ރާއްޖޭގެ ހުރިހާ ކަމެއްގެ ހައްލު ގެނެވޭނެ ސިކުނޑިއެއް އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ އަތުގައި ކަމަށް އޭނާގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖޭޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރަން ނިންމައި ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހަމަވާނީ މިއަދު 12 ޖަހާއިރުއެވެ.

ޖޭޕީން މިހާތަނަށް އެއްވެސް ބޭފަކު ފޯމު ހުށަނޭޅުއްވިޔަސް ގާސިމް ވާދަކުރައްވަން ތާއީދުކޮށް އެ ޕާޓީގެ މެމްބަރުން އަންނަނީ މީސް މީޑިއާގައި ކެމްޕެއިނެއް ހިންގަމުންނެވެ. އެކަމަކު އިންތިހާބުގައި ވާދަކުރައްވާނެ ކަމެއް ސީދާ ގާސިމް ވިދާޅެއް ނުވެއެވެ. ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ތިއްބެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ކުރިމަތިލައްވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްގައެވެ.

ޖޭޕީން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަޒްލީން ވިދާޅުވީ ޖޭޕީގެ މާލިމީއަކީ މި ގައުމު ވަރަށް ރަނގަޅަށް ދަންނަ، ފަޅު ފަޅާއި ގިރި ގިއްޔާއި ގައުމުގެ ކަނޑުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

ގާސިމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފެންނަން ހުރި އެންމެ ތަޖުރިބާކާރު ބޭފުޅާ ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ ހަމަޖެހުމާއި ހުރިހާ ކަމަކަށް ބޭނުންވާ ހައްލު ގެނެސްދެވޭނެ ސިކުނޑިއެއް ހުންނެވި ލީޑަރަކީ ގާސިމް ކަމަށެވެ. އެހެންވީމަ، ގާސިމް ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.

"މުޅި ޖޭޕީން އެދެނީ އެމަނިކުފާނު ކުރިމަތިލައްވަން. މިވަގުތު ރާއްޖެ އަށް ބޭނުންވާ ހަމަޖެހުމާއި، މިވަގުތު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމަކަށް ހައްލު، ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެސްދެވޭނެ ސިކުނޑިއެއް އޮތް ހަމައެކަނި ލީޑަރަކީ، ގެންގުޅުއްވާ ހަމައެކަނި ލީޑަރަކީ ގާސިމް." އަޒްލީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސް

    ޕީޕީއެމް އާ މީހުން ގާސިމް ބޯ ކާލާފި،،،،،،،،

    9
    2
  2. Anonymous

    ކަލޭ ތިހަދަނީ ދޮގުކަން ހުރިހާ މީހުންނަށްވެސް އެގޭނެ. އެއްޒަމާނެއްގައި ހޯމްމިނިސްޓަރަކަށް ހުރެ އޭރުގެ ރައީސަށްވެސް ތިކަހަލަ ސަނާކި. ފަހުން ފުޅައްވެއްޓުނީ މަ ފިލަފިލައިގެން ގޮސް ތިތަނަށްވަނީ. މި ރޯދަމަހު ދެން ދޮގެއް ނަހާދާވޭތޯބަލަ.

  3. Anonymous

    ގައުމުގެ ހުރިހާ މުދަލެއް ލޫޓުވާލުމުގެ ހިޔަޅު ސިކުނޑިއެއް އޮތީ ސޭޓުގެ ބޮލުގައި. ސޭޓަކީ މުޅި ގައުމު ލޫޓުވާލައިގެން އުޅޭ މީހެއް. އެންމެ ފަހުން ޓެކްސް ދެއްކީ ކޮންއިރަކު؟

  4. މުޙައްމަދު

    ކުރިން ޔާމިން ވަރެއް ނެތް. މިހާރު ޤާސިމް ވަރެއް ނެތް. މާދަމާ ކާކުބާ. ޑާޓީ ޕޮލިޓިކްސް

  5. ޣާޞ

    ކަލޭމެން ތިއުޅެނީ މަކަރުން ތީޕީޕީެމްގެ މީހުން ކަލޭމެން ގާސިމަކައް ހެވެއްނޭދޭނެ

  6. މާބޭބެ ނޭފަރު

    މީ އަނެއްކާ އަނެއް މަރުމޯލު. މީނަމީ ޔާމީން ވެރިކަމުގައި ހޯމް މިނިސްޓްރީ ގައި ހުރި ބީތާ އެއް. ވެރިކަން ބަދަލްވީ މީނަ ބަދަލްވީ. އިލްހާމް ވަޓްއިޒްދިސް

  7. ރާއްޖެ

    ގާސިމް ގެ ގާބިލުކަން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އިރު ފެނިގެން ދިޔަ...ފައިސާ އާއި ވެރިކަމް ކުރުމަކީ ތަފާތު ދެކަމެއް.

  8. ތުއްތުނާ

    އަމިއްލަމަސްލަހަތަށްޓަކާ އެންމެބުރަކޮށް މަސައްކަތްކުރިމީހަކަށްވާނީ ގާސިމު. ކޮންމެސަރުކާރެއްގެވެސް އާރުލާމަގާމެއްވެއްޖެއްޔާ ދޭންހެނީ ޖޭޕީއަށް. އެއީކީއްވެގެންކަން އެންމެނަށްއެނގޭ. އާދެ އެއީ އަމިއްލަވިޔަފާރި ހިމާޔަތްކުރަން !

  9. ސުލޭމާނު

    ސިކުނޑި ރަގަޅުވީމަތާ ، މުއުމިނެއްގައި ގައި އެއް ހަރަކުން 2 ފަހަރުވެސް ކަށި ޖަހަނީ

  10. Anonymous

    ތީ މަގާމުގެ ބޭނުމުގައި އުޅޭ ބައިގަނޑެއް. ހޯމް މިނިސްޓަރުކަންކުރި އެންމެ ނާޤާބިލުމީހާ. ގާސިމަށް ސަނާކިޔައިގެން މަގާމުގެ ދަހިވެތިކަމުގައި ތިޔައުޅެނީ އަމިއްލަ އަތުން ކުރަން އެގޭ ކަމެއްނެތީމައި. ތިކަހަލަ މީހުންގެ ސަބަބުން ގާސިމަށް ލިބޭ ވޯޓުވާނީ މަދު

  11. ޤައުމިއްޔަތު

    ގާސިމް ކުރިން ވެސް ކޯލިސަން ހަދާފައި އޮތީ ފަޅުތަކާ ރައްތަކާ އޭނާ މީރާއަށް ދައްކަންޖެހޭ ލާރިތައް ނުދައްކާވާނެހައި ގޮތެއްވޭތޯ ބަލައިގެން. ކަން މިހެން އޮތްއިރު ވެރިކަން ލިބިއްޖެއްޔާ ގައުމުގެ ފަޅުތަކާ ރައްތަކާ ތިޖޫރިތަކަށް ވާނެގޮތް ހިތަށްއަރުވާލިޔަސް ދެރަވޭ

  12. އަލްޖިބްރާ

    މަޮޔަ އަކު ދައްކާނީވެސް މޮޔައިން ދައްކާ ޒާތުގެ ވާހަކަ !

  13. ބަރުގޮނު

    ކޯފާ ވީމާ ހަޑިބަހުރަވައިން ވާހަކަ ދެއްކެވުމާ " ވަކަރުގޭ " ބްރޭންޑްގެ ބުއިންތައް މީހުންނަށް ދެއްވާކަން ޤާސިމް ގެ މޮޅުކަންކަމުގެ ލިސްޓަށް އިތުރުކޮށްލައްވާ .....