ބ.އަތޮޅު އޭދަފުށީ އެމްޑީޕީ ހިތްވަރު ގޮފީގެ ރައީސް މުހައްމަދު ސާކިރު (އެސްޓީއޯ ސާކިރު) އާއި އޭދަފުށީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަންހެން ބޭފުޅުންތަކެއް ވެރިކަން ކުރާ ޕީޕީއެމް އާއި ގުޅިއްޖެއެވެ.

އެބޭފުޅުން ޕީޕީއެމް އަށް ސޮއި ކުރުން އޮތީ މިރޭ ޕީޕީއެމްގެ އޮފީހުގައެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ޕީޕީއެމް އަށް ސޮއި ކުރެއްވި ފޯމާއި ހަވާލުވެ ވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި ޓްއަރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު އާއި އެވެ. ޕީޕީއެމް އާއި އަލަށް ގުޅުނު ބޭފުޅުން ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާތަކާއި ހަފްލާތަކުގައި ގިނަ އަދަދެއްގެ މީހުން ދަނީ ޕީޕީއެމް އަށް ސޮއި ކުރަމުންނެވެ. ޕީޕީއެމް އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބުރުހާނުއްދީން

    ރާސް ޓަޓަސް ޓަސް.

  2. މުޖޭ

    ޕީޕީއެމަށް ދާނީ ދެންވެސް ގިނަ މެމްބަރުން ގުޅެމުން. ރައީސް ޔާމީންގެ ސާބިތު ކަމާއި، ހިތްވަރާއި އަދި ރާއްޖެއަށް ގެނެސްދެއްވާ ތަރައްގީ ފެނި ގިނަރައްޔިތުން އެމަނިކުފާނު 2018 ވަނަ އަހަރު ދެވަނަ ދައުރަކަށް އިންތިޚާބުކުރަންޖެހޭ

  3. ސީލާސީލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ މަޖޫރީން މުޒާހަރާ ކޮށްގެން ކެއްކުނު ޑޮންޑޮނެއް އެބައޮތްތޭ ނެތްދޯ. ތަމެން ދެން ޖެހޭނީ މަމެން ޕިންކީން ފަހަތަށް ޖައްސަން ބޭނުން ނަމަ ސީލާން ދޯ. ސީލަބަލަ ދެން. ސީލާ ސީލާ ސީލާ.

  4. ޙަފްޞާ/ މާލެ

    އެންމެން އިޚްލާޞްތެރިކަމާއެކު ޕީޕީއެމްއަށް އަންނަންވީއެވެ. އެމްޑީޕީ ، ޖޭޕީ ، އަދާލަތު އެއީ މަގުމަތީ ޙަރަކާތްތަކަށް ޚައްޞަ ނަމެކެވެ. އެބައިމީހުންގެ ފުށުން ޤަވްމަށް ހަމަޖެހުމެއް ނެތެވެ. ޤަވްމަށް އަމާންކަމެއްނެތެވެ. ޤަވްމަށް ކުރިއެރުމެއް ނެތެވެ. ޕީޕީއެމްގައި ދިރުން އެބަހުއްޓެވެ.

  5. ނުރަބޯ

    ރަނގަޅު ފިޔަވަޅެއް. ލާދީނީންގެ ތެރެއިން ބޭރުވެވުމަކީ ނަސީބެއް.

  6. ތާންބެ

    ޢެބަ ރަންގަޅު ވޭ
    ޢަދި ކިރިޔައް އޮތް ތަނަށް ހެސްކިޔާފަ މަޖިލިސް މެމްބަރުން ވެސް އަންނާނެ

  7. އެއްމެން

    ތިޔަ ބަދަލަކީ ވަރަށް ވިސްނުންތޫނު ވެގެން ނޫނިއްޔާ ނުވެވޭނެ ބަދަލެއް. ސާބަސް!

  8. މީހެއް

    ހުރިހާ ދިވެހިން ޕޕ އެންއައް ސޮއިކޮއްފި މިމީހިންގެބަހުން އެކަމަކު ވޯޓެއްލައިފިއްޔާ ދަނީފުލުން ވާގޮތެއްނޭގެ