މާލޭގައި މީހަކަށް އަނިޔާކޮށް، އޭނާގެ ފޯނު ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި، 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

އެގޮތުން ދެ މީހުން ވަނީ މީހެއްގެ ގައިގައި ތަޅައިގަނެ އެ މީހާގެ ފޯނު ފޭރިގެންފައެވެ.

އޭގެ ތެރެއިން 38 އަހަރުގެ މީހާ ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ވަނީ މީގެ ކުރިންވެސް މީހެއްގެ ފޯނު ފޭރިގަތް ކަމުގެ ރެކޯޑް އޮތުމާއި، އޭނާ އެހެން މީހަކާއެކު ކުށުގެ އަމަލުގައި ބައިވެރިވެފައިވާގޮތަށް ބަލާއިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައު އަށް ނުރައްކާ ވެދާނެތީ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އަދި 42 އަހަރުގެ މީހާ ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ވަނީ މީގެ ކުރިންވެސް އެކި ކުށްތަކުގައި ހައްޔަރުކޮށްފައި އޮތް ކަމުގެ ރެކޯޑް އޮތުމާއި، އޭގެ ތެރޭގައި ވައްކަމާއި އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަު އޮތުމާއި، އޭނާ އެހެން މީހަކާއެކު ކުށުގެ އަމަލުގައި ބައިވެރިވެފައިވާގޮތަށް ބަލާއިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައު އަށް ނުރައްކާ ވެދާނެތީ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ރާއްޖޭގައި ވައްކަމާއި ފޭރުގެ އަމަލުތައް ވަނީ އިތުުރުވެފައެެވެ.