މާލެ މަގުމަތީގައި މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މީގެ ކުރިންވެސް ކުށުގެ އެތައް ރެކޯޑެއް އޮތް އުމުރުން 43 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ، ބިދޭސީއެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައެއްގައެވެ. މިގޮތުން އޭނާ އެ ފަށް ފޭރިގަތް ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރިއިރު، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އޭނާ ހުރީ ހިފަހައްޓާފައެވެ.

އަދި އެ ފަށް ފޭރުނީ އޭނާ ކަމަށް ފުލުހުންނަށް އެތަނުގައި ތިބި މީހުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

އޭނާގެ ބަންދަށް ކްރިިމިނަލް ކޯޓުން ދީފައި ވަނީ 15 ދުވަހެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ. އަދި އޭނާއަކި އެކަން ހުއްޓުވައި ފަށް އޭގެ ވެރިފަރާތާއި ހަވާލު ކުރި މީހާ ކަަމަށް އޭނާ ބުނެފައި ވެއެވެ.

މާލޭގެ މަގުމަތީގައި ވެސް ވައްކަމާއި ފޭރުން ދޭތެރެ ދޭތެރެއިން ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަމީހާ

    ޕިސްޕިސް ދިވެހިންނަށް 2ކޮޅުޖެހޭ މުސާރައަކާ އެކީ ވަޒީފާދީބަލަ އިބުރާހީމް،،،،،

    8
    2
  2. ޣާޒީ

    ކޮބާތަ އަދަބު އަހުލާގު. މައިންބަފައިން ގެ ޒިންމާކޮބާ. މި ގައުމުގަ ތަރުބިއްޔަތުގެ މައްސަލަ ވަރަށް ބޮޑު. ތަންކޮޅެއް ޒިންމާދާރުވެބަލަ. ފަރުދީޒިންމާވެސް އެންމެން ނަގަމާ

  3. ރަށް

    ކޮތަޅުން ސަރުކާރު ވަށްކަންކުރަނީ ދެން އެހެންމީހުންވެސް ވަށްކަންކުރީމަދެރަ ފުރަތަމަ ސަރުކާރުން ފޭރުން ހުއްޓާލާ.