ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ދައުލަތައް 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ފިނޭންސް މިނިސްޓްރީ އިން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އަދީބަށް އަންގާފައި ވަނީ އެފައިސާ ހަފްތާއެއްގެ ތެރޭގައި ދެއްކުމަށެވެ.

އެފައިސާ ދައުލަތައް ދައްކަން އަދީބަށް އެންގީ ނަސަންދުރަ ޕެލަސް ހޮޓެލް އެންޕީއެޗް އިންވެސްޓުމެންޓަށް ދިން މައްސަލައިގައެވެ.

އެފައިސާ ދައްކަން ފިނޭންސް މިނިސްޓްރީ އިން އަދީބަށް އަންގާފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އެހެންކަމުން އަދީބަށް ދީފައި އޮތް ހަފްތާއެއްގެ މުހުލަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

ނަސަންދުރަ ކުއްޔަށް ދިނުމުގައި އަދީބު ހިޔާނާތްތެރިވެފައިވާ މައްސަލައެއްގައި ވަނީ ކްރިމިނަލް ކޯޓުގައި ޖިނާޢީ ދައުވާއެއް ވެސް އުފުލާފައެވެ.

33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިފައިވާ ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ. އެމައްސަލަތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 100 އަހަރަށް ވުރެ ވެސް ދިގު ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

އަދީބު އަޑީގައި ހުރެ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާގެ އަދަދު ބިލިއަނަކަށް އަރައެވެ. އޭގެތެރެއިން އެއްވެސް ފައިސާއެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޜަނގަޅުވޭއެބަ މީނަ ހަމަ ދޫކޮށްލާށޭ ބުނީމަ ދޫކޮށްލަންވީ ނުވާނެ ތިކަމެތް ރައީތުނަްނަށް ކަނޑައެޅިގެން ހަރާންކޯރުވެފަ ހުރި މީހެތް މީނާޔަކީ ހުރި ތާކުން ރުފިޔާ ހޯދާ

  2. ވަރަށްފޫހިވޭ

    ކޮން އެކައުންޓަކަށްތަ ތި ލާރި ޓްރާންސަފރ ކުރަންވީ

  3. އެކަލޭގެ ޖަލުގާ އޮވެގެން ކިހިނެއް އެލާރި ދައްކާނީ. ބޯސަކަރާތް.

    • ޖަލުގައި އޮވެގެން ބަޔާންނެރެ އެޖެންޓުންނަށް ފޯނުން ގުޅާލެވޭ މީހަކު ބެންކް އެކައުންޓަށް އަތްނުފޯރާ ވާހަކަ ދައްކާނީ ބޯސަކަރާތް މީހުން.