މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަޤާމަށް މާފަންނު ސެވެންސްޓާރ، އަޙްމަދު އިމާން މޫސާ ޢައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު އެ މަގާމަށް އިމާން އައްޔަން ކުރެއްވީ މިއަދުއެވެ.

އިމާން މޫސާ އަކީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން އިންޓަރނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިމާން އެންމެ ފަހުން އަދާކުރައްވާފައިވަނީ ސްކަލް ފިޝިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. މީގެ އިތުރުން އަޙްމަދު އިމާން މޫސާ ވަނީ ދިރާގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަޤާމުތަކެއް ވެސް ފުރުއްވާފައެވެ.