2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްޟްވާން އަބްދުﷲގެ ދައްތަ ފާތިމަތު ޝެހެނާޒްއާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ރިޟްވާން ދައްތަ، ފާތިމަތު ޝެހެނާޒްއާ ބައްދަލުކުރައްވައިފައިވާ ކަމަށެވެ. މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ރިޟްވާންގެ މައްސަލަ އާއި ގުޅޭ ގިނަ މަޢުލޫމާތުތައް މަރުގެ ކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ ރިޟްވާން ރަހީނުކޮށްގެން ގެންގޮސް ކަނޑުމަތީގައި އޭނާ މަރާލާފައިވާ ކަމަށެވެ. އަދި އެކަން ހިންގާފައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ، އަލްގައިދާ ގްރޫޕްގެ ބައެއް ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ

އެ މައްސަލައިގެ ޑްރާފްޓް ރިޕޯޓު ސުއޫދު މިއަދު ރައީސް ނަޝީދަށް އަރުވާފައިވާއިރު، ރައީސް ނަޝީދު ވަނީ އެ ރިޕޯޓުގެ ކޮޕީއެއް މަޖިލީހުގައި ތިބި ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް ވެސް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މަރުމޯލު

  ރިލްވާންގެ ދައްތަ ބުނާގޮތުން ރިލްވާނުގެ އާއިލާ ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފަން. ސުވާލަކީ މިސަރުކާރަށް ރިލްވާނުގެ ގާތިލުން ހޯދިދާނެހޭ؟ މިސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެހޭ؟ މިސަރުކާރަށް ރިލްވާނުގެ އާއިލާއަށް އިންސާފު ހޯދާދެވިދާނެހޭ؟ އިސްލާމީ ޝަރީޢާ ދޫކޮށްލާފައި ހަމައެކަނި ގާނޫނަކުން އިންސާފު ލިބޭނެކަމަށް ރިލްވާނުގެ އާއިލާއިން އުއްމީދުކުރާނެހޭ؟ ބޮޑެތިކަންތައްތަކުގައި މީހުން ކެނެރީގޭ ނަސީދާ މިބައްދަލުކުރަނީ އޭނާއަކީ މިގައުމުގެ ވަލިއްޔުލްއަމްރުހޭ؟ ނޫނީ އިބޫއަށް ވަގުތު ނުދެވިގެން ނައިބެއް ހުއްޓާ ކެނެރީއަށް އެޕޮއިންޓްމެންޓް ޑައިވާޓް ކޮށްލީހޭ؟

  28
  1
 2. މަރިޔަމ

  ނަޝީދު އަކީ ރައީސް ތަ އަދިވެސް؟

  24
  • ޢަބްދުއްލަޠީފު

   ، ނަޝީދު އަކީ މި މަރުތަކުގެ އެންމެ ފުލުގައި ހުރިމީހާ. މީނާވަސްވާސް ދީގެން އެކުދިން ދީނާ ބެހުނީ. ނަތީޖާ ފެނުނީމަ ދެން މާހެޔޮވެގެން އުޅޭނެ ކަމެއްނެތް. ޢެންމެ ފުރަތަމަ ނަޝީދު ދަންޖައްސާ

   12
   1
 3. ބިލާލަު

  ތިބުނާ ހެންވީކީ ނޫން، ކާހިނެއް ވީމަ ދިޔައީ، ދެން ވާނެ ގޮތެއް އަހަންވެގެން

  7
  1
 4. އަފްރާޝީމް

  ނަޝީދަށް ރަގަޅަށް އިނގޭނެ ރިޟްވާނު އަށް ވީގޮތް.

  11
  1
 5. ޕޮގުބާ

  މަރަށްމަރު ހިފޭނީ އެއްވެސްގޮތެއް ނެތް

  5
  3
 6. ސީނު

  ތިބޭނުންވާ ބަދަލެއް ނުލިބޭނެ....މަރަށްމަރެއްނުހިފާނެ. މާރާލިމީހުންގެ ހައްގު މިމީހުންނަށް މުހިންމުވާނެ

 7. މިއަދު

  ރިޟްވާނުގެ މައްސަލަ ހިނގާ ދިޔަގޮތް އެއްމެމޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ މިއަދުގެ ޙާލަތުއޮތްގޮތުން ތިމައްސަލައިގެން އިންސާފް މިބިމުގައި ހޯދުމަކީ ނަދިރުކަމެއް އެހެންކަމުން ރިލްވާނުގެ ދައްތައާއި މަންމަ ޢާއިލާގެ ކިބައިން އަޅުގަނޑު މިއެދެނީ ތިކަން ހުއްޓާލަދޭށޭ މާތްﷲ ހެއްދެވި ކޮންމެ މަޙްލޫކަކީވެސް ކޮންމެވެސް ދުވަހަކުން މަރުވާނެ މަޙުލޫގެއް ރިޟްވާން ގެއްލިގެން މިވީ ގިނަދުވަސްތަކުގައި،މިހާރުވެސް މުޅިޢާއިލާ ތިހޭކަރަނީއެކަމުގެ ހިއްދަތިވޭން އަބަދުވެސް ތިކަން އާކޮށް ޢާލާކުރަން ސިޔާސީބަޔަކު އެބަމަސައްކަތްކުރޭ އެވެރިންގެ ދަލުގައި ނުޖެހި މިހާރު ދުނިޔޭގައިތިތިބި ކުދިންގުޅިގެން އެކުވެރި އުފާވެރި ދިރިއުޅުމަކާއި ދިމާލަށް ގޮސްދޭށެ ތިކަމުގެ ހިއްދަތިކަމުން ކުދިންނަށްވުރެވެސް ބޮޑަށް މިއަދު ގެއްލުންވެދަނީ ތިކުދިންގެ މަންމައަށް ތިކަމުގެ ޙައްޤު ލިބޭނެދުވަސް މާތްﷲގެ ޙަޟްރަތުގައި އެބައޮތް މިއަދު ނެރެވޭ ނިޔާއަކީ އިތުރު އަނިޔާއަކަށް ވުމަކީވެސް މިހާރުގެ ވާހަކަތަކަށް ރިޔާޢަތްކުރާއިރު ދުރުކަމެއްނޫން މާތްﷲ ރިޟްވާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށި އާމީން