ނ.ފޮއްދުއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އަރައި އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ފިލައިފިއެވެ.

ރަށުގެ ސްކޫލްގައި އިމާރާތެއް ކުރުމުގެ މަސައްކަތް ކުރާ ކުންފުނީގެ މުވައްޒަފަކަށް މޫނު ނިވާ ކޮށްގެން ތިބި ތިން މީހުން ހަމަލާ ދިނީ ރޭގަނޑުގެ ވަގުތުގައި މޫނު ނިވާކޮށްގެން ތިބެ ކަމަށް އެރަށު ކައުންސިލް މެންބަރަކު "ވަގުތު" އަށް ވިދާޅުވިއެވެ.

"ބިދޭސީ މީހާގެ އަތުން ފޯނެއް އެކަނި ކަމަށް ވަނީ ފޭރިގަތީ. އޭނާ އަށް ވެސް ކޮންމެވެސް ވަރަކަށް ވަނީ އަނިޔާވެފައި. ނަމަވެސް ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި." ކައުންސިލަރު ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ ހާދިސާ ހިނގުމާއިއެކު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ފުލުހުންނަށް ރަށަށް އާދެވުނީ ބައިގަޑިއެއްހައިއިރު ފަހުން ކަމަށެވެ. އޭރު އެރަށަށް އެރި ގްރޫޕް ވަނީ ލޯންޗެއްގައި ރަށުން ފުރައިގެން ގޮސްފައެވެ.

ފޮއްދުއަކީ ނ.އަތޮޅުގައި އޮންނަ އެންމެ އާބާދީ ކުޑަ އެއްރަށެވެ. އެރަށުގައި ފުލުހުންނެއް ނުތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މީހުން ބާލާންވެފައި އޮތްރަށެއް.
    މަގޫދޫ ވެސް. އާބާދީ އެހާކުޑަ. ފޮއްދޫގައި ސްކޫލް ގައިވެސް އެހާ ބައިމަދު.

    10
    2
  2. ހަސަންޓޭ

    މީގެ ދެތިންދުވަސްކުރިން ބ.ދަރަވަންދޫއަށްވެސް ދަންވަރު މޫނުނިވާކޮށްގެން ތިބި ބަޔަކުއަރާ މީހަކަށް ހަމާލީ ފޭރެން އުޅުނު. މިކަމުގަ އެއްގޮތްކަމެއް އެބައުޅޭ ފުލުހުން ބަލަންޖެހޭ. ބ.ދަރަވަންދޫގަ ހާބަރު މާސްޓަރުންވެސްތިބޭ ކައުންސިލުން ލާފަ. ގައިމު އަވަސްއަރުވާލައިގެން ދަންވަރު ބަޔަކު ފުރައިގެން ދަންޏާ އެނގެންވާނު.

  3. Anonymous

    އެންމެ ފޯނެއް ފޭރިގެން ދިޔައީ ! ބަޔަކު މީހުން ކުޅޭ ސިޔާސީ ގޭމެއް ނުންތޯ ؟ ސިކިއުރިޓީގެ މުހިންމުކަން ދައްކަން !

  4. ސސ

    ރިސޯޓެއް ހަދާލަން ރަގަޅު ރަށެއް މީހުން އެހެން ރަށަކަށް ބަދަލް ކުރަންވީ ފުލެޓް އަޅާދީފަ ގެ އަޅާދީފަ ، މިކަހަަލަ މަދު އާބާދީ ހުރި ރައްތަށް ރިސޯޓް ހަދަން ނަގަންވީ !

  5. އަލިފް

    އިސްތިއުފާ

  6. ހަކިރި

    ކައުންސިލަރުން ހޭލާ ތިބެގެން ރަށް ބަލަހައްޓަންވީނު. ކުރާ މަސައްކަތެއް އޮންނަ ބައެއް ނޫންވިއްޔަ. ގަޑި ޖެހިގެން އޮފީހަށް އައިސް ސޮއި ކޮށްލުން ނުން ކަމެއް ކުރާ ބައެއް ނޫން އެއީކީ