ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އާއި ރައީސް އަބްްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އަޒްލީން އަހުމަދުވެސް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަން ނިންމަވައިފިއެވެ.

މިދެބޭފުޅުންގެ މިރޭ ޖޭޕީއަށް ސޮއިކުރަން އުޅޭކަން ވަނީ ކަށަވަރުވެފައެވެ. މިރޭ ޖޭޕީއަށް ކުރީގެ މަޖިލީސް މެންބަރުތަކެއްވެސް ސޮއި ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ޖުމްހޫރީ ޕާޓިއަށް އަޒްލީން ސޮއިކުރައްވަން ނިންމެވިކަން އޭނާ ކަށަވަރުކޮށްދިންއިރު، ކުރީގެ ނައިބް ރައީސް ޖިހާދު އެކަން ކަށަވަރުކޮށްނުދެއެވެ.

މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅުވަޑައިގަންނަވާ ކުރީގެ މެންބަރުންގެ ތެރޭގައ،ި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް އާއި ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އާއި ކުރީގެ އިނގުރައިދޫ ދާއިރާ އިބްރާހިމް ފަލާހު އާއި ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ހިމެނެއެވެ.

ޖޭޕީއަށް ގުޅުވަޑައިގަތުމަށް ނިންމެވި އެ އެންްމެންނަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅުންނެވެ. މި ބޭފުޅުން ކުއްލިއަކަށް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވަން ނިންމެވީ ކީއްވެގެން ކަމެއް ނޭގެއެވެ.

އެހެން ނަމަވެސް މި ބޭފުޅުން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުން ނުފެންނަތާ ދުވަސްތަކެއް ވެދާނެއެވެ.

މީގެ އިތުރުން އިތުރު ބޭފުޅުންވެސް އެ ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނަމަ

  ގާސިމު ހުލިވާން ކާރިވީ ކަންނޭގެމި

 2. ފާތުން

  ކޮބާ ހީވޭ ކަމެއްހެން

  4
  1
 3. ކޮރަލް

  ކޮރަޕްޝަނުން ސަލާމަތް ވާން ވަންނަ ޕާޓީ އެކެވެ.

  9
  2
 4. މަހަމޫދު

  މަގައުމުގަ ސިޔާސީ ދާއިރާގަ އުޅެނީ ހުސް މިކަހަލަ ފައިސާއައް ނަފްސު ވިއްކާ ރަންޑިން ފައިސާ ލިބެންޏާ ތިމީހުން ކޮންމެ ކަމެއްވެސް ކުރާނެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނުހުންނާނެ.

 5. ހަސަނު

  ތިއުޅެނީ ޖޭޕީ ފުނޑާލަން

 6. މޯދީ

  ތި ދެ މީހުންނަކީ ވެސް ބަޔަކު ބަލައިގަންނަ ދެ މީހުންނެއް ނޫން.

 7. ހަސަން ނ

  ހިތްފުރޭވަރަށްދިނީތޯ؟