ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ.

މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމައި ރުހުން ދީފައި ވަނީ މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ކުރިޔަށްގެންދިޔަ ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާޤުންނެވެ.

މި ދެ ބޭފުޅުންގެ އިތުރުންވެސް ފަނޑިޔާރުންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ޝުއައިބް ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒުގެ އިތުރުން ޢަލީ ސަމީރުގެ ނަންފުޅުތައް ވެސް ރައީސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ނަން ހުށަހަޅުއްވައި ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގަތީ ވެސް ރައީސް ސޯލިހުއެވެ. އެއަށްފަހު ޖޭއެސްސީ އިން ވަނީ މި ދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް އަށް ލަފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކާފަބޭ2019

  ޑރއިޔާޒާއިލްޔާސްހުސޭނަށް ވަރަށްބޮޑަށްޝުކުރު ތިޔަދެބޭފުޅުންނަށް ޙައްޤުމިންވަރުގެ އިއްޒަތެއް މިހާރުލިބިއްޖެކަމަށްހީކުރަން މީހުންގެމެދުގަ ފިތުނަ އުފެއްދުމުގެމަތިވެރިއިނާމުދިނުމުގެކުރިން ދެއްވި ޝަރަފާމެދުހިތްހަމަޖެހޭކަން ފަޚުރުވެރިކަމާއެކު ވިދާޅުވެލަށްވާ ދެބޭފުޅުންނަށް ޝުކުރިއްޔާ

  11
 2. ސސ

  ގާނޫނު އަސާސީ ލާޒިމް ކުރަނީ ސުއްނަ ޖަމާއަތުގެ އިލްމުވެރިން ބުރާވެ ވަޑައިގަންނަވާ ގޮތަކަށް ދައުލަތުން ކަންކަމުގައި ޢަމަލު ކުރުމަށް ! ގާނޫނު އަސާސީޔާއި ހިލާފު ނިންމުން ބާތިލް ވާނެ ކަމަށް ވެސް ގާނޫނުއަސާސީ އެބަލާޒިމް ކުރޭ !

 3. މުރާދު

  އަންހެނުންނާއި ފިރިހެނުން ހަމަ ހަމަ ކުރާނީ ކިހިނަކުން ތޯ އަންހެން ކަނބަލުން ހުކުރު ހުތުބާ ވެސް ކިޔަން ވީނު ނަބިއްޔާ އަށް ފަހު ހަލީފާ ކަމައް އަންހެން ކަނބަލަކު ނައީ ކީއްވެބާ އެންމެ ފުރިހަމަ ގޮތު ގައި ދީނުގެ ކަންތައް އިނގިލައްވާނެ.

 4. ސުހެއިލް

  ޕާޓޭއަކާއި ރޯނު އެދުރު...

 5. އަލްޖިބްރާ

  ކޮންމެ ތާކުން ރުހުން ދިނަސް އަދި މަޖްލީހުން ވޯޓްލިބުނަސް ޤާނޫނަކަށް ވާނީ އަދި އެޤާނޫނަށް އަމަލުކުރާނީ އެ ޤާނޫނު ވެރިމީހާ ތަސްދީޤް ކުރީމާ !

 6. ބާބީ

  ސީނާ ޒާހިރުގެ ދަރިއެއްވީމާ..ހައިކޯޓަށް ވެސް ހަމަ ޓަސް ލާފަ ފުންމާލީ..ހުރިހާ މޮޅެއް ބޮޑުންނަށް