޓުއެޅީ ހަމަ އިސްލާމްދީނާއި ދެކޮޅަށް، އެހެންދީންތަކުގައި ރާއްޖޭގައި އުޅެވޭނެ ގޮތް ހެދުމަށް. މުނާފިގުންނަކީ މުނާފިގުން. ނުވިސްނޭ މީހުންނަކީ ނުވިސްނޭ މީހުން. ނުވިސްނޭ މީހުންނަށް މާތްﷲގެ އިރާދަފުޅުން ކޮންމެވެސް ދުވަހަކުން ތެދުމަގުލިބި ވިސްނޭނެ. މުނާފިގުންނަށް ދުވަހަކުވެސް ނުވިސްނޭނެ.
ޟިއީ ކޮންތާކު ދެބަންދިހާރެއްތަ މީނަގެ ސެކިއުރިޓީ ދޭން ހެޔޮވާނެތަ މި މީހާ މަގައް ދޫކޮށްލަބަލަ