ޝަރުޢީ ދާއިރާ އިސްލާހް ކުރަން އެންމެ ރަނގަޅު މަސައްކަތެއް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އާއި ބެހޭ ގޮތުން މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
"ޖުޑިޝަރީގެ ކަންކަން އިސްލާހް ކުރަން އެންމެ ސާބިތުކަމާއި އެކު މަސައްކަތް ފެއްޓެވި ބޭފުޅަކީ ރައީސް ޔާމީން. ޖުޑިޝަރީގައި ހިނގާދިޔަ ތަފާތު ކަންތައްތަކާއި އެކުގައި ސުޕްރީމް ކޯޓަށް ބަދަލެއް ގެނައުމަށްޓަކައި އެންމެ ރަނގަޅަށް ފިޔަވަޅެއް އެޅުއްވި ބޭފުޅަކީ ރައީސް ޔާމީން." އާދަމް ޝަރީފް ވިދާޅުވިއެވެ.
ޝަރުޢީ ދާއިރާ ރަނގަޅު ކުރައްވަން އެންމެ ރަނގަޅު މަސައްކަތެއް ކުރެއްވީ ޔާމީން ކަމަށް އާދަމް ޝަރީފް ވިދާޅުވުމުން އެމްޑީޕީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އާދަމް ޝަރީފް ހުންނެވީ ހަމަހޭގައިތޯ ސުވާލު ކުރައްވާފައެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވިދާޅުވީ މިހަފްތާގައި މަޖިލިސް ޤަވައިދަށް ގެނައި އިސްލާހް ބުނާ ގޮތުން މަޖިލީހުގައި ކޮންމެހެން ދައްކަން ޖެހޭނީ ސާބިތުހިފޭ ވާހަކަތަކެއް ނޫން ކަމަށާއި އެހެންކަމުން ރާއީ ފާހަގަ ކުރެއްވީ ނިޒާމީ މައްސަލައެއް ކަމަށް ބަލައި ގަނެވެން ނެތް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޯޓުތަކުގައި އޮތީ ބޮޑެތި މީހުންނަށް ބޮޑުކޮށް ކަމަށާއި ބައެއް ޝަރީޢަތްތައް ކުރިއަށް ދަނީ ފަޓާސް ބަރިއެއްހެން ކަމަށެވެ. ޔާމީންގެ ޝަރީޢަތް ވަރަށް ބާރަށް ކުރިއަށްދާއިރު އެހެން ބައެއް މައްސަލަތައް ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޝަރުއީ ދާއިރާގައި މައްސަލަތައް އެބަހުރި ކަމަށާއި އެކަންކަން އިސްލާހް ކުރަން ޖެހޭ ކަމަށެވެ.
އާދަމް ޝަރީފްގ ަޔަށް މަޖިލިސްތެރޭން މަކުނެއް އަރައިގަތީއޭ!؟ ވައްތަރުވައްތަރު ޖަނަވާރު އުޅޭ ތަނެކޭ ބުނާތީ އިވޭ. އެހެންތާ މިވީ.
ކަލޭވެސް މޮޔަނުގޮވާ ހުރެވޭތޯ ބަލާ ! ޔާމީނު ޝަރުޢީ ދާއިރާއަށް ހަދާފަހުރި ގޮތްގޮތް ކަލެއްަށްވެސް އޮޅުން ފިލާވަރަށް ތިލަކޮށްދޭނަން ! އެހާހިސާބަށް ދާއިރު ކަލޭވެސް އޮންނާނީ ޖަލުގަ !
އެއީ ޓިނު ބަދަލުކުރެއްވުން ތޯ، ތިހެން ބުނީމަވެސް ޝަރުޢީ ދާއިރާ ރ. ޔާމިން ގޮވިއަޑު އިވުނު، އެކަމު ތިބުނީ އިސްލާހުކުރިވާހަކަ .... މިހާރު އޮޅިއްޖެ.