ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލާގައި ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އަދީބު ފިލައިގެން ދިޔަ މައްސަލާގައި ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލައި، އެ މައްސަލަަ ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާކަމަށެެވެ.

ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތްކުރީ އޮގަސްޓް އެއް ވަަނަ ދުވަހުއެވެ. އޭނާ އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުން، ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓަކުންނެވެ.

އަދީބު ހިފެހެއްޓުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އޭނާ އެދުނެވެ. އެޤައުމުން އަދީބަށް ހިމާޔަތް ދީފައެއް ނުވެއެވެ. އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތީވެސް ރާއްޖެއިން އޭނާއަށް ރައްކާތެރިކަން ނެތްކަމަށް ވިދާވެއެެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އަދީބު އެ ބޯޓުގައި ހުރިކަން އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައި ވަނީ އެ ބޯޓުގެ ކްރޫއެކެވެ.

އަދީބު އަކީ ދައުލަތުގެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ކޯޓުތަކުން އިއްވާފައިވާ ޙުކުމްތައް ވަނީ ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ބާތިލް ކޮށްފައެވެ. ހުރިހާ ޙުކުމެއް ބާތިލް ކުރި ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން އެބަގެންދެއެވެ.

ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު މިހާރު ހުރީ ޖަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  ކޮބާތަ ލުތުފީ ފިލި މައްސަލަ. ޢެއީ ބަލަން ނުޖެހޭ މައްސަލަ އެއްތަ؟

  13
  2
  • އަހްމަދު

   ބާޣީ ލުތުފީ ފިލީކީނޫން. މިސަރުކާރުން ފިލުވީ. އެހެންވީމާ މިސަރުކާރަކުން އެމައްސަލައެއް ނުބަލާނެ. މިނޫން ސަރުކާރެއް އައިމާ ތިވާހަކަދައްކާ.

 2. އަންނި

  ކޮބާތަ ލުތުފީ ފިލި މައްސަލަ. ޢެއީ ބަލަން ނުޖެހޭ މައްސަލަ އެއްތަ؟

  1
  1
 3. ހަމްދު

  ރައީސް ޔާމިނު ކޮޓުގައި ބައްދާލެވޭ ވަރަށް ދޮގު ނުހެދުމުން އަދީބު ފިލި މައްސަލާގައި ދައުވާ އުފުލައިފި. މިއީ އަސްލު ސުރުޚީއަކީ.

  6
  1
 4. ދޮގެއް؟

  ފިލީކީ ނޫނެއްނު. ފިލުވަން އުޅުނީނު. ފިލުވި މީހުންގެ މައްސަލަ ބަލާބަލަ އިހަށް.

 5. އަހްމަދު

  ކޮބާތަ އަންނިފިލިމަސްއަލަ އެމައްސަލަވެސް ބަލަންޖެހޭނެ

 6. މުބީނު މާރނީ

  އިމްރާން އަކަށް އަދީބު އެއް ނުބެލެހެއްޓުނު އެއްނު. އަދިވެސް ފިލާނެ. އެމެރިކާގެ މިއަށްވުރެ މާބޮޑެތި ޖަލު ތަކުން ވެސް މީހުން ފިލާފަ އެބަހުރި. އެވަރުގެ އޮޕަރޭޝަން އެއް ހިންގާ ވަަރަށް ފައިސާ އަދީބު އަތުގައި އެބަހުރި. ފުޅަށް މަތިން ފުއްމި ބަކަރި އަނެއްފުޅަށް މަތިން ނުފުން މޭނެ ވަރަށް 24 ގަޑި އިރު އަދީބު މޮނީޓަރ ކުރަން ޖެހޭ.