ޅ.އަތޮޅު ހިންނަވަރުގައި ބަނގުރާ ކައްކަން ތިބި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ޅ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ޅ.އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ތައްޔާރުކުރުމުގެ މަސައްކަތުގައިތިބި ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހިންނަވަރު ގެއެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ އެރަށުގެ ފަޅު ގެއެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
"އެގެ ބަލައިފާސްކުރިއިރު، އެގޭ ބަދިގޭގައި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވަނިކޮށް ފެނިފައިވޭ. އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ތައްޔާރުކޮށްފައިވާ ދެ ލީޓަރުގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި ކުށުގެ ވެށިން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، މި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 27 އަހަރުގެ ދެ ފިރިހެނުންނާއި 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
އާމްދަނީ ހޯދުމަށް ކުރާބުރަ މަސައްކަތް ފަނުފުލުން ތިޔަ ދުއްވާލީ
އެކުދިންނައް ކަޅު ސައި ބޯން ދަސްދަސްކޮށްދީ
ބަނގުރަލަށްވާނީ ކައްކައި ނިމުމުން.
ވީމާ ތިކަމުގައި އެމީހުން ބަންދު ކުރިމީހުން ގޮވައިގެން ކޯޓަށް ދެވޭނެ.
ބަނގުރާ ކެއްކުމެކޭ އަންހެން ފަނޑިޔާރުން އައްޔަންކުރުމެކޭ ކޮބާ ތަފާތަކީ ؟