ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފެންނަ ފަނޑިޔާރުންގެ ލިސްޓެއް، ރާއްޖޭގެ އިލްމުވެރިން ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހަށް އަރުވައިފިއެވެ.
އިލްމުވެރިން ރައީސްއަށް ފޮނުއްވި ނަންތައް އެފަރާތްތަކުން ހާމަކުރައްވާފައި ނުވީނަމަވެސް، އެ ނަންތަކާއެކު ރައީސްއަށް ފޮނުއްވި ސިޓީ އެއް ވަނީ އާންމު ކޮށްފައެވެ.
އެ ސިޓީގައި އިލްމުވެރިން ވިދާޅުވެފައި ވަނީ، އެއީ ދީނީ އިލްމުވެރިންގެ ފަރާތުން ބެލި ބެލުންތަކަށްފަހު، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމުގެ ތެރޭގައި މިހާރުވެސް މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރޭގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވުމަށް އެކަށީގެންވާ ފަރާތްތައް ކަމަށް އިލްމުވެރިންނަށް ބުރަވެވޭ ބައެއް ފަރާތްތަކުގެ މަޢުލޫމާތު ކަމަށެވެ.
އިލްމުވެރިން ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވަނީ، އިސްލާމް ދީނުގައި ފަނޑިޔާރުންނާއި ފަނޑިޔާރު ގެއަކީ ވަރަށް މުޙިންމު ދައުރެއް އަދާކުރާ ފަރާތެއް ކަމަށާއި، ޚާއްސަކޮށް ދީން ނެގެހެއްޓުމާއެކު، އަދި ދީނީ ޝިޢާރުތައް ރައްކާތެރިކުރުމާއެކު، ވެރިންނާއި ރައްޔިތުންގެ ހައްޤުތައް ޙިމާޔަތްކޮށްދިނުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރާ ފަރާތް ކަމަށެވެ.
"އުންމަތުގެ ކަންކަން މިދެންނެވި ބީދައިން އިންތިޒާމްކޮށް ބެލެހެއްޓެވުމުގެ ޒިންމާ އާއި މެދު ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާން ޖެހޭ ފަރާތަކީ މަނިކުފާނެވެ. ވީމާ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ޖަވާބުދާރީ ވެވަޑައިގެންނެވޭނެ ގޮތަށް، އެކަންކަން އިންތިޒާމު ކުރެއްވުމަކީ މަނިކުފާނުގެ ރައްކާތެރިކަމަށްޓަކައި މުޙިންމު ކަމެކެވެ." އިލްމުވެރިން ވިދާޅުވިއެވެ.
"އިސްލާމީ ވެރިކަމެއްގެ ތެރޭގައި މުސްލިމުންގެ މެދުގައި ނިޔާ ކަނޑައަޅަން ތިއްބަވާ ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކެއް އިލްމުވެރިން ބަޔާން ކުރައްވާފައި ވެއެވެ. އޭގެތެރޭގައި، މުސްލިމަކަށްވުމާއި، ފުރާފުރިހަވެފައިވާ ބުއްދިސަލާމަތުން ހުރި މިނިވަން މީހަކަށް ވުމާއި، ހިއްސުތައް ސަލާމަތުން ހުރި މީހަކަށްވުމާއި، ފިރިހެނަކަށްވުމާއި، އަދުލުވެރިންނަށްވުމާއި، އިޖުތިހާދު ކުރެވޭ ވަރުގެ މީހުންނަށްވުން ޢިލްމުވެރިން ޝަރުތުކުރައްވާފައި ވެއެވެ." އިލްމުވެރިން ވިދާޅުވިއެވެ.
އެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އިޖުތިހާދު ކުރެވޭ މީހަކަށްވުމަށްޓަކައި ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގެ ޢިލްމު އުނގެނިފައިވުމާއި، އުންމަތުގެ ޢިލްމުވެރިން އެކަންކަމާމެދު އިޖުމާޢުވެވަޑައިގެންފައިވާ މައްސަލަތަކާއި، ޤިޔާސްކުރުމާ ގުޅޭ ޙުކުމްތައް ރަނގަޅަށް އެނގޭ ފެންވަރުގެ މީހަކަށްވުމާއި، ކަންކަމާމެދު ޞަޙާމީންގެ ބަސްފުޅުތައް އެނގޭ މީހަކަށްވުމާއި، އެހުރިހާ ކަމެއްގެ އަސްލުތައް އައިސްފައިވާ ބަސް ކަމަށްވާ އަރަބި ބަސް ވަރަށް ރަނގަލަށް ދަންނަ މީހަކަށްވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
ހަމަ އެހެންމެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް އެއްވެސް ފަރާތެއް ހަމަޖެއސޭއިރު އެފަރާތަކީ، ޢަދުލު އިންސާފުގެ ދާއިރާގެ މަތީ ކޯޓުތަކުގައި އުޅެ، ގިނަ ތަޖުރިބާގެ ޒަރިއްޔާއިން ހަރުދަނާވެފައިވާ ޝަޚްސިއްޔަތެއް ކަމުގައިވުން މުޙިންމުކަމަށް އެއްވެސް ޙިކުމަތްތެރިއަކު ދެބަސްނުވާނެ ކަމަށް އިލްމުވެރިން ވިދާޅުވިއެވެ.
"ޝަރުޢީ ހަމަލަތަކުން ބަލާއިރު، ފަނޑިޔާރުންނަކީ، ވަލިއްޔުލްއަމްރުގެ އިސްތަށިފުޅުގައި އެޅިފައި އޮންނަ ޢަދުލުއިންސާފު ޤާއިމްކޮށްދީ، ނިޔާ ކަނޑައެޅުމުގެ ޒިންމާ ވަލިއްޔުލްއަމްރުގެ ފަރާތުން ޤާއިމްކޮށްދިނުމަށް ހަވާލުކުރެވޭ ފަރާތްތަކެކެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައިވެސް އެ އުސޫލު ޤާއިމްކޮށްދީފައިވަނީ އިސްލާމް ދީނުގައިވާ އެފަދަ ހަމަތައް ހިފެހެއްޓޭ ގޮތަށް އެ އުސޫލުންނެވެ. ވީމާ މަނިކުފާނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފަނޑިޔާރުން އައްޔަންކުރުމުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި، މަނިކުފާނު އެކަން ކުރައްވާފައިވަނީ އިޚްލާސްތެރިކަމާއި އެކު ހެޔޮނިޔަތުގައިކަން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ޙުއްޖަތް ޤާއުމްކުރެވޭނެ ގޮތަށް ކަންކަން ކުރެއްވުމަކީ މުޙިންމު ކަމެކެވެ." އިލްމުވެރިން ވިދާޅުވިއެވެ.
ތިޔަ ލިސްޓެއް ނުދިނިއްޔާ އިބޫއަކަށް ނޭނގޭނެ ރާއްޖޭގަ ތިބި އިލްމުވެރިންނެއް. ހަހަހަހަހަ. ހޭބަލިވެދާނެ. މިވެރިން ކިހާ ވަރަކަށް ބޮނޑިބަތް ކޭބާއޭ ހިތަށްއަރާ.
ރައީސްއަށް ވެސް ބިރުދައްކަން ފެށީދޯ..
ކަލޭމެންނަކަށްނޭނގޭނެ އަހަރެމެންލާނެ މީހެއް.. ރޔާމީން ވެރިކަމުގައި ހިތަށްއެރި ބަޔަކުލީއިރު ހަނުތިބިބައެއްތީ.. އެމްޑީޕީ ވެރިކަމަށް އަންނައިރަށް ހޭލެވޭ ބައެއްތީ.
ޢިބޫ ވެރިކަަމަށް ގެންނަން މަސައްކަތްކުރި ބަޔަކު އިބޫއަށް ޚިޔާލެއް ދިނު މަކީ ގޯހެއް ނޫން
ބަރަހަނާ ވެފަ އޮތް ފަޑިޔާރަކު ފަހުބަސް ބުނަން އިން އިރު ތިޔަ ޝޭހުން ކޮބާ.
މާތްﷲ ގަދަފަދަ އަޒާބެއްނުފޮނުއްވަސީސް ތައުބާވެ އިލްމުވެރިންނައް ހަޖޫޖެހުން ހުއްޓާލާ އިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިން!
ޙަހަހަހަހަ
މީދެން ކޮންބައެއް. ކަލޭމެންތީ އަހަރުމެން ބަލައިގަންނަ ބައެއްނޫން. މާބޮޑުވެގެން ނޫޅޭ. މިރާއްޖޭގެ ކަންކަމުގަ ގޮތްކިޔާނީ މިގައުމުގެ ސަގާފަތަށް އިހުތިރާމް ކުރާމީހުން. ކަންޑަހާރުންގެ ހެދުން އަޅައިގެން ތިބޭ މުއްލާއިންނަކަށް މިރާއްޖެ އަކު ޖާގައެއްނެތް.
ދީދީ އެއީ އޮން އެއްޗެއް ދޭވާހަކަބާ ތީ ސައިތޯނީ ބުޅާހޮއްކޮގެ އައުވާނެއްކަން އެނގޭ ތިވަރު އަރުވާ ނުލިޔަސް
ވަރަށްވެސް ބޭނުންތެރި ކަމެއް ! އިސްލާމްދީނުގެ ޙުކުމް ދަންނަ ޢިޙްލާސްތެރިން ނަށް އެފަދަ މަގާމު ދިނުމަކީ މުހިންމު ކަމެއް ! ހަމަ ހަޤީޤަތުގަ ވެސް އިލްމުވެރީން ނާއި ސިޔާސީ ގުޅިގެން ޤައުމު ކުރިއަށް ގެންދިއުމަކީ މުސްތަގްބަލް އުޖާލާ ވާނެ ކަމެއް ! ގުޅިގެން ގައުމު ކުރިޔަށް !
ހާދަވަރަކަށޭ މިވެރިންނަށް އެބަޔަކު ރީލޯޑް ކޮއްދެނީދޮތަ!
ޢިލްމުވ ވެރިން އެ އަދާކުރީ އެބޭފުޅުންގެ ދީނީ, ޤައުމީ އަދި އިންސާނީ ވާޖިބެއް. އެ ނަސޭޙަތް ޤަބޫލު ކުރައް ވައިފި ނަމަ ރައީސަށް އިން ޝާﷲ ދުނިޔެއާއި އާޚުރަތުގައި ވެސް މަންފާ ކުރާނެ އަގުހުރި ނަސޭޙަތެއް. މިތާނގައި އެކަމަށް ހަޖޫ ޖަހާފައި ވާ މީހުން ﷲގެ މަގު ނޫން "އެހެން ގޮތަކަށް" އުޅުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މީސްތަކުންނަށް ގޮ ވައިލަމުންދާ މީހެއްގެ ގޮ ވައިލުމަށް މިއަދު އިޖާބަދެމުން އެދަނީ, ވިސްނުން ކޮށި ވީމަކަން ޔަޤީން. އެކަމަކު އެބައިމީހުނަށް ޤިޔާމަތް ދު ވަހު އެހީތެރިކަން ލިބޭނެ ގޮ ވައިލުމެއް ކަމުގައި އެ ލާދީނީ ގޮ ވައިލުންތައް ނު ވާނެކަން އަ ވަހަށް ދެނެގަނެ, ސަލާމަތް ވުން ބުއްދިވެރި.
ތީ ސޭހެކޭ ބުނާއިރައް އެވީ ތީ ވަގެކޭބުންޏަސް ވަގަކަށް ނުވޭ ކިހާސަޅިދޯ
އެމީހުންތިބީ ބި ރުން މިހާ ރުއެގޭ އެއްްކަމެއްވެސް ނުވާނެކަން
މި ދިޔަ 5އަހަ ރު މިމީހުން އުޅުނީ ކޮންތާކުބާ؟
ފަޑިޔާރު އަލީހަމިދު އަބުދުﷲ ސައީދު ފަދަ އިސްލާމީ ޝަރީއަތް ކިޔަވައިގެން ތިއްބެވި ބޭފުޅުންގެ ދުވަސް ގަސްތުގަ ދުއްވާލީ... އަބުރުވެސް ކަތިލީ... އައްޑޫ 2 ފަނޑިޔާރުވެސް ދިޔައީ.. އައްޑޫއިން ބޮޑުތަނުން އާއެކޭބުނީމަ މިނިސްޓަރު ގަޑެއްވެސް ނުލިބުނު.. ނުވިތާކަށް ޖާނުންފިދާވި އަސްލަމްގެ ވޯޓް ކޮޅުވެސް އޮޅުވާލީ....
އާނ އެހެންޏަ ކަލޭމެން ބުނާ ބައެއް ވިއްޔަ ލާނީ.
ތިޔަ ސިޓީގަ އެބޮވޭ ޝަރުތު ތެރޭ ފިރިހެނަކަށް ވުން. އެ މަނިކުފާނު މިހާރު ވަނީ 2 އަންހެން ފަންޑިޔާރު ލައިފަ. ބައެއް މައްސަލަ ނިންމާނެ 2 ނުވަތަ 3 ފަންޑިޔާރުުންވެސް. އެތަނުންން މިސާލަކަށް 3 ފަންޑިޔާރު ނިންމާ ކަމެއް 2 އަންހެން ފަންޑިޔާރުންގެ އަގުލަބިއްޔަތުން ނިންމާނަމަ ސައްހަ ވާނެކަން ނުވަތަ ނޫންކަން ބަޔާން ކޮށްދިނުން މުހިއްމު. އެފަދަ ނިންމުމެއް ނިންމުމުގައި ފިރިހެން ފަންޑިޔާރަކު ބައިވެރިވުން ހުއްދަތޯ ؟ އެ މަނިކުފާނަށް މިކަންކަން ކަމުގެ ހަގީގަތް ބަޔާން ކޮށްދިނުމުން ފިޔަވަޅު އަޅާނެ. އެ ބޭފުޅާޔަކީ ވަރަށް ވެސް ސާލިހު ބޭފުޅެއް .