މާލޭގައި ޕެޕާ ސްޕްރޭ ޖެހުމަށް ފަހު ވިޔަފާރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފި ކަމަށް އެވިޔަފާރިވެރިޔާ ބުނެފިއެވެ.

ފައިސާ ފޭރިގެންފައި ވަނީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔެއް ކަމަށްވާ އަބްދުﷲ ޖަލީލު (ކޭން ސޭޓް) ގެ އަތުންނެވެ.

ޖަލީލް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހޯމަ ދުވަހުގެ ރޭ ވިޔަފާރި ނިންމާލުމަށްފަހު ގެއަށް ދިޔައީ އިރުއޮއްސި 19:30 ހާއިރު ކަމަށާއި، ގެއަށް ދިޔައީ މީހަކާއެކު ސައިކަލުގައި ކަމަށެވެ. ސައިކަލުން ފޭބުމަށްފަހު އޭނާ ދިރިއުޅޭ ގެ ކަމަށްވާ ގ.ވެހި އަށް ވަން ކަމަށާއި، ފައިސާ ފޭރިގަތީ ސިޑިން މައްޗަށް އަރަނިކޮށް ކާކުކަން ނޭނގޭ މީހަކު މޫނަށް އަމާޒުކޮށް އެއްޗެއް ޖެހުމަށްފަހު، މަރުތޭލަކުން ބޮލުގައި ޖަހާ ބޯ ފަޅާލުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

ފައިސާ ފޭރިގަތުމުން އެ މީހުން ފަހާ ދިޔަ ކަމަށާއި، ނަމަވެސް އަތުވާގޮތެއް ނުވި ކަމަށް އޭނާ ބުނެފިއެވެ.
އެމައްސަލަ ފުލުހުންނަށް ބަޔަކު ރިޕޯޓްކުރި ކަމަށާއި، ފަރުވާ ހޯދާފައިވަނީ ފުލުހުންގެ އެހީގައި އޭޑީކޭ ހޮސްޕިޓަލުން ކަމަށްވެސް އޭނާ މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ޖަލީލްގެ އަތުން ފޭރުގެ ފައިސާގެ ސީދާ އަދަދެއް ކަށަވަރެއް ނުވެއެވެ. އޭނާ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ފޭރިގަނެފައިވަނީ ނުވަ ލައްކަ އާއި 11 ލައްކައާ ދެމެދުގެ އަދަދެއްގެ ފައިސާއެވެ. އޭގެ ތެރޭގައި 26،000 ޑޮލަރު ހިމެނޭ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ފައިސާ ފޭރުނީ ޕެޕާ ސްޕްރޭ ޖެހުމަށްފަހު ކަމަށް އެތަނަށް ދިޔަ ފުލުހަކު ބުނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހަޖަމް

    މާލެސިޓީ ސޯމާލިއާއަށް، ބާރަށް އަތްޖަހަާ

  2. ވަނަ

    ވަރަށް ހިތާމަހުރި ހާދިސާއެއް. މިދުވަސްވަރު މާލެތެރޭގައި ފޭރުމުގެ ގިނަ ހާދިސާތަކެއް ހިގަމުންދާމަކަށްވޭ.
    ފުލުހުން މާލެތެރެ ބެލެހެއްޓެވުން ވަރުގަދަ ކުރެއްވުމަށް ގޮވާލަން.

  3. ދޮންކަލޯ

    ޕެޕަސްޕްރޭ ޖަހާލީމަ މީހުންނަށްވާވަރު މުޒާހަރާތަކުން އެހެރަ ފެނަނަނީ، އެކަމް މި ކަލޭގެ ޕެޕަސްޕުރޭ ޖަހާލީމާވެސް ފަހާ ދުވުނީޔޯ، އަސަރުވެސް ނުކަރަނީ ތޯއްޗެއް، އެހެންވިއްޔާ އިދިކޮޅު މުޒާހަރާތަކަށް ނެރެންފެނޭ....?

  4. ާަޕެޕަރ ބާއި

    ގޭންގް ކުދިންނަށް މުޒާހަރާތެރޭ ހަވާލުކުރި ޕެޕަރ ސްޕްރޭ ގެ ބޭނުން އެކުދިން ހިފަންފެށިތަން މި ފެންނަނީ.

    • ނުރަބޯ

      ބަލަގަ އޭނައެއްނޫނޭ ފަހާދުވުނީ.

  5. ޑިމޮކްރަޓިސްޓް

    އަނެތްއަތު ފުލުހެއް.. ނޫނީ އެޑިޓެއް.. ސިޔާސީ ކޮށްލާ.. ފިހުނަ ކޮށްލާ..

  6. އެއްމެން

    މާލެއަކީ ކުޑަ ދުނިޔޭގެ ނިސަބަތުން ކުޑަ ކެޕިޓަލެއް! މުޅިމާލޭ ސީސީ ޓީވީ އިން މޮނިޓަރ ކުރެވޭގޮތަށް ހެދުމަކީ އެކި އެކި ވައްތަރުގެ ނުބާކަންތައްތައް ކުރާމީހުން ހޯދައިގަތުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ. ތިޔަކަން ކުރި މީހާ ހޯދުމަށްފައި ޝަރީޢާ ގާނޫނު ތިޔަމީހާގެ މަށްޗަށް ހިންގާ. ޔަޢުނީ އަތް ކަނޑާ!

    • ތިމަންނަ

      މިހާރު އޮތީ އޭނާގެ ކަނޑަންވީތަން ކަނޑާފަ .. އިތުރަށް އެހެންތަނެއް މި ގައުމަކުން ނުކަޑާނެ...

  7. Anonymous

    ބުހުތާން ދޮގެއް، ދޮގުހެދިޔަސް ތަންފުކެއް ބޮޑުވަރު، މިލިޔަން ރުފިޔާ ގެންގުޅޭނީ މުއްސަދިން، އެމީހުން އެފަދަ ގިނަ ފައިސާތަކެއް އަތުން ހިފައިގެން ނޫންނަމަ ގައިގަ ބަނދެގެން ނުގެންގުޅޭނެ. މަށަކީވެސް އިދިކޮޅު ސަޕޯރޓަރެއް ނަމަވެސް ދޮގުހަދާ މީހުން އޮޅުވާ މޮޔަހައްދާކަށް ސަޕޯރޓެއް ނުކުރަން

  8. ޙަސީނާ ދައިތަ

    ޓޯކިޔޯގައި އެހެންހަދަނީ ކަމަށްތިވާނީ.

  9. ސޭޓު

    ޙަމަސީދާފޭކުޕެޕަސުޕުރޭޖެހީމަވާގޮޔްއެގޭނެއެކަމަކުމިކަލޭގެއޭނަފަހާދުވުނު
    ޢަނެއްކާބޮލުގަމަރުތޭލަކުންޖެހިއޯ
    ކީކޭބުނާނީ
    ޙަހަހަހަ

  10. ާިތަފާތު

    ޓެކްސް ދައްކަންވާނެ އެކަމު!

  11. ރައްޔިތުމީހާ

    އަދި ވެސް ފިހާރަތަ ރޭގަޑު 12 ފަހުން ހުޅުވާ ހަމަޖައްސާ. ހުރިހާ ދެރަ ވެސް ވިޔަފާރިވެރިންނަށް.

  12. ނޫސްގަނޑު

    ޕެޕަރ ސްޕްރޭ ފޭރޭ މީހުންނަށް ލިބުނު ގޮތް ހޯދަން ޖެހޭ.. އަމިއްލަ ރާއްޖެ އެތެެރެ ކޮއްފައި ވަންޏާ ކަސްޓަމްސް ފެއިލް ވެފައި. ފުލުހުން އަތުން ލިބުނިއްޔާ ފުލުހުން ފެއިލް. ޕެޕަރ ސްޕްރޭ މުޒާހަރާ ނޫޅަން ، ޕެޕަރ ސްޕްރޭ ފޭރެން. ޕެޕަރ ސްޕްރޭ އިން ވެރިކަން ހިފަހައްޓަނީ..