މިހާރު ކުރިއަށްދާ ކީރިތި ގުރްއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްދާގޮތް ރައީށް އިބްރާހީމް މުހައްމަދު ސާލިހް މިއަދު ބައްލާވާލައްވައިފިއެވެ.

މި މުބާރާތް ބައްލަވާލެެއްވުމަށް ރައީސް ސާލިހު ވަނީ މިއަދު ހަވީރު އެ މުބާރާތް ކުރިއަށްދާ އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި މުބާރާތުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް އޮޅުންފިލުއްވައި އެވަގުތު މުބާރާތުގައި ކިޔަވަމުންދިޔަ ކުދިންގެ ކިޔެވުން ރައީސް އަޑުއައްސަވާލައްވައި އެކުދިންނަށް ހިއްވަރުދެއްވާފައިވެއެވެ.

މީގެ އިތުރުން، ރައީސްގެ ނައިބު ފައިސަލް ނަސީމްވެސް މިއަދު މެންދުރުފަހު ވަނީ މި މުބާރާތް ހިނގަމުންދާގޮތް ބައްލަވާލައްވަން އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ގާތް ގަނޑަކަށް 1100 އަށް ވުރެން ގިނަ ބައިވެރިން ބައިވެރިވެފައި ވެއެވެ. މިއީ މި މުބާރާތް އެންމެ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވި ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަނާނާ

    ހެޑްލައިން ހެދިއްޖެއެއްނުން ދެން އޯކޭ ވަރަށް ދީނަށް ނަސްރުދޭ ދީން ދިފާއުކުރާ މީހެއްތީ... ލަދު ނުގަންނަ މަކަރުވެރި ކިބުލެއް

    6
    2
  2. ކިނބޫ

    ދައްކަން ކުރާ ކަންކަމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ

    • ކިނބޫ މަންމަ

      އެހެންމީހުންގެ ހިތު ނިޔަތް ނޭންގި ފާޑުފަޑުގެ ވާހަކަ ދައްކާކަށް ނުވާނެ.. ކިނބުލަށް ހެޔޮ ވިސްނުން ދެއްވާށި